ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކާއި ގުޅޭ ގޮތުން ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އިދިކޮޅު ޕީޕީއެމް އިން ކުރިއަށް ގެންދިޔަ ސިއްރު މަޝްވަރާތައް ނިންމާލައިފިއެވެ.

ދެޕާޓީގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ބުނާ ޚަބަރު ދެޕާޓީން ދޮގު ކުރި ނަމަވެސް "ވަގުތު" އަށް ކަށަވަރު ވެފައިވާ ގޮތުގައި ދެޕާޓީގެ ވެރިންގެ މެދުގައި ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. މަޝްވަރާތަކުގައި ފަސް ބޭފުޅަކު ބައިވެރިވެ ވަޑައިގެންނެވިއެވެ. މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވި ފަސް ބޭފުޅުންނަކީ މިހާރު ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ފަސް ބޭފުޅުންނެވެ.

ނަން ހާމަކުރަން ބޭނުން ނުވާ އިތުބާރު ކުރެވޭ ފަރާތަކުން "ވަގުތު" އަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި ރޭ މަޝްވަރާތައް ނިންމާލާފައި ވަނީ "ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް" ލިބިގެންނެވެ.

މަޝްވަރާތަކުގައި ލިބިފައިވާ ކުރިއެރުންތަކުގެ ތަފްސީލް ހިއްސާ ކުރައްވަން މައުލޫމާތު ދެއްވި ބޭފުޅާ ވަނީ ދެކޮޅު ހައްދަވާފައެވެ.

މަޖިލިސް އިންތިޚާބުގައި ސަރުކާރު ހިންގާ ކޯލިޝަން އެކުގައި ވާދަކުރަން ކުރިން ނިންމާފައި އޮތް ނަމަވެސް އެމްޑީޕީ އިން ވަކިން ވާދަކުރަން ނިންމުމުން މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ ހުރިހާ ބައިވެރިން ވެސް މަޖިލިސް އިންތިޚާބަށް ނިކުންނާނީ ވަކިވަކިންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޗާބޫކުން

    އޭސީސީ ރިޕޯރޓް ނެރުން ލަސް ވުމުން އެސުވާލު ރައީސް އަށް އޭސީސީ އާއި ކުރެވިއްޖެއޭ އިމިގްރޭޝަން އިން އިހަށް ދުވަހު އަތުލި ބޭރު މީހުން ގައުމަށް ނުފޮނުވާ އެއިން ކޮންމެ މީހަކު އަތުން 5 ހާސް ރުފިޔާގެ ކަޓެއް ޖައްސާލާ ޑިޓެންޝަން ސެންޓަރުން ދޫކޮށްލީ ކާކަށްތަ އިނގޭނީ ކުރަން ހިތުލަފާ އިބޫގެ ސަރުކާރުން ހިންގާ އިމިގްރޭޝަން ތެރޭގައި ކޮރަޕްޝަން ވެސް އޮތްވަރު އެވެސް ޗާބޫކުން ތެޅުމޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ އޯއް އޯއް އަވަހަށް އެޗާބޫކުނޭ ގެންދަވާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ އޯއް އޯއް އޯއް...

    2
    1
  2. ގޮނާސަކް

    ރާއްޖޭގައި ވަޒީފާ ނެތް ދިވެހިންގެ އަދަދު އަރާ އާބާދީގެ %45 އަށް ވުރެން މައްޗަށް މިރާއްޖޭގައި އުޅެނީ ޒުވާނުން އެކަނި އެއް ނޫނޭ ކޮންމެ ވެރިއަކުވެސް ޒުވާނުން ޒުވާނުންނޭ ބުނެ ޕްރޮޕެގެންޑާ ފަތުރާއިރު އެންމެ ކޮރަޕްޓީ ތިޔާ ޒުވާނުންނޭ ރާއްޖޭގެ ރިސޯރޓްސް ތައް ހަދަނީ ދިވެހިންނަށް ވަޒީފާ ދޭން އެކަމަކު ރާއްޖޭގައި ރިސޯރޓްސް ތަކުން ބާއްވާ އޯޕަން ޑޭ ގައި އިންޓަވިއު އަށް ދަނީ މުޅިން ބޭރުމީހުން މީ ރޯ އޮރިޔާން ކޮރަޕްޝަން ނޫން ދެން ކޯއްޗެއްތޭ އިޓްސް ގޮނާ ސަކް ދޯ..

  3. މަސްވެރިޔާ

    އަސްލު 2 ޕާޓީއަށްވެސްފައިދާ ބޮަޑުވާނީ ފާޅުގަ ގުޅުން.. ނަމަވެސް އެކަން ނުވެ ކަތިވަޅު ގެއްލި މަރިޔަބްވެސް ގެއްލޭނެ. ސަބަބަކީ މަޖުލިސްގެ ރައީސްކަން އޮނަރަވަލް ޤާސިމަށް ގެއްލިއްޖެނަމަ ރާއްޖޭގެ ހާލަތު ވަރަށް ގޯސްވާނެ.
    އޮނަރަބަލް ޤާސިމް ގޮޑީގައި އިންނަވައިގެން ޤައުމަށް ދެރަވާގޮތަކަށް ކަމެއް ނުކުރައްވާނެތީ. ރ.ނަޝީދު އެހުންނެވީ ބޮލި ހޯދަން ގޮސް. ކޮންމެ ދާއިރާއަކަށް 9 މިލިއަން ބޮލި ހަދިޔާކުރާނެ ކަމަށް ރާހިނުން ބުނޭ.

  4. އާދަމްބެ

    ކަނޑިތީމްދާއިރާގެ ޓިކެޓު، ޖޭޕީން މުހައްމަދު
    ހުސޭނު ނުކުންނާތީ އަތުލެވިގެން ނުވާނެ.
    ހަމަހިލާ މި މ. ހުސޭނު ހޮވުނަކަ ނުދޭނަން. މިދާއިރާއަށް ޖެހިފައޮތް ބޮޑުބަލާވެރުކަމެއް މީ. ޢަމިއްލަގުޮތުން ވާދަކޮށްގެން ވެސް އާރިފު ހޮވާނަން...... انشا الله. ފޮއްހީ

  5. އާތި. ކަނޑިތީމު

    ޖޭޕީން ކަނޑިތީމް ދާއިރާއަށް ނެރޭ މ.ހުސޭނަށް ނޫނެކޭ މިފަހަރު ބުނަން އޮތީ.

  6. މ.ހުސޭނު

    މުހައްމަދު ހުސޭނަށް ކަނޑިތީމުން ނޯ އޭ ބުނަންއޮތީ މިފަހަރު.

  7. އާދޭސް

    ވަރަށް ގިނަ އަދަދެއްގެ ފަރާތްތައް ހިމެނޭ ދެޕާޓީއެއްގެ ރައްޔިތުންގެ ހައްގުތަކާ ގުޅުންހުރި ، އަދި ރައްޔިތުން ވޯޓު ލާން ޖެހޭ ކަމެއްގައި އެފަރާތްތަކާ ސިއްރުން، އެތައްބައެއްގެ ހައްގު ގެއްލޭގޮތަށް އެންމެ އިސް ދެމީހުން ވާހަކަ ދައްކައިގެން ގޮތެއް ނިންމާލުމަށް ދެޕާޓީގެ މަޝްވަރާއެކޭ ނުކިޔޭނެ. އެއަށް ކިޔާނީ ޚުދުމުޚުތާރުކަން. ވޯޓު ލާން ތިބި ރައްޔިތުން ނޭދޭ ކެންޑިޑޭޓުން ދާއިރާ ތަކަށް ނެރެގެން އެމީހުންނަށް ވޯޓުލުމަށް ރައްޔިތުންނަށް މަޖުބޫރު ކުރުމަށް ތިޔަ ދެދެޕާޓީގެ އެންމެ އިސް ދެމީހުން ހަދާ ޑީލްތައް ހުއްޓާލުމަށް ގޮވާލަން.

  8. ޙަބަރުނު

    މިފެންނަނީ ގާސިމުގެ އަމިއްލަ އެދުމަށްޓަކައި ކިތަންމެ ދަށުދަރަޖައަކަޖަށްވެސް ވެއްޓިދާނެ ކަމުގެ ދަލީލު، ދައުލަތުން ބިލިއަނުން ވައްކަންކޮށް ކުށެއްނެތް އެތަކެއް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ޔާމީނާ އެއްކޮށް ސިއްރުން މަޝްވަރާ

    2
    5
  9. އަހުމަދު

    ތިިޔައީވެސް ޚަަރެއްތަ؟ ފިތުނަވެރިކަން އިސްކުރުމަށް ވަގުތުން ތިޔަ ކުރަަ މަސައްކަތް. ހުއްޓާލުން ބުއްދިވެރި.

  10. ފޮރުވަނީތޭ

    ކޮބާތޭ ޒީރޯ ޓޮލެރެންސް ކޮރަޕްޝަން އާއި އެއްގޮތަށް މަސައްކަތް ކުރުމަކީ އެކަން އިސްވެ ކުރަން ޖެހޭނީ ރައީސް އޮފީހުން ކަމަށްވާއިރު ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓްގެ ބޮޑުން ތައް އަޑީގައި ތިބެގެންނޭ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އާއި އަދި މަތީ ފަންތީގެ ވަޒީފާ ތަަކަށް ދާއިމީ ވާރކް ވިސާ ދޫކުރަނީ ގަވާއިދާއި ޚިލާފަށް ރިސޯރޓްގެ ޕޭރޯލް ގައި ހިމެނޭ ހުރިހާ މުވައްޒަފުންގެ %50 އެއީ ދިވެހިން ކަމަށްވާއިރު އޭގެ ބަދަލުގައި އެއަދަދު އުޅެނީ %5 ގައޭ މީ ހަމަ ރޯ ކޮރަޕްޝަނޭ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން އަޑީގައި ތިބެގެން ރާއްޖޭގެ ރިސޯރޓްސް ތަކުން ވާރކް ވިސާ ދެނީ އިމިގްރޭޝަން އާއި އެކު މޭޒު ދަށުން ދަމާ ކުޅެގެން އެމެން ބޮޑު ކަޓެއް ޖައްސައިގެންނޭ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަށް މަހަކު 12 ހާސް ޑޮލަރު މިގޮތުން ކަޓްގެ ގޮތުގައި ލިބޭކަށޭ ވަނީ ރިސޯރޓްސް ތަކުން ބޭރުމީހުންނަށް ބޮޑެތި މުސާރައިގައި ވާރކް ވިސާ ދޭން އިމިގްރޭޝަން އަށް ބިރު ދައްކަނީ އެއީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އޭ މިކަން ކަން ރައީސް އޮފީހުން ނުބަލަން އުޅެނީ އެއީ ރައީސް އޮފީހުން ކުރާ ކަންކަން ފޮރުވަން ނޫންތޭ..

  11. އެލެކްސް

    ތިޔަ ޖޭޕީ ބޭނުންވާ ގޮތަށް ކަންކަން ނިންމުމުގެ ހިތި އަދި ފެންނާނެ. ފަހަރެއްގައިވެސް ސާފު ހިތަކައިގެން ކުރަންފަށައިގެން އުޅޭ ކަމެއްނޫން. ޖޭޕީ އިން ބޭނުންވާ އަދަދަށް މަޖިލިސް ގޮނޑި ކޮޅެއް ލިބުނީމާ ނިމުނީ. ޔާމީނަކާއި ޔާމީނެއް އެއްބަސްވުމަކާއި އެއްބަސް މުވެއް. އަބުދުﷲ ރިޔާޒާއި ނާޒިމުމެންގެ އަވާއިގައި ޔާމީނު ޖައްސާ ޕީޕީއެމް ޕީއެންސީ ފުނޑާލަނީ. ބަލަންތިބޭ މަޖިލިސް އަގުލަބިއްޔަތު ހޯދާކަށް ނޫން އެއުޅެނީ ޔާމީނު ފުނޑާލާ ޔާމީނުގެ ސަޕޯޓަރުން ރުޅި އަރުވަން.