ކެންޕެއިން ކުރަން ދީފައިހުރި ފައިސާ އަނބުރާ ދޭން ނުޖެހޭ ކަމަށް، ޔޫތް މިންސްޓަރ އަޙްމަދު މަޙްލޫފް، ކުރީގެ ނައިބު ރައީސް އާދެމެދު ދެކެވުނު ވާހަކައެއްގެ ތެރެއިން ވިދާޅުވެއްޖެއެވެ. މަޙްލޫފް މިހެން ވިދާޅުވެފައިވަނީ ސައުންޑް ކްލައުޑްގައި ލީކް ވެފައިވާ އޯޑިއޯއެއްގައެވެ.

މި އޯޑިއޯގައި ދައްކާފައިހުރި ވާހަކަތައް ތިރީގައި އެވަނީއެވެ.

މަޙްލޫފް: ކައެ ކީއްވެ ގުޅީ؟

އަދީބް: ކައެ ލާރި ދޭނަމޭ ބުނީމަ ދޯ ގުޅީ!

މަޙްލޫފް: ނޯންނާނެ ލާރިދެން، މަނަގާފަ އޮތިއްޔާތާ އެއްޗެއް. ދެން ކެންޕެއިންއަށް މަށަށް ދީފައި ހުރި އެއްޗެއް މަނުޖެހޭނު ދޭކަށް. ކައެ ހާދަ ވާހަކައެކޭ ތިދައްކަނީ، ދެން މަށޭ ކިޔައިގެން، އަންހެނުންނޭ ކިޔައިގެން، ދެން ވަޅި ހަރާ ވާހަކަ ޔާ، މި ޑްރަގް އަޅާ ވާހަކަ ޔާ، އެ ލެވެލްއަށް އަދި ދާކަށް ނުވެސް ޖެހެއެއްނު ދޯ!

އަދީބް: މަށެއް ނުދަންކަން ދޯ، *ސާފެއް ނޫން* ކަމެއް ކުރަންޔާ މަ ކަމެއް ކުރާނީ.

މަޙްލޫފް: އެކަން އެނގޭ!

އަދީބް: ތިގޮތަށް ކައެ ހިފަހައްޓާލަން ކައެ ބޭނުންވަނީ؟

މަޙްލޫފް: އާނ! ދެން މަށަށް ނުދެންޏާ މަ ބުނާނީ ދެން ނުދެއޭނު.

އަދީބް: އާން އޯކޭ، ކައެ ހުރޭ ތިގޮތަށް ހިފަހައްޓާލައިގެން އިނގޭ

މަޙްލޫފް: ޔާ!

އަދީބް: އާނ! ހިފަހައްޓައިގެން ހުރެވޭތޯ ބަލައްޗޭ ކަލޭ!

މަޙްލޫފް: ދެން ކިހިނެތްވާނީ؟

މި އޯޑިއޯ ކްލިޕްއަކީ މީގެ 3 އަހަރު ދުވަސް ކުރިން ސައުންޑް ކްލައުޑަށް އަޕްލޯޑްކޮށްފައި އިން އޯޑިއޯއެކެވެ. މިއޯޑިއޯ ކްލިޕްގައި މަޙްލޫފްގެ ކެންޕެއިންނަށް އަދީބްގެ އަތުން ފައިސާ ނެގި ކަމަށް މަޙްލޫފް އެއްބަސްވެއެވެ.

މަހްލޫފް އަދީބު އަތުން ފައިސާ ނަގާފައި ވަނީ 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ކެމްޕޭނަށެވެ.

މިއޯޑިޔާ މިއަދު ގިނަ ބަޔަކު މީސްމީޑިޔާގައި ދައުރު ކުރަމުންދާއިރު، އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބުނު ފައިސާ އެސްއޯއެފް މެދުވެރިކޮށް އެތައް ބަޔަކަށް ބަހާލި ޖަރީމާ އާއި ގުޅޭ ތަޙްޤީޤު ރިޕޯޓް މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އާއްމުކޮށްފައެވެ. އެރިޕޯޓްގައި މަޙްލޫފްގެ އެކައުންޓަށް ފައިސާ ވަތް ކަމަށްވަނީ ބުނެފައެވެ. ނަމަވެސް މަޙްލޫފް ވިދާޅުވެފައި ވަނި މިއީ ކޮރޮޕްޝަންގެ ފައިސާ ނޫން ކަމަށާއި އެއީ ދިވެހި ފައިސާ އަށް ބަދަލު ޑޮލަރު ކަމަށެވެ. އެކަން ކުރީ އާއިލީ ވިޔަފާރި އަކަށް ކަމަށްވެސް މަހްލޫފް ވިދާޅުވެފައި ވެއެވެ.

އެންމެ ވަރުގަދައަށް ކޮރަޕްޝަނާއި ދެކޮޅަށް ވާހަކަދެއްކެވި އެއް ބޭފުޅާ ކަމަށްވާ މަހްލޫފަށް ކުރެވެމުންދާ ތުހުމަތުތަކުގެ ސަބަބުން ގިނަ ބަޔަކު ގެންދަނީ އޭނާގެ އިސްތިއުފާ އަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކިނބޫ

    އަދީބާ ޖެހުނު އަނެއް ވަގު ކަލޭ އަދިވެސް އަނގަ ގަޅާ ވަގުކަލޭގެ.

    36
    3
  2. ނަސީދު

    ބަލަގަ މަހުލޫފް އަދީބް އަތުގައި ހުރީ ހުސް ވަގުލާރި އިގޭތޯ އެހެން ވީމާ މަހުލޫފްވެސް ތިހުރީ ހަމައެކަމުގައި ބައިވެރިވެފްއި

    37
  3. ހުސޭނުބޭ

    މައުލޫފް ބުނަނީ އޭނާއަށް ފައިސާ ދިންކަމެއް ނޫނީ ފައިސާއާ ހަވާލުވެވުނުކަމެއްވެސް ނޭގެޔޯ! ވެދާނެ ފަންޑިތަވެރިކަމުގެ މައްސަލައަކަށް! އަނެއްކާ މި އަދީބު އޭނާގެ ގޯތީގައި ކިހަވަކެއް ލިޔެފައި ބާއްވާފައި އޮތީތަ؟

    16
    1
  4. ގލޅ

    ޫމިހާރުން މިހާރަށް، ލަސްނުކޮށް ލަސްނުކޮށް
    މަހުލޫފް އިސްތިއުފާ ދޭންޖެހެއެވެ މަކަރާއި ހީލަތުން ކުށުން ބަރީއަވާން ރޭވުމަކީ އަނެއްކާވެސް ހަދާ ބޮޑު ގޯހެކެވެ ކުށްވެރިން
    ކުށުންބަރީއަވާ ފުރުސަތު ނުދިނުމަށް ކަމާބޭހޭ
    ފަރާތްތަކަށް ގޮވާލަމެވެ

    29
  5. ވިސްނާ

    ތި ތާންގަ ސަލާމަތުން އެއްވެސް މީހަކު ހުންނާނެ ބާ ...؟

    20
  6. ދިސްވޭއޭ

    ރައީސްގެ ނިންމެވުމަށް ތައުރީފު އަދި މަމެން ނުކުރާނަމޭ މަމެންނަށް ނުފެނެއޭ ރައީސް އޮފީސް ތެރޭން ކޮރަޕްޝަން ނެތިފައި އޮތްވާ ސަބަބަކީ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓުންނޭ އިމިގްރޭޝަން ކޮންޓްރޯލް ކުރަނީ އެމެން އެބަ އަންގައޭ ރިސޯރޓްސް ތަކުގައި ދިވެހިންގެ %50 އޮންނަން ޖެހޭނެ ކަމަށް މިހާރު ގަވާއިދުގައި އޮތް ނަމަވެސް އެކަން އޮޅާލާށޭ ބުނެ ރިސޯރޓްސް ތަކުން ބޭނުން ވަރަށް ދާއިމީ ވާރކް ވިސާ ރިސޯރޓްސް ތަކަށް ދެނީއޭ ރިސޯރޓްސް ތަކަށް ދާއިމީ ވާރކް ވިސާދޭއިރު މުސާރަ ގެ އަދަދުވެސް ނުބަލާ އެކަން ކުރަނީ އެއީ ސީދާ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެންނަށް ބޮޑު ކަޓެއް އެއިން ލިބޭ ގޮތަށޭ ރައީސް އޮފީހުން ރައީސް އަށް މިކަން ނުހުއްޓެވިގެން އުޅެނީ އެއީ ކިއެއްވެތޭ ކޮރަޕްޝަން ހުއްޓުވުމަށް ނިކުމެ ތިބި އާލާތުން ދޯ ރައީސް އޮފީސް ތެރޭގައި ކޮރަޕްޝަންގެ މަގުން ކަންކަން ކުރަނީ...

  7. ނަގޫރޯޅި

    ރައްޔިތުންގެ ހައްގުގައޭ ކިޔައިގެން ރ.ޔާމިން އާދެކޮޅައް އޭރު ތިކުރިހުރިހާ ކަމަކީވެސް ރީލޯޑް ކޮންގެން އޭގެ މަންފާޔައް ކުރިކަންތައް. މިހާ ބޮޑު އޮޅުވާލުމެއް ރައްޔިތުންނައް އޮޅުވާލުމުގަ ބައިވެރިވި ޢޭރުގެ ސަރުކާރާ އިދިކޮޅު އެންމެން ކުރި ބަގާވާތުގެ އަދަބެއްގެ ގޮތުގައި ކުދި ގަލުންތަޅާ ތިއެންމެން ރަޖަމު ކުރުންވެސް ރަގަޅު. މިހާރުގެ ކިނބޫ ސަރުކާރުގެ މަތިފަޑީ އެންމެން ހިމެނޭ ގޮތައް.

    11
    2
  8. ޖ

    މަހުލޫފު މިހާރު ބޭރުކުރޭ ސަރުކާރުން ނުޖެހޭނެ މިކަހަލަ މީހުން ސަރުކާރު ތެރޭބަހައްޓާކައް

    12
  9. ފުނަދޫ

    ކޮބާައަޑު އޯޑިއޯކުލިޕުގަ ހުންނަނީ ތާނައަކުރުން ލިޔެތަ ހުސްދޮ މަގާމުގެއްލިދާނެތީ ބިރުން އަދިހޯދާނެހެކިންވެސް އެހެނއވެޔޭ އެވަރައް އަނގަތެޅީ ކެވިފަހުރިވަރުގިނަކަމުން ނުކެވޭގޮތްވީ މަގުމައްޗައްނުކުތީ މުސްކުޅިންބުނޭ ވަގުންގެފޮށި ބާރައްބައްނާނޭ އެއީތެދަކައްމިވީ

    6
    1
  10. ޖައްރާފު

    މަހުލޫފަކީ ކަރަޕުސަނާ ފަސާދައިގެ ބޮޑު ވަގުކަން މިއަދު ރައްޔަތުން ވަރަށްރަނގަޅައް ބަލައިގެންފި މީނަގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ޑޮލަރުގަނޑު ޖަމާކޮށްފަވެސް މި ބުނަނީ އާއިލީ ވިޔަފާރިކަމަށް މީގެ ކުރިން މިކަން ފޮރުވުމަށް މަހުލޫފު އާއި އީވާ ވަނީ ރައީސް ޔާމީން ދިރި އުޅުއްވާ ގެކޮޅަށް ކުރަހާފައިވާ ޑޮލަރުތަކެއް އަޅާފަ މިއީ މަހުލޫފު ހެކިފޮރުވުމަށް ހިންގި ބޮޑުވެގެންވާ ޖަރީ މާއެއް މަހުލޫފު މިހާރުން މިހާރަށް ހައްޔަރު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަން.

  11. ޖަހާންގިރި

    ދެންމީނަ އީވާއާއި އެކު ޔާމީންގެ ގެކޮޅަށް ކުރެހި ޑޮލަރުން ހަމަލާދީފަ އެދުވަހުފިލީ ރައްޔަތުންނަށް އޮޅުވާލަންތާދޯ ކަލޯގަޔާ ބޯވެސް ބޮޑުކަން އަދިކިރިޔާ މި ރެޔަކާލީވެސް މުލިވަގޭ ކިޔާވަރު އެބަވޭ.

    7
    1