އަންނަ އޭޕްރިލް މަހު އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ގެމަނަފުށީ ދާއިރާއަށް ޕީޕީއެމް އިން ވާދަނުކޮށް، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއިދު ކުރަން ނިންމައިފިއެވެ.

"ވަގުތު" އަށް ކަށަވަރުވެފައިވާގޮތުން ގެމަނަފުށީ ދާއިރާގެ މިހާރުގެ މެންބަރު ޖަމީލް އުސްމާން އެ ދާއިރާއަށް ވާދަނުކުރާނެއެވެ.

ގެމަނަފުށީ ދާއިރާއަށް ޖުމްހޫރީ ޕާޓިން ވާދަކުރައްވަނީ އަލީ އާދިލްއެވެ. އެއީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ.

ޖަމީލް އުސްމާން ގެމަނަފުށީ ދާއިރާއަށް ކުރިމަތި ނުލެއްވި ނަމަވެސް އޭނާ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް ވަނީ ނިންމަވާފައެވެ. ޖަމީލް އުސްމާން ވާދަކުރައްވާ ދާއިރާއެއް އަދި އިއުލާނެއް ނުކުރެއެވެ.

ޕީޕީއެމް އިން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއިދު ކުރަން ނިންމާފައިވާއިރު، އިއްޔެ ޕީޕީއެމް އާއި ޖޭޕީން ވަނީ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާތަކެއްކޮށް ނިންމުންތަކެއް ނިންމާފައެވެ.

އެ ނިންމުންތައް ހިއްސާ ކުރުމަށް، އެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވަނީ ދެކޮޅު ހަދާފައެވެ.

ދެޕާޓީގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ބުނާ ޚަބަރު ދެޕާޓީން ދިޔައީ ދޮގު ކުރަމުންނެވެ.

ޖޭޕީން ވެސް ފުރަތަމަ މަސައްކަތް ކުރީ ކޯލިޝަން އެއްބަސްވުމާއި އެއްގޮތައް ސަރުކާރުގައި ބައިވެރިވާ ހުރިހާ ޕާޓީއެއް ގުޅިގެން މަޖިލިސް އިންތިޚާބުގައި ވާދަކުރާށެވެ. ނަމަވެސް ކޯލިޝަން އެއްބަސްވުމާއި ހިލާފަށް އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމުމުން މިހާރު ޖޭޕީން ވެސް ނިންމާފައި ވަނީ 45 ދާއިރާއަކަށް ވާދަކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގިވްއިން

    ޖޭޕީ އަށް ބައެއް ދާއިރާތައް ދޭން ޕީޕީއެމުން ނިންމައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ރާއްޖޭގެ މަޖްލީހުގެ ކޮމްޕޮޒިޝަން ދޭން ޖެހޭނީ ހުރިހާ ޕާރޓީ ތަކަށް އެއްވަރަށޭ އެއީއޭ ޑިމޮކްރަސީގެ ހަމަތަކަކީ އަދި ރައީސް އިބޫ ވެސް ޖެހޭނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް އެކަނި ނޫނޭ ކެމްޕެއިން ކުރަން އެހެންވާނަމަ އެއީ ރޯ އޮރިޔާން ކޮރަޕްޝަނޭ ރައީސް ވެސް ޖެހޭނީ ޖޭޕީގެ ކެންޑިޑޭޓުންނަށް ވެސް ކެމްޕެއިން ކޮށްދޭން ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން...

    3
    1
  2. ގިވްއިން

    މަމެން ޕިންކީން މިތިބީ ގެމަނަފުށި ދާއިރާ ކޮމްޕްރޮމައިޒް ކޮށްގެން ނަމަވެސް ޖޭޕީ އާއި އެކު ކޯލިޝަން ހަދައިގެން ދެން ދުވަހަކު ވެސް ވަކި ނުވާނެ އުސޫލުން މަޖްލީސް ގައި ކުރިއަށް ދާންއޭ އެނޫން ނަމަ ރަންރީނދޫ ބޮޑޭ އިންޑިއާގެ ބޮޑޭ އާއި އެކު ކަޓް ޖައްސައިގެން ރާއްޖެ އިންޑިއާ އަށްވިއްކާލާނެއޭ އަދި އެމެންގެ ޗާލާ ބާޒާރަކަށް ހަދާނީ މަޖީދީމަގު ކަން ޔަގީނޭ މަމެންނަށް ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ..

    5
    1
  3. ހެޔޮނުވާނެއޭ

    ޖޭޕީ އަށް ބައެއް ދާއިރާތައް ދޭން ޕީޕީއެމުން ނިންމައިފި އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ޕިންކީން މިފަހަރު ޔަގީން ކަން ދެމޭ ކެނެރީގެ ނަޝީދު އެކަން ކުރި ގޮތަށް މަމެން ޖޭޕީ އަށް ދަ ބަތާހަރާމީ ދަހަރާމްކޯރު ނުވާނަމޭ އޯއް މިކަން ދަންނާށޭ ޖޭޕީ ކުދިން މީއޭ މަމެންގެ ވައުދަކީ މީއޭ މަމެން ގެ ކޮމިޓްމެންޓަކީ މަމެން ޕިންކީން ދޫކޮށް ނުލައްޗޭ ޖޭޕީ ކުދިން މަމެން އެނޫން ނަމަ މަރުވެދާނެއޭ މަރުވެދާނެއޭ ދޫކޮށްނުލައްޗޭ މަމެން ހެޔޮނުވާނެއޭ ދޫކޮށްނުލައްޗޭ..

    4
    1
  4. ދަންނާތި

    ރައީސް އިބޫ ވެސް ޖޭޕީ އަށް ހެދީ މަކަރާއި ހީލަތޭ މަމެން ދެ ކަންފަތުން އަޑުއެހީމޭ ރައީސް އިބޫ ވިދާޅުވި އަޑު އެއީ ކޯލިޝަން ސަރުކާރަކުން ސަރުކާރެއް މިއެކުލަވާލަނީ އެއީ މަޖްލީސް އިންތިޚާބާއި އަދި ލޯކަލް ކައުންސިލް އިންތިޚާބު އެކުގައި ވާދަ ކުރަން ކަމަށް އެކަމަކު ވެރިކަމަށް އައުމުން ޖޭޕީ އަށް ހެދީ މަކަރޭ ދަ ހީލަތޭ މިއަށް މަމެން ކިޔަނީ އެއީ ދަ ބަތާހަރާމީ ދަހަރާމްކޯރު ވުމޭ މިކަން ދަންނާށޭ ޖޭޕީ ކުދިންނޭ ދަންނާތި ދަންނާތި ދަންނާތި...

    4
    1
  5. އަލީ

    ޕީޕީއެމުން ޖޭޕީ އަށް ތާއީދުކުރަން ނިންމިއަސް މިދާއިރާގެ ރައްޔިތުން ޖޭޕީ އަށް ވޯޓެއް ނުދޭނެ . މިއީ ޖޭޕީގެ ސަޕޯޓަރުން ތިބި ދާއިރާ އެއްނޫން ، ތިއީ ކަނޑައެޅިގެން އެމްޑީޕީ އަށް ގޮނޑި ކާމިޔާބު ކޮށްދިނުން

    4
    4