އިންޑިއާ ސިފައިން ދިވެހި މަސްދޯންޏެއް ހިފަހައްޓައިފިއެވެ.

މިއަދުގެ ވަގުތެއްގައި ދިވެހި މަސްދޯންޏެއް އިންޑިއާގެ ކޯސްޓްގާޑުން ހިފަހައްޓާފައިވާކަން އެމްއެންޑީއެފް އިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، އެ މަސް ދޯނި ހިފެހެއްޓިކަމުގެ މައުލޫމާތުލިބިފައިވާކަމަށެވެ. އެކަން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އާޒިމް ވިދާޅުވިއެވެ.

އިންޑިއާގެ ކޯސްޓްގާޑުން ދިވެހި މަސް ދޯނި ހިފަހައްޓާފައި ވަނީ، ލަކްޝާޑްވީޕް ކައިރީ މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައިކަމަށް، ރިޕޯޓްތައް ބުނެއެވެ.

އާޒިމް ވިދާޅުވީ، އެކަން ފޮރިން މިނިސްޓްރީންވެސް ބަލަމުން އަންނަ ކަމަށެވެ.

“އެމްއެންޑީއެފް ކޯސްޓްގާޑުންވެސް ރާއްޖޭގެ އީޒް އިން ގަވާއިދާ ހިލާފަށް އުޅޭ ބޭރުގެ މަސްބޯޓުތައް ފެނުމުން ހުއްޓުވާ، ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅަމުންދާކަން މި ފުރުސަތުގައި ހާމަކޮށްލަން" އާޒިމް ވިދާޅުވިއެވެ.

އިންޑިއާއިން އެ ދިވެހި މަސްދޯނި ހިފަހައްޓާފައި ވަނީ އެ ގައުމުގެ ވަރަށް އެތެރެއަށް ވަދެފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ނާރު

    އިސްލާހިއްޔާގެ ކުދިން މިނިސްޓަރުންނަށް ލީމަ ވާނެ ހައެތިތިޔަވަނީ ދެންއޯކޭ!

    23
    3
  2. ޑެއިލް

    ކަންތައްފެށުނީ. ރާއްޖެހިފިދާނެކަމުގެ ޔަޤިންކަން ލިބުނީމާ ކަންތައްގަނޑެއް ހިލުވާލަނީ. މިގައުމުގެ ޑިފެންސް މިނިސްޓަރުވެސް ހުރީ އެފަޅީގަ . ރާއްޖެ އިންޑިޔާގެ އަވަށަކަށް ހަދަން.

    30
    5
  3. ޢިބްރާ

    ދިވެހިންނަކަށް ދެން ސަލާމަތެއް ނުވެވޭނެ.. އިންޑިޔާއިން އޮންނާނީ 1ބ ޑޮލަރު ދީފައި.

    24
    4
  4. މުހައްމާ

    ތިއޮތީ ހަތަރެސްކަން ހަމަވެފަ.

    27
    1
  5. ނަފާ

    ޖީޕީއެސް އެއް ސަމުގާއެއް ނެތް އުޅަނދަކީތޯ އެހެން ޤައުމެއްގެ ސަރަހަށްދަށް ވަތްއިރު ނޭނގުނީ؟

    21
    7
  6. ނަޝީދު

    އިންޑިޔާއިން ރާއްޖޭގެ އުޅަދެއްވެސް ނުހިފާނެ، އަދި ރާއްޖެ ވެސް ނުހިފާނެ... އެއީ އެޖެންޑާ 19

    އަޅުގަނޑުގެ އެޖެންޑާގެ ދަށުން ހިނގާކަންކަން ތީ ހާސްނުވޭ!

    4
    1
  7. މާރީ ކަޕޫރު

    މޮޅު އެއްޗެއް ހަދަނީ.ދެން ބުނޭ އިންޑިޔާ ސިފައިން ރާއްޖޭގެ މަސްވެރިންނަށް ސަމުގާ ބޭނުންކުޜާނެ ގޮތުގެ އޮޕަރޭޝަން އެއް ހިންގުމަށާއި، ދިވެހި ކަޑުހުރަސްކޮށްފައިދާ އުޅަދުތަކަށް ރައްކާތެރިކަން ފޯރުކުރުމަށް އިތުރު އިންޑިޔާ ނޭވީތައް ދިވެހިކަޑޫތަކުގައި އުޅެން 25 އަހަރުގެ އެގްރިމެންޓެއްގައި ސޮއިކޮށްލަނީއޭ.މާރިޔާ ބުނިޔޭ އެޔޮށް ބޮޑު އިންޑިޔާ އެހެން ބުނީމަ ޖެހޭނީ އެއްބަސްވާންތާއޭ.އެ މީހުން ބޭނުންނަމަ ރާއްޖެ ވެސް ހިފާނޭ.

    12
    2
  8. ޖަޒީރާ

    މިފެންނަނީ އަދިކިރިޔާ މަސްވެރިކަން ކުރެވޭތަން

  9. ާވަގުތު ފަސާދަ

    ގޭގައި ތިއްބާ ތޯ ހިފެެެހެއްޓީ؟؟؟

    6
    11
  10. ދިވެހިދަރިން

    ބޭނުމަކީ ދިވެހިންގެ މިހާރުގެވިއު ހުރިގޮތް ބަލާލަން ކުޑަ އިންވެސްޓިގޭޓެއްތީ.. ދެން އޭރަށް މޮޅުވާހަކައެއް ފަޅާލާނެހެން ހީވަނީ

  11. ނުރަބޯ

    ހެހެހެހޭ ޖަޒީރާރާއްޖެ އަކީ އިންޑިއާގެ ޕްރޮވިންސެކޭ ނުބުނާކަށް މަމެން ނެތީމުދޯ. ދެން ބާރަށް އަތްޖަހާ.?

    9
    4
  12. މާރިއާ

    އާއާ އާ...ތިބޭފުޅުންގެ ވަރުގަދަ މިލިޓަރީ އާ، ވައިގެ ލަޝްކަރުތަކާ، އާ އޭ އާ...ކަނޑުގެ ފުލީޓު ތަކާއި އޭ އާއާ..ކިހިނެއް އަޅުގަނޑުމެން ކުރިމަތިލާނީ...އަޅުގަނޑުމެންގެ ސިފައިންނަކީ ވަރަށް ރިހަ ސޮޑު ބައެއް. އަޅުގަނޑަކީ ޑިފެންސް މާރިއާ.

    15
    1
  13. ޖޮއްބެ

    ދިވެހިންގެ ކަނޑު އުޅަނދުތައް އިންޑިއާގެ ސަރަޙައްދަށް ނުވަނަސް، ދިވެހިރާއްޖޭގެ(މިހާރު ޖަޒީރާ ރާއްޖެ) ކަނޑާ، ވައިގެ ސަރަޙައްދުގައި އިންޑިއާ ބޭނުން އިރަކު ޙަރަކާތް ތެރިވެ، ބޭނުންކަމެއް ކުރުމުގެ ހުއްދަދީ އޭގެ ބަދަލުގައި އިންޑިއާ އިން ބޮޑުމާސިންގާ ލޯނެއް ނަގާފަ އޮތުމުން ތިޔަކަހަލަ ކަންކަން ހިނގާނެ. އަޅާނުލާ. ޣައްދާރުން ވެރި ކަމަށް ގެނައީ ދިވެހިރައްޔިތުންތާ. ވީމާ އޭގެ ނުބައި ނަތީޖާ އާއި ކުރިމަތިލާ ޝަކުވާނުކޮށް.

  14. ދިވެހި ދަރިއެއް

    މި ގައުމުގެ އެތެރެއަށް ވަދެތިބި އިންޑިއާ ސިފައިން ހިފާ ހައްޔަރު ކުރަނީ ކޮންއިރަކުންބާ