ޕީއެންސީ އިން މަތިވެރި ދާއިރާގެ ޓިކެޓް ދީފައިވާ ލަޔާލް މަނިކުގެ އަތުން ޓިކެޓް އަތުލައި، އެދާއިރާ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ޖޭޕީ ކެންޑިޑޭޓަށް ތާއިދު ކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ.

ލަޔާލް އަތުން ޓިކެޓް އަތުލަން ނިންމިކަން ޕީއެންސީ އިން މިހާރު ވަނީ އަނގަބަހުން ލަޔާލަށް އަންގާފައެވެ. އަދި ލިޔުމުން އެކަން މާދަމާ އަންގަން ވަނީ ނިންމާފައެވެ.

ލަޔާލް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާއަށް ދިން ޓިކެޓް އަތުލަން ނިންމާފައިވާ ކަމަށެވެ. އަދި އެކަން އެޕާޓީގެ ސެކެޓްރީ ޖެނެރަލް ގުޅުއްވާފައި އެންގެވި ކަމަށެވެ.

"ސެކެޓްރީ ޖެނެރަލް ވިދާޅުވީ މަތިވެރި ދާއިރާއަށް މިހާރު ޕީޕީއެމުން ވާދަ ނުކުރާގޮތަށް ނިންމާފައިވާ ކަމަށް." ލަޔާލް ވިދާޅުވި އެވެ.

ލަޔާލް މިރޭ ކުރި ޓްވީޓެއްގައި ވަނީ މަތިވެރި ދާއިރާގައި ދިރިއުޅޭ އާއްމު ރައްޔިތުންނާއި ޕީޕީއެމް އަދި ޕީއެންސީ އަށް ނިސްބަތްވާ ރައްޔިޔުން އޭނާއަށް ދެއްވި އެއްބާރުލުމާއި ލޯތްބަށް ޝުކުރު ދަންނަވާފައެވެ. "އަބަދުވެސް ތި ދާއިރާއަށް ޚިދުމަތް ކޮށްދިނުމުގައި ދެމިހުންނާނަން." ލަޔާލްގެ ޓްވީޓްގައި ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި ބައެއް ދާއިރާތައް ބަހާނެ ގޮތަކާއި ބެހޭގޮތުން ޖޭޕީ އާއި ޕީޕީއެމްގެ އިސް ބޭފުޅުން ވަނީ މަޝްވަރާކޮށްފައެވެ. އެމަޝްވަރަތަކަށް ފަހު ދެޕާޓީން ވެސް ވަނީ ބައެއް ދާއިރާތަަކަށް ވާދަނުކުރަން ނިންމާފައެވެ.

ޕީޕީއެމްގެ ފަރާތުން ގެމަނަފުށީ ދާއިރާއަށް ވާދަކުރައްވަން ކެމްޕޭން ކުރެއްވި ޖަމީލް އުސްމާން ވެސް މިހާރު ވަނީ ޖޭޕީއަށް ފުރުސަތު ތަނަވަސް ކޮށްދިނުމަށްޓަކައި ގެމަނަފުށީ ދާއިރާއަށް ވާދަނުކުރަން ނިންމާފައެވެ.

ޖޭޕީން ވެސް ފުރަތަމަ މަސައްކަތް ކުރީ ކޯލިޝަން އެއްބަސްވުމާއި އެއްގޮތައް ސަރުކާރުގައި ބައިވެރިވާ ހުރިހާ ޕާޓީއެއް ގުޅިގެން މަޖިލިސް އިންތިޚާބުގައި ވާދަކުރާށެވެ. ނަމަވެސް ކޯލިޝަން އެއްބަސްވުމާއި ހިލާފަށް އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމުމުން މިހާރު ޖޭޕީން ވެސް ނިންމާފައި ވަނީ 45 ދާއިރާއަކަށް ވާދަކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަންނާތި

    ރައީސް އިބޫ ވެސް ޖޭޕީ އަށް ހެދީ މަކަރާއި ހީލަތޭ މަމެން ދެ ކަންފަތުން އަޑުއެހީމޭ ރައީސް އިބޫ ވިދާޅުވި އަޑު އެއީ ކޯލިޝަން ސަރުކާރަކުން ސަރުކާރެއް މިއެކުލަވާލަނީ އެއީ މަޖްލީސް އިންތިޚާބާއި އަދި ލޯކަލް ކައުންސިލް އިންތިޚާބު އެކުގައި ވާދަ ކުރަން ކަމަށް އެކަމަކު ވެރިކަމަށް އައުމުން ޖޭޕީ އަށް ހެދީ މަކަރޭ ދަ ހީލަތޭ މިއަށް މަމެން ކިޔަނީ އެއީ ދަ ބަތާހަރާމީ ދަހަރާމްކޯރު ވުމޭ މިކަން ދަންނާށޭ ޖޭޕީ ކުދިންނޭ ދަންނާތި ދަންނާތި ދަންނާތި...

    20
    16
  2. ޑަެަ
  3. ހިމާރުލް ޤައުމު

    އަސްލު އެ ދެ ޕާރޓީއަށްވެސް ޖެހިގެން އުޅެނީ އެއް ބައްޔެއް. ޕާޓީގެވެރިމީހާ ބޭނުންވާ މީހާއަށް ޓިކެޓް ދިނުމުގެ އުޞޫލު. ރައީސް ޔާމީން ފިލާއޮންނަވައިގެން މި އިންތިޚާބު ކާމިޔާބު ވާނެ ފޯމިޔުލާއެއް ނުފެނޭ. އެއްވެސް ކެންޑިޑޭޓަކަށް ލާލިއެއް ދެވަެކަށްނެތް. ނުވެސްދޭ. ސޭޓް ވެސް މީ ހަމަ ...

    1
    2
  4. މަސްވެރިޔާ

    މިދޫކޮށްލަނީ ވަރަށް ތެދުވެރި ޕީޕީއެމް މެންބަރުން ތިއްބެވި ދާއިރާތަކެއް.. އަދި މިގޮޑިތައް ޖޭޕީއަށް ހޮވުމުގައި މަސައްކަތްކުރުން މުހިންމު. ބައެއްފަހަރު ޤައުމަށްޓަކާ ތެދުވެ އަމިއްލަ އެދުމާއި ދުރަށްދާންޖެހޭ .ޓިކެޓް ލިބުނު ޕީޕީއެމް މެންބަރުންގެ ފަރާތުން ފެންނަނީ އެމަންޒަރު. އެންމެންވެގެން ތެދުނުވެއްޖެނަމަ ޤައުމު ގެއްލި 1975 ގައި ސިކިމް ކިޔާ ޤައުމު އިންޑިއާގެ ސްޓޭޓަކަށް ބަދަލްކޮށްލިގޮތަށް އަހަރަމެންގެ ޤައުމީ އައިޑެންޓިޓީ ގެއްލިދާނެ. ތެދުވޭ އަދި ބުނޭ ފުރަތަމަ ޤައުމޭ.

    7
    3
  5. ޗެނަލް 12

    ތި ލަޔާލީ އަކަށް މިހާރު ހުންނާނީ ރަނގަޅަށް ރާކަނި މަސްކެވިފަ! ޕަކާސް!