އިންޑިއާ އިން ހިފަހައްޓާފައިވާ ދިވެހިރާއްޖޭގެ މަސްދޯނި ދޫކޮށްލަން ނިންމައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ އެކުވެރި ގުޅުމަށް ބަލާފައި އިންޑިއާ ގައި ހިފަހައްޓާފައިވާ ރާއްޖޭގެ މަސް ދޯނި ދޫކޮށްލަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މިފުރުސަތުގައި ރާއްޖޭގެ މަސްވެރިކަން ކުރާ ދޯނި ފަހަރު އަވައްޓެރި ގައުމުތަކުގެ އިޤުތިޞާދީ ސަރަހައްދުތަކަށް ނުވަނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަރަށް ބޮޑަށް އިލްތިމާސްކޮށް ނަސޭހަތްތެރިވަން." ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

އިންޑިއާގެ ކޯސްޓްގާޑުން ދިވެހި މަސް ދޯނި ހިފަހައްޓާފައި ވަނީ، ލަކްޝާޑްވީޕް ކައިރީ މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައިކަމަށް، ރިޕޯޓްތައް ބުނެއެވެ.

އިންޑިއާއިން އެ ދިވެހި މަސްދޯނި ހިފަހައްޓާފައި ވަނީ އެ ގައުމުގެ ވަރަށް އެތެރެއަށް ވަދެފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަސްލުހާލަތު

    މިއީ އެކުވެރިން އަވައްޓެރިން މުހިންމުވާ ސަބަބު.. ޔާމީނުވެރިކަން ނަމަ ތި މީސްކޮޅުވެސް ދޯނިވެސް ނުލިބުނީސް.. ޔަޤީންތަ ތީ އަނެއްކާ މަސްވެރިކަމުގަ އިންޑިޔާއަށް ދިޔަބައެއްތަ ނޫނީ އެހެން ޑީލެއްގަ އުޅެނިކޮށް އަތުލައިގަތް ބައެއްތަ؟ ޖީޕީއެސް ފަދަ ވަޟީލަތްތައް ހުންނަ ޒަމާނެއްތަ އޮޅިގެން އެހެން ޤައުމެއްގެ ޓެރިޓަރީއަށް ވަދެވިދާނެބާ އިމަޖެންސީ ހާލަތެއް ދިމާވެގެން ނޫނީ ޤުދުރަތީކާރިސާއެއްގެ ސަބަބުން ނޫންގޮތަކަށް؟

    6
    6
  2. ޙނ

    ކޮބާ މިހެންވެއޭ އަވަށްޓެރިން މުހިއްމު ވަނީ. ޗައިނާ ނަމަ މިހާރު އޮތީހީ 25 އަހަރަށް މަސްވެރިން ޖަލަށްލާފައި.

    3
    5
  3. މޯދީ

    މީ ހަމަ ހައްތަހާ ވެސް ޑުރާމާ. ދެން މާދަމާ އިންޑިއާ ބަޔަކަށް އޮޅިގެން ރާއްޖޭ މީހަކު ރޭޕް ކޮއްލާނެ. ދެން ޖެހޭނީ ގާތް ގުޅުމަށް ބަލާފަ ދޫކޮއްލަން. ހަމަ ޔަގީން ،ކަށަވަރު ކަމެއް، އެމީހުން ތިޔަ ދޯނި ދޫކޮށްލުމުގެ ބަދަލުގަ ކޮންމެވެސް ކަމެއް ކުރާނެ. ބުނެލަން ބޭނުން ވަނީ އިންޑިއާ މީހުންގެ ހެޔޮފުޅުކަން ދައްކަން ހުޅުމާލެ އޮންނަ ބަލިމީހާ ހެލިކޮޕްޓަރުގަ މާލެ ގެނައުން ފަދަ ކަންތަކާ ، މަސްދޯނި އަތުލާފަ ދޫކޮށްލުމާ، މިކަހަލަ ހުރިހާ ސަކަރާތަކުން ވެސް މޮޔަ ހެއްދޭނީ ހަމަ ރީނދޫ ހުން ޖެހިފަ ތިބޭ ކުދިންކޮޅު އެކަނި.

    8
    2
  4. ކުޑަކަކޫ

    ރަނގަޅަށް މަސް ބޭނިފަ އެތިބީ!!!

    2
    3