އަންނަ އޭޕްރިލް މަހު އޮންނަ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވިލިމާލޭ ދާއިރާއަށް ވާދަނުކުރަން އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް އިން ނިންމައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ވިލިމާލޭ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަމުން ގެންދެވި އެމްޕީއެލްގެ ކުރީގެ ސީއީއޯ އަބްދުލްރައްޒާގު ހަލީމް ވަނީ ވިލިމާލޭ ދާއިރާއަށް ވާދަނުކުރައްވަން ނިންމަވާ، ކެމްޕޭން ވެސް ހުއްޓާލާފައެވެ.

އޭނާ ކެމްޕޭން ހުއްޓާލީ ޓިކެޓް ހަވާލު ކުރުން ލަސްވަމުން ދާތީ ކަމަށް މައުލޫމާތު ލިބެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ޓިކެޓްގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް ވިލިމާލޭ ދާއިރާއަށް ވާދަކުރައްވައެވެ. ނަމަވެސް އާނާ އަށް ތާއިދު ކުރަން އަދި ޕީޕީއެމް އިން ނިންމިކަން ކަށަވަރެއް ނުވެއެވެ.

މަޖިލިސް އިންތިޚާބުގައި ބައެއް ދާއިރާތައް ބަހާނެ ގޮތަކާއި ބެހޭގޮތުން ޖޭޕީ އާއި ޕީޕީއެމްގެ އިސް ބޭފުޅުން ވަނީ މަޝްވަރާކޮށްފައެވެ. އެމަޝްވަރަތަކަށް ފަހު ދެޕާޓީން ވެސް ވަނީ ބައެއް ދާއިރާތަަކަށް ވާދަނުކުރަން ނިންމާފައެވެ.

ޕީޕީއެމްގެ ފަރާތުން ގެމަނަފުށީ ދާއިރާއަށް ވާދަކުރައްވަން ކެމްޕޭން ކުރެއްވި ޖަމީލް އުސްމާން ވެސް މިހާރު ވަނީ ޖޭޕީއަށް ފުރުސަތު ތަނަވަސް ކޮށްދިނުމަށްޓަކައި ގެމަނަފުށީ ދާއިރާއަށް ވާދަނުކުރަން ނިންމާފައެވެ. އަދި މަތިވެރި ދާއިރާއަށް ވާދަކުރުމަށް ނިންމާފައިވާ ލަޔާލް މަނިކު އަތުން ޕީއެންސީން ވަނީ ޓިކެޓް އަތުލާފައެވެ.

ޖޭޕީން ވެސް ފުރަތަމަ މަސައްކަތް ކުރީ ކޯލިޝަން އެއްބަސްވުމާއި އެއްގޮތައް ސަރުކާރުގައި ބައިވެރިވާ ހުރިހާ ޕާޓީއެއް ގުޅިގެން މަޖިލިސް އިންތިޚާބުގައި ވާދަކުރާށެވެ. ނަމަވެސް ކޯލިޝަން އެއްބަސްވުމާއި ހިލާފަށް އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމުމުން މިހާރު ޖޭޕީން ވެސް ނިންމާފައި ވަނީ 45 ދާއިރާއަކަށް ވާދަކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ށަލަަަލަލަ

    އަމިއްލަ ކެންޑިޑޭޑް އުަޝާ ބާގީ ނާޒިމްގެ ކޮއްކޮ އެއީ ޕީޕީއެމް ކެންޑިޑޭޓަކީ

    4
    1
  2. ޙަލިމް

    ކުރިއަސް ނުލިބެނެ

    3
    1