މި ފަސް އަހަރުގެ ދައުރު ނިމިގެންދާ އިރު ރާއްޖޭގެ ދަރަނި ކުޑަކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އިންޑިއާއަށް ކުރެއްވި ދަތުުރު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެން ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ފަސް އަހަރު ނިމޭއިރުގައި ރާއްޖޭގެ ދަރަނީގެ މިންވަރު ވެސް ކުޑަކުރެވޭނެ ކަމަށެވެ.

" އާމްދަނީ އަށް ވުރެ ހަރަދު ބޯޑުވާވަރު ކޮންމެ އަހަރަކަށް އެވެސް އިރާދަކުރެއްވިއްޔާ މާބޮޑުތަނުން އަޅުގަނޑުމެންނަށް ކުޑަކުރެވިގެންދާނެ, އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިތިބީ އެ މިސްރާބުގައި. ރާއްޖެއަށް ބޭރުގެ އެހީ ލިބުނަސް އެންމެ މުހިންމީ އަޅުގަނޑުމެން އަމިއްލައަށް ހޯދާ ފައިސާ އިން އަމިއްލަ ފައިމައްޗަށް ތެދުވުން " ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ ޗައިނާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވީ ޗައިނާއިން ގައުމުތަކުގެ މާލީ ހާލަތާއި ނުބައްދަލު ލޯނު ދިނުމަށްފަހު ގައުމުތަކުގެ މިނިވަންކަމަށް ބާރު ފޯރުވާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއަށް ދީފައިވާ ފައިސާ ތަކުން ރާއްޖެއަށް ލިބޭ ގެއްލުން ބޮޑުވާނެކަމަށާއި ރައީސް ޔާމިންގެ ސަރުކާރުން ރާއްޖެއަށް ހޯދި ޗައިނާގެ ބޮޑެތި އެހީތަކަކީ ރާއްޖެ މިނިވަން ކަމާއި އިސްތިގުލާލު ގެއްލިގެންދާ ފަދަ ކަންތައްތަކެއް ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ރައްޔިތުން ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރީ، ރާއްޖޭގެ މިނިވަންކަން ގެއްލޭ ފައްތަރަކަށް ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެ ގެންދިއުމުން އެކަމާ ކަންބޮޑުވެ ކެތްތެރިކަން ކޮޅުންލައިގެން ކަމަށެވެ.

ނަޝީދު އިންޑިއާއަށް ކުރައްވެއްވި މި ދަތުރުފުޅަކީ އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް) އަދި ނެހެރޫ ޔުނިވާސިޓީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އިންޑިއާ ކުރައްވި ދަތުރުފުޅުގެ ތެރެއިން ނަޝީދު ވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އާއި ބައްދަލުކުރައްވާފައެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދި ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ނަޝީދު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދޮހިކަރު

    އަސްލު ކާކުތަ މިހާރު ޤައުމު ހިންގުމާ ހަވާލުވެ ހުރީ..

    18
  2. އެދުރުބެ

    އަންނި ބުނާ އެއްޗަކާއި އިދިކޮޅަށް ކަން ހިނގާނީ..

    16
  3. Anonymous

    އަންނި މީކާކުތަ ދަރަނި ކުޑަކުރާނޭ މިކިޔަނީ އެކަންތައް ހުރީ ޔާމީން ސަރުކާރުގައި ހަމަޔަކައަ އަޅުވާފައި 2025 ވާއިރައް ރާއްޖެ އަރަނި ގައުމަކައް ބަދަލުވާނެ މިދާރޭޓުން އެކަމަކު ސޯލިހް އަންނިޔައް ތިކަމުގައި ބަރޯސާވެއްޖިއްޔާ 2050 ކިރިޔާ މިކަން ވާނީ އެވެސް ނުވާނެ

    11
  4. ފިންދުން

    ލަދެއްނެތި އަތްދިމާކުރުމީ ތިމާގެ އެދުންތަކާމެދުގައި
    ހިނގާގޮސް އަނެއްކަކުގެ ގާތަށް ކަމެއްތޯ ހުތުރު ނުވެދާނޭ.

  5. ރަމީޡޫ

    އަސްލު ޤައުމުހިންގުމާ ހަވާލުވެމިހުރީ ހީވާގޮތުން ބޯބުރާންޗެއް ......އާ މިގަންޖާބޯ މީނަކިހިނެއް ދަރަނި ކުޑަކުރާނި....މީނައިންޑިޔާޔަށް އެއާރޕޯޓް ވިއްކާލި ލާރިގަޑުންވެސް ދިވެހި ސަރުކާރަށް ލިބިފަހުރީ ކުޑައެތިކޮޅެއް ބޮޑުބާ ޔަހޫދީކަލޭދިރުވާލި އަދިވެސްނޭނެ އެފައިސާއަށް ވީގޮތެއް...ފުރަތަމަ މިމީހުންގެ ވެރިކަމުގަ ހިގާފަހުރި ޖަރީމާތަށް ބެލުން މާރަނގަޅުކަންނޭގެ...ވަގުތު ނޫހުން ރައީސް ނަޝީދު މިހެން ޖެހީމަ އުޅުން އަރާއެބަ....

  6. ހުސޭނުބޭ

    މީނަ ބުނާނީ ދިމާ އިދިކޮޅަށް! ދައުރު ނިމޭއިރު ދަރަންޏާގެން ސަލާމަތްނުވެގެން ރާއްޖޭން އުނުއޮތް ފޮށައިވެސް ވިއްކާނެ! މިހާރުވެސް ރައްޔިތުންނަށް ކޮށްދިން ކަމެއް ނެތްއިރު 29 ބިލިއަން ރުފިޔާގެ ދަރަނި ބަޖެޓެއް!

    10
  7. ބެއްޔާ

    އޭގެ އަނެއްކޮޅު. ދަރަނި ޑަބަލްވާނީ.

  8. ލީމަން

    ތީ ކީ ތިބޭފުޅާއަށް ކުރެވޭނެ އަދި ވާނެ ކަމެއްވެސް ނޫން

    އަދި ތިވާހަކަ ދެއްކުމުގެ ހައިސިއްޔަތެއްވެސް ނެތް... ރައީސަކީ ސޯލިހް ނޮޓް ޔޫ..

    އޮޅިފުޅުވެއްލެވީ ދޯ؟

  9. ވެރިން

    ދައުރެއް ހަމަކުރަ ވޭނެކަމާ މެދު އަހަރުމެން ށައްކު ކަލޭ ތިއުޅޭގޮތުން. ދައުރުމެދުތެރޭން ދިޔައަސް ދަރަނި އޮށްނާނީ މިއިންދުވަހަކުވެސް ބޮޑުނުވާވަރަށް ބޮޑުވެފަ މީހަމަޔަގީންކަމެއް.

  10. ޖެލީ

    ޗައިނާއިން ރާއްޖެއާ ނުބައްދަލު ލޯނެއް ދިންނަމަ އަދި މި 3 މަސްދުވަހު އެހާ ގިނަ ލޯނު މި ސަރުކާރުން ނަގާފައިވާއިރު އަދި ކުރިއަށް އޮތްތަނުގައިވެސް ލޯނު ނަގަމުންދާނެ އިރު، ދަރަނި ކުޑަކުރެވޭނެ ވާހަކަ ބުނުމުން އެބަ އެނގޭ ޗައިނާއިން ތިޔަ ކިޔާވަރުގެ ލޯނެއް ނަގާފަ ނެތްކަން. ރާއްޖެ އެވަރަށް ދަރާފަ އޮތްނަމަ އަދި އިތުރަށް ލޯނު ނަގައިގެން ދަރަނި ކުޑަނުކުރެވޭނެ މި 5 އަހަރުތެރޭ. 1 ރިސޯޓާ ލެޕްޓޮޕުން ގައުމު ހިންގޭނެކަމަށް ކިޔައި ވެރިކަމަށް އަރާ އެކަން ނުވާނެކަން އެނގިފަ އޮތްއިރުވެސް އަނެއްކާ ތި ދައްކަނީ ނުވާނެ ކަމެއްގެ ވާހަކަ.

  11. ޖަހާންގިރި

    މިކަލޭގެތަ މިހާރުވެސް ވެރިކަން މި ކުރަނީ ބިސްމަޅިދުއްވަން ރާއްޖެތޭގެ ރަށަކަށް ދާންވީނު ފޮނިނުކަނޑައި .