ބ. ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސަމީރު ހައްޔަރުކޮށްފި އެވެ.

"ވަގުތު " އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރުމަށް ރޭގެ ވަގުތެއްގައި ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސަމީރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގިފައިވާގޮތުގައި ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސަމީރު ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލާގައި ކޯޓަށް ހާޒިރުވުމަށް ދެފަހަރެއްގެ މަތިން ކައުންސިލްގެ ރައީސަށް އެންގުމުން ވެސް ކޯޓަށް ހާޒިރު ވެފައެއް ނުވުމުންނެވެ. ސަމީރު ވަނީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ފަހަރު ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާ

    މި ސަރުކާރުން ކައުންސިލަރުން ބަންދެއްނުކުރާނެ.

    22
    4
  2. ޟީތަލަ ހަންނާން

    ދަރަވަންދޫގަ މެއިން ހަބު، ޑީލަރުން އަވަދިނެތި ވިއްކަނީ، ޗުއްޓީ ބެންކޮކްގަ، ވަރައް ވާހަކަ