ފުވައްމުލައްކުގައި މީހަކު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިއްޖެއެވެ. ދަންޖެހިފައިވަނީ ފިރިހެނެކެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް އެދި ބުނީ، ދަންޖެހި މަރުވީ ދޫނޑިގަން/ ރުޝްދީ އަހުމަދު ނަމަކަށް ކިޔާ މީހެއްް ކަމަށާއި އޭނާ މަރުވެފައި ހުއްޓާ ފެނުނީ މިއަދު 7 ޖަހާ އެހާކަން ހާއިރު ކަމަށެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެމުން އެރަށުން މަޢުލޫމާތު ދިން މީހާ ބުނެފައިވަނީ ރުޝްދީ މަސައްކަތް ކުރަމުން އައީ އެރަށު ރެސްޓޯރެންޓްގެ މެނޭޖަރެއްގެ ގޮތުގައެވެ.

ދާދިފަހުން ށ.ފޭދޫގައިވެސް މީހަކުވަނީ އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައެވެ. ނަމަވެސް އެމީހާވަނީ ސަލާމަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހި ކުއްޖާ

    ނަންވާނީ ނަރަކަ ވެލިދޫ!!

    6
    1
  2. ވަރަށްދެރަކަމެއްމީދެން

    އީމާންކަމެއް ނެތީމަ ތިކަހަލަ ފާފަކުރަނީ. ބެލެނެވެރިންވެސް ވެއްޖެ ދަރީންނަށް ދީން ރަނގަޅަށް އުނގަންނައިދޭން. ނޫނީ ވެދާނެ އެސްފިނާއެއް ސިހުރަކަށްވެސް. އެކަންކަމުން ރައްކާތެރިވާން ކިޔަނޖެހޭ އެއްޗެހި ގަވައިދުން ކިޔާމީހަކަށް ޝައިތާނާއަކަށް ވާހެއް ނުދެވޭނެ މިފަދައިން.

    4
    3