އެމް.އެމް.ޕީ.އާރު.ސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި މީރާއިންވެސް ދިނީ ބީރު ކަންފަތެއް ކަމަށް، މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ރައީސް ފުޢާދު ޒާހިރު ވިދާޅުވެއްޖެއެވެ.

އޭ.ސީ.ސީން ނެރުނު ތަޙުޤީޤީ ރިޕޯޓާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ފުޢާދު ވިދާޅުވީ، އެމް.އެމް.ޕީ.އާރު.ސީ އަށް ލިބޭ ފައިދާ މީރާއަށް ނުވަދެ، އެސް.އޯ.އެފް ނަކަމަށް ކިޔާ ކުންފުންޏެއްގެ އެކައުންޓަކަށް ވަންނަމުން ދާކަމުގެ މަޢުލޫމާތު، 2015 ވަނަ އަހަރު، ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްސޭޝަނަށް އަންގާފަވާނެ ކަމަށާއި، ނަމަވެސް އެކަމަށް ދިނީ ބީރު ކަންފަތެއް ކަމަށެވެ.

28 ސެޕްޓެމްބަރ 2015 ގައި، މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ފަރާތުން، ފުޢާދު ޒާހިރު ސޮއި ކުރައްވާ، މީރާއަށް ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީއެއް ވަގުތަށް ވަނީ ލިބިފައެވެ.

ކޮމިޝަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް އެޑްރެސް ކުރައްވާ ފޮނުވާފައިވާ އެ ސީޓީގައި ބުނެފައިވަނީ ރިސޯޓު ހެދުމަށް ނުވަތަ ޓޫރިޒަމާއި ބެހޭ މަސައްކަތްތައް ކުރުމަށް ދިގު މުއްދަތަކަށް ދޫކުރާ ރަށްތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާ މީރާއަށް ނުލިބޭކަން އެނގިފައިވާތީ އެކަން މީރާގެ ސަމާލުކަމަށް ގެންނަކަށާއި، އެކަންކަން ބަލެމަށް އެފަރާތަށް އިލްޠިމާޞްކުރާ ކަމަށެވެ.

"މަނިކުފާނަކީ ކޮމިޝަނަރ އޮފް ޓެކްސްޓޭޝަނަށް ވީ ހިނދު، މިފަދަ ފައިސާއަށް ވާނުވާގޮތް ބަލައި، އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ކަލެކްޓް ކުރުމަކީ މަނިކުފާނުގެ ޒިންމާއެއް ކަމަށް މި ޔޫނިއަނުން ދެކެމެވެ." އެ ސިޓީގައި ބުނެފައި ވެއެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން ފުޢާދު ވިދާޅުވީ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ޔަޒީދު މުޙައްމަދުގެ ޤާނޫނީ ޙައިޞިއްތަޔު މިހާރު އޮތް ކަމަށް ޤަބޫލުނުކުރާ ކަމަށާއި، ޤާނޫނުތައް ބުނާގޮތުން ޔަޒީދުގެ ދައުރު މިހާރު ހަމަވެފައިވާ ކަމަށެވެ. އަދި އަލުން ކޮމިޝަނަރަކު ޢައްޔަންކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުންކަމަށްވެސް ފުޢާދު ވިދާޅުވިއެވެ.

އޭ.ސީ.ސީގެ ތަޙުޤީޤީ ރިޕޯޓު ބުނާގޮތުން، އެމް.އެމް.ޕީ.އާރު.ސީން ވަނީ އެސް.އޯ.އެފް ނަމަކަށް ކިޔާ އެކައުންޓެއް މެދުވެރިކޮށް ވަރަށް ގިނަ އެކައުންޓްތަކަކަށް ފައިސާ ޖަމާކޮށްފައެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ ދެ މިނިސްޓަރުން ކަމަށްވާ، އަކްރަމް ކަމާލުއްދީނާއި އަޙުމަދު މަޙުލޫފުވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ލީމަން

    ޔަޒީދު އަބަދުވެސް ބަލާނީ ކުދި ވިޔަފާރިވެރިން ފެލާލެވޭތޯ..؟

    ނޫނީ ޕޮލިޓިކަލް އެޖެންޑާ އަށް މީހުން ފިއްތާލެވޭތޯ

    މިރާގެ ބޮޑެތި މީހުން ކޮންމެ މީހަކަށް 2 ނުވަތަ ތިން ފްލެޓް ގަތީ ކޮންތާކުން ހޯދި ފައިސާއަކުން ތޯ އިންވެސްޓް ކޮށްބަލަ..؟

    މީރާގެ މައްސަލަ ބަލަން އެހެރަ ޓްރައިބިއުނަލްގަވެސް އިންނަނީ މީރާގެ ވެރިއެއްގެ އަންހެނުން

    ފިރިމީހާގެ މައްސަލަ އަނބިމީހާ ބެލުމުން ކިހާ އިންސާފުން އެކަން ކުރެވޭނެބާ؟

    10
    3
  2. ބޫމް

    ޔާމީންގެ ވެރިކަން ނިމުމުން އަނގަފެޅި މީހުން ހާދަހާ ގިނަޔޭ ދޯ؟ އެމަނިކުފާނުގެ ވެރިކަމުގައި މި މީހުން ތިބީ ކިހާ ހިސާބެއްގައިބާ؟

  3. ނޫސްވެރިޔާ

    ފުއާދު ޒާހިރަކީ ޓެކުހަށް މަކަރު ޖަހާ ވަގު ވިޔަފާރިކުރަމުންދާ މީހެއް. މިވަރުގެ މީހަކު ދައްކާ ހެޔޮ ވާހަކަ އެއް ނުދައްކާނެ. ތިއުޅެނީ ދެން މާ ޒާތީވެގެން.

  4. ހަސަންބެ

    އެ މައްސަލަ ބެލި އެއްވެސް ތާކުން މީރާގެ މައްސަލަ އެއް އޮތްކަމަށް ބުނެފަ އެއް ނެތް.. އެހެންވީއިރު ފުއާދު ޒާހިރުގެ ރާޑަރަށް މީރާ އެރީ ކިހިނެއް.. ތީ ހުސް ބުހުތާނު ދޮގު ވާހަކަ.

    2
    5
  5. ތަކުރު

    ރިސޯޓު ހެދުމަށް ދޫކުރާ ރަށްތަކުން ލިބެންޖެހޭ ފައިސާ މީރާ އަށް އިނގެންވީ ކީއްވެ؟ އެއީ މީރާއިން ދޫކުރާ ރަށްތަކެއްނޫނެއްނުން.. އަދި އަގު ކަނޑައަޅަނީ ވެސް މީރާ އަކުން ނޫނެއްނުން...

    5
    3
  6. ނޫސް

    އެމް.އެމް.ޕީ.އާރް ސީ އަށް ލިބޭ ފައިދާ އަކީ މީރާ އަށް ވަންނަން ޖެހޭ އެއްޗެއްނޫން.

    2
    2
  7. އިނގޭމީހާ

    އޭ.ސީ.ސީގެ ތަޙުޤީޤު ބުނާ ގޮތުން މީރާގެމައްސަލަ އެއް ނެތް. އެއީ މީރާއާ ބެހޭ ކަމެއް ނޫން.

    5
    4
  8. ފައްޔާޒް

    ތީ ދެން ފުއާދު ޒާހިރު ޓެކުހަށް މަކަރުޖަހާފައިވާ ކަމާ ޓެކުހާ ބެހޭ އެތައް މައްސަލައެއް ހުރީމަ ޒާތީ ހަސަދަ ފިލުވާލަން ދައްކާ މަކަރުވެރި ވާހަކަ

    3
    2
  9. ޒާހިރު

    ފޫއާދު ވިޔަސް ދެން މީރާ އާ މާ ޖައްސަލަން ނުޅޭ. ހަގީގަތާ ޚިލާފް ވާހަކަ ދައްކާ މީހުންގެ ަބުރު ކަތިލުމުގެ ކުރިން އަމިއްލައަށް ފުރަތަމަ ފަރުދީ ޒިންމާ ނަގަން ދަސްކުރޭ

  10. ރާޅު

    މިރާއްޖޭގައި އުޅޭ މީހުންނަށްވެސް އެގޭ ހުރިހާ މުއައްސަސާތައް ހުރީ ނިދާ ބޭސް ކައިގެންކަން

    1
    1
  11. ދޮންކަލޯ

    ޓްރޭޑް ޔުނިއަން އޭ ކިޔާ އެއްޗެއް ގަބޫލު ކުރާ ކިތަށް މީހުން ބާ އުޅެނީ.. އެތަނުން ސައްޙަ އެއްވެސް ކަމެއް ކުރޭ ބާ

  12. އިމްރާން

    ފުުއާދު ޒާހިރަށް ޓްރޭޑް އެއީ ކޯއްޗެއްކަން އިނގޭ ބާ.. ފުރަތަމަ އެ ބަސް އެނގިގެން ދޯ އެހެން ކިޔާފަ އަނގަ ހުޅުވޭނީ

    1
    1
  13. ޝިފާޒާ

    ހޫޫން ލީމަން ވިޔަސް ޔަޒީދާ އަދި މީރާ އާ ނުބެހޭ ... މަށަށް އިނގޭނެ ދޯ އަސްލު ކަންތައް ވާގޮތް...
    އެއީ ތިކަހަލަ މީހެއް ނޫން. ތިމީހުން ރަނގަޅަށް ބަލާލީމަ އިނގޭނެ އޭނަ ކަންތައް ކުރާ ގޮތް..
    އެ ނޫނިއްޔާ ޕޮލިޓިކަލް އެޖެންޑާ އަކާ ނުލާ މަސައްކަތް ކުރާ މީހަކު މިގައުމުގަ ނުހުންނާނެ..

    2
    5
  14. މުނޭ

    ފުއާދު ޒާހިރަކީ އޮޅުވާލައިގެން އެތަށް ވަގު ވިޔަފާރި އެއް ކޮށް ޓެކުހަށް މަކަރު ހަދާ މީރާ މީހުންނަށް ބިރު ދައްކަމުންދާ މީހެއް ކަން އެންމެނަށްވެސް އިނގޭ..
    ކޮން ތާކިހަލެއް ބޮލުގަ އަޅައިން އުޅޭކަށް.. އެ އޮތަސް ހުރިހާ މަކަރެއް ފެނޭ..

  15. ރަން

    ފުއާދު ޒާހިރު އަބަދުވެސް އައީ މީރާގެ ކޮމިޝަނަރު ކަމަށް އަންނަން ވައުދުވަމުން. ބަލަ ފުއާދޫ ކުފޫ ހަމަވާ ވާހަކަ ދައްކަގަ...

  16. ރަށްދެބައި

    މީރާގެ ކޮމިޝަނަރުގެ ގާނޫނީ ހައިސިއްޔަތު ލިޔަން އިނގޭނީ ފުއާދު ޒާހިރަކަށް ނޫން ދޯ

  17. ލޯޔަރު

    މީރާ އަކީ ވަރަށް ތަނަވަސް ޚިޔާލު ގެންގުޅޭ، ތާރީޚީ މަސައްކަތްތަކެއް ކުރާ އަދި މައުނަވީ ފިކުރެއްގައި ކުރާ ކޮންމެ ކަމެއް ކަނޑައެޅިފައި ހުދޫދުގެ ތެރޭގައި ކުރަމުން އަންނަ ތަނެއް. ތި ވާހަކަ ތިހެން ބޮޑު ހެޑިން އެއް ޖަހާފަ ލިޔުނު މީހާ އަށް އެކަން ނޭނގުނުކަން އެއީ މާ ބޮޑު ޚިޔާނާތެއް.. ލިޔުންތެރިންގެ އަގު މި ވެއްޓެނީ މިފަދަ ބައެއް މީސްމީހުން ގެ ދޯހަޅިކަމުން.. ތަނެއް ދޮރެއް ނުބަލާ ކަމުގެ ހަގީގަތެެއް ނުބަލާ ވައިގެ ތެރެއިން ހަމަ އެއްޗެއް ލިޔެ ނޫހުގަ ޖެހުމަކުން މާ މޮޅު އަދި ތާހިރު ކަމަކަށް ވީކީ އެއް ނޫން

  18. އަސްލަންޓޭ

    ޔަޒީދަކީ ގައުމުގަ ހުރި އެންމެ ހަރުދަނާ މީހާ.. ޔަޒީދު ކަންތައް ކުރާ ގޮތަކަށް މިގައުމުގަ އެއްވެސް ވެރިއަކަށް ކަމެއް ވެފަ ނެތް އަދި.. ދެން ފުއާދު ވިޔަސް އެކަމާ ޒާތީ ހަސަދަ އެއް ފިލުވަން ތިޔަހެން ދޮގު ވާހަކަ ފެތުރިޔަސް ހަގީގަތް ވާނީ ހަގީ ގަތަށް.

    ފުއާދުގެ ކިތަށް ކުންުފުނި ހަދާފަ ވަގު ވިޔަފާރި ކުރަމުންދޭތޯ؟

    ފުއާދު ޒާހިރާ އިކޮނޮމިކް މިނިސްޓަރ ގުޅިގެން ކިތަށް ވިޔަފާރި އަކުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާ އެއް ދައްކާތޯ؟

    ފުއާދު ޒާހިރާ އިކޮނޮމިކް މިނިސްޓަރ އަދ ފިނޭންސް މިނިސްޓަރ ވެގެން މިހާުރު ކިތަށް ޑީލް އެބަ ގެންދޭތޯ؟

  19. ފަތިފުށް

    މި ރާއްޖޭގެ ޓްރޭޑް ޔޫނިއަންގެ ރައީސަކަށް ހުރީ ޓެކްސްއަށް މަކަރު ހަދާ އޮޅުވާލި ވިޔަފާރިވެރިއެއް. މިކަހަލަ މަގާމުތަކުގައި ތިބެންވާނީ ފަތިތުށް ސާފު މީހުން ނޫންބާ؟

  20. އިކްރާމް އަބުދުއްސައްތާރު

    އާނ ލީމަން އެބުނީ ތެދެއް.. ފިރިކަލުން ގޯސްކޮށް ނިންމާ މައްސަލަ ޓްރައިބިއުނަލް އަށް އިސްތިއުނާފު ކުރީމަ ގޮތް ކަނޑައަޅަން އިންނަ ޖަޖަކީ އެމަނިކުފާނުގެ އަނބިކަނބަލުން..

    އިންސާފު ދެވޭނީ މިވަރަށް... ފިރިމީހާގެ މައްސަލަ އަނބިމީހާ ބެލުން އެއީ ހަމަ މިގައުމުގަ ނެތީ ތޯ ދެވަނަ މީހަކުން ؟

    1
    2
  21. އަލްޖިބްރާ

    އޭރު ހުރި ވެރިމީހާ އަންގާފަ އޮތީ ކުދި ވިޔަފާރި ވެރިން ފެލާލަން ! ދައުލަތުން ވައްކަން ކުރާމީހުންގެ މައްސަލަ ބަލާކަށް ނޫން !

  22. ހުސޭނު

    އުފެދުމުގަ މަކަރާ ހީލަތުން އުޅޭމީހުންނައް އަބަދުމެ އުޅެނީ ހަމައެގޮތައް. 2015 ނިމުންއިރުވެސް ރިސޯޓު ހަދަންދޫކުރާ ތަންތަނުގެ އިކުއިސަން ކޮސްޓް ދައްކަންޖެހެނީ މމޕރސ އައް. މަސްވެރިކަމުގެ ނޫނީ ދަނޑުވެރިކަމައް ދޫކުރާ ރައްތަކުގެ ކުލި އެމިނިސްޓްރީ އައް. ގަވައިދު ބަދަލުކުރީ 2016ގެ ތެރޭގަ. ދެން ފުއާދު ކަހަލަ ހާޑްކޯ ނޯޓޮލެރެންސް ޕާޓީ މީހުންގައިގަ ހިފާފަ ހުރިކަމެއްވީމަ ތެދުބަހުން އެއްޗެއްބުނުމަކީ ނާދިރުކަމެއް.

  23. މީރާ ބޯއީސް

    ޔަޒިދުމެން ރައްރަށަށްއަރާ ކުދިވިޔަފާރިތަށް ފުނޑާލީ ހިތުން ހައްގުނޫންގޮތުގަ މަސައްކަތްކޮށްގެން އަނބިދަރިންނަށް ކާންދޭންދޯ

  24. ވާރިސް

    އޭސީސީއިން ނެރުނު ރިޕޯޓުގަ ވެސް އެބައޮތް މިރާއިން އެއްބާރުލުން ދިން ކަމަށް... ކޮބާ ދެން މީރާއިން ބީރު ކަންފަތް ދީފައި.. ފުއާދު ޒާހިރު ބޭނުންހާ ގޮތަކަށް މީރާއިން މައުލޫމާތެއް ނުދޭނެ. ޓެކްސް އެޑްމިން ޤާނޫނުގައި އެބައޮތް މީރާއިން މައުލޫމާތު ހާމަ ކުރަންޖެހޭ ގޮތާ ޙިއްސާކުރާނެ ގޮތް.. މީރާއިން އަމަލުކުރަންޖެހެނީ އެގޮތުގެ މަތިން..

  25. އާމިރު

    ޔަޒީދަކީ ކޮމިޝަނަރ ޖެނެރަލް އޮފް ނޮން ޓެކްސް އެއް ނޫން.. ފުއާދު ބުނެފައިވާ ގޮތަށް ޔަޒީދަކީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، އެހެންވީމަ އެމަނިކުފާނުގެ ޒިންމާ އަކީ ޓެކުހުގެ ފައިސާ އަށް ވާނުވާ ބެލުން އަސްލު ހަގީގަތުގައި، އެއްވެސް ހާލެއްގައި ތިޔަ ބުނާ ރަށްތަކުން ލިބެންޖެހޭ ފައިސާގެ ކަންތައްތަކަކީ އެމަނިކުފާނުގެ އިސްތަށިފުޅުގައި އޮންނަންޖެހޭ ކަމެއް ނޫން.

  26. މުހައްމަދު

    ޔަޒީދު އިސްތިއުފާ ދެއްވާ!! ރަތްޔަތުންގެ މުއައްސަސާގަ ހުރެގެން ރަތްޔަތުންނައް ހަރާންކޯރުވެ ، ތަނުގަތިބި ރަގަޅު މުވައްޒަފުންތައް ބޭރުކޮށްލާ ، ޔަޒީދު ބުނާހާކަމެއް ކުރާ ބައެއްލައިން ހިންގާ ކޮރޮޕްޓެޑް ތަނެއް ތިމީރާ އަކީ ، އަމީޒާ ކަހަލަ ވިޔާނުދާ މީހުން އެތަނުގަ އުޅޭނީ ، މުވައްސަސާގެ ލީޑާސިޕް އެކޮށް ބަދަލުކުރަންފެނޭ!

  27. ޢާޟިޠޫ

    މީރާގެ އުޅެ ޕަޕެޓުންދޯ މި ކޮމެންޓްކުރަނީ ޔަޒީދު ބުނެގެން ، ހަހަހަހަހަހަ، މަޖާމީހެއް ޔަޒީދަކީ.... އެޑްމިޓްވެބަލަ ކަލޯ!

  28. އިސްމައިލް

    މީރާ އުވާލަން ފެންނަނީ ދެން.. އޭރުން ފުއާދު ކަހަލަ މީހުން ހުސް ތިބޭނީ...ދައުލަތަށް ފައިސާ ދައްކާނެ އެމީހުންގެ ޖީބުން ވަކިން

  29. ޝާމް

    ކިހިނެއް މިވަނީ.. ކުއްލިއަކަށް ފުއާދު ޒާހިރަށް މިވަނީ ކީއް. މީނަ ވެސް އިންވެސްޓިގޭޓް ކުރަން އެބަޖެހޭ.. ތިޔަ ބުނާ ފައިސާ އޭނާ ވެސް ކައިގެން އުޅޭ ވައްތަރުޖަހަނީ

  30. މަނިކު

    ތި އެންމެން ވެސް ބޭނުންވަނީ ހަމަ ކޮމިޝަނަރު ކަމަށް އަންނަން.. އެކަމަކު ބުނަން އެކަން ވެސް ވާނީ ވާނެ ވަރުގެ މީހުންނަށް ދޯ

  31. ލިޔުންތެރިޔާ

    މީރާގެ ލީޑަރޝިޕާމެދު ސުވާލެއް ނުއުފެދޭ.. ޕާރފެކްޓް އިންސާނުން މި ބިންމަތީގައި ނުތިބޭނެ ކަން ހަނދާން ކޮށްލުން ބުއްދިވެރި