ޕީޕީއެމްގެ އާ ސެކެޓްރީ ޖެނެރަލް ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އެންވެރޮމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަބްދުލް މަތީން އަތުން ޓިކެޓް އަތުލައި އެދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާ ޖޭޕީގެ ކެންޑިޑޭޓް، މިހާރު ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ތާއީދު ކުރަން ޕީޕީއެމްއިން ނިންމައިފިއެވެ.

"ވަގުތު" އަށް އެގިފައިވާގޮތުގައި އެދާއިރާއަށް މަތީނަށް ކުރިމަތި ނުލެވޭނެ ކަން ޕީޕީއެމްއިން މިހާރު ވަނީ މަތީނަށް އަންގާފައެވެ. ދާދި ފަހުން ޖުމުހޫރީ ޕަަޓީ އަށް ސޮއިކުރެއްވި އިލްހާމް ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އުނގޫފާރު ދާއިރާއަށް ކުރިމަތިލައްވާނެ ކަން މީގެ ކުރިން އިއުލާން ކުރައްވާފައެވެ.

މަތީންގެ އިތުރުން އަންނަ އެޕްރީލް މަހު އޮންނަ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްއިން ކުރިން ޓިކެޓް ދީފައިވާ ބައެއް ބޭފުޅުންގެ ޓިކެޓްތައް މިހާރުވަނީ އަތުލާފައެވެ. އެގޮތުން، ރޭ ވަނީ މަތިވެރި ދާއިރާއަށް ވާދަކުރެއްވުމަށް ކުރީގެ ނޫސްވެރިޔާ ލަޔާލް މަނިކުއަށާއި، ގެމަނަފުށީ ދާއިރާއަށް ވާދަކުރެއްވުމަށް މިހާރުގެ މެމްބަރ ޖަމީލް އުޘްމާންއަށް ދީފައިވާ ޓިކެޓާއި، ވިލިނގިލީ ދާއިރާއަށް ވާދަކުރެއްވުމަށް ޝަހީބް އިބްރާހިމްއަށް ދީފައިވާ ޓިކެޓްވެސް ޕީޕީއެމުން އަތުލާފައެވެ.

މީގެއިތުރުން ފުވައްމުލަކު އުތުރު ދާއިރާއަށް ޕީޕީއެމް އިން ވާދަނުކޮށް މިހާރު ޖޭޕީގައި ހުންނެވި އެދާއިރާގެ މެންބަރު އަލީ ޝާހަށް ތާއިދުކުރަން ޕީޕީއެމް އިން ވަނީ ނިންމައިފައެވެ. ޕީޕީއެމް އިން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއިދު ކުރަން ނިންމާފައިވާއިރު، ޕީޕީއެމް އާއި ޖޭޕީން ވަނީ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާތަކެއްކޮށް ނިންމުންތަކެއް ނިންމާފައެވެ. އެ ނިންމުންތައް ހިއްސާ ކުރުމަށް، އެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވަނީ ދެކޮޅު ހަދާފައެވެ. ދެޕާޓީގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ބުނާ ޚަބަރު ދެޕާޓީން ދިޔައީ ދޮގު ކުރަމުންނެވެ.

ޖޭޕީން ވެސް ފުރަތަމަ މަސައްކަތް ކުރީ ކޯލިޝަން އެއްބަސްވުމާއި އެއްގޮތައް ސަރުކާރުގައި ބައިވެރިވާ ހުރިހާ ޕާޓީއެއް ގުޅިގެން މަޖިލިސް އިންތިޚާބުގައި ވާދަކުރާށެވެ. ނަމަވެސް ކޯލިޝަން އެއްބަސްވުމާއި ހިލާފަށް އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމުމުން މިހާރު ޖޭޕީން ވެސް ނިންމާފައި ވަނީ 45 ދާއިރާއަކަށް ވާދަކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދަތްދޫނި

    އަނެއްކާ ބަޤާވާތެއް ރާވަނީދޮތަ! މިފަހަރު ހަމަ ހިލާ ތިޔަކަން ވިޔަކަ ރައްޔިތުން ނުދޭނެކަން ޔަޤީން. މޯދީވެސް ހުރީ އިބޫގެ ހަމަ އެންމެ ފޯންކޯލް އެއްގެ އިންތިޒާރުގާ!

    2
    7
    • ދަތްނެތްދޫނި

      ބަޣާވާތަކުން އައިބަޔަކު ފައްސާލެވޭނީ ބަޣާވާތަކުންނެއްނު؟

  2. Anonymous

    އިލްހާމް ކަލޭ ލަދު ކޮބާތަ؟؟؟؟؟///

  3. ނުރިޔަނަ

    ވަޓް އިޒް ދިސް.. ދެން ދިވެހި ރައްޔިތުންނަށް އިލްހާމު ވާހަކަ ކިޔާދީބަލަ..

  4. ނިބަނު

    ވަޓް އިޒް ދިސް.. ދެން ދިވެހި ރައްޔިތުންނަށް އިލްހާމު ވާހަކަ ކިޔާދީބަލަ.. ހުސް މިކަހަލަ ވަގުން

    4
    1
  5. ރާޅު ބޯއީ

    އިލްހާމްމެން އެކުރާ މަސައްކަތަކީ ދީނާ ގައުމަށްޓަކައި ކުރާ މަސައްކަތް. ލާދީނީ އެމްޑީޕީއަށް މަޖިލިސް އިންތިހާބުގައި ހަރު އަޑުން ނޫނެކޭ ބުނަންޖެހޭ

  6. ދދދދ

    ޕީޕީއެމް އުވާލަން މިހާރު މަށަށް ފެންނަނީ.

  7. .....

    މީ ރިއަލިޓީއަކީ.