ވިލާ އިންޓަނޭޝަނަލް ހައި ސުކޫލް (ވީއައިއެޗްއެސް)ގެ ގުރޭޑް 12 ގައި ކިޔަވާ ދަރިވަރުން މިއަދު ލ. އަތޮޅަށް ގޮސްފިއެވެ.

"ސަގާފީ ދަތުރު"ގެނަމުގައި ކޮންމެ އަހަރަކުވެސް އެ ސްކޫލުން ކޮންމެވެސް އަތޮޅަކަށް ދެއެވެ. މިފަހަރު އެ ސްކޫލުން ލ. އަތޮޅަށް ދިޔައިރު، އެ އަތޮޅުގެ ހުރިހާ ރަށަަކަށް ދިއުމަށް ވަނީ ނިންމާފައެވެ.

އެ ސްކޫލުން ބުނީ، މިފަހަރުގެ ދަތުރުގައިގްރޭޑް 12 ގައި ކިޔަވާ 30 ދަރިވަރަކާއި އެ ސްކޫލްގެ ހަ އޮފިޝަލަކު ބައިވެރިވާ ކަމަށެވެ.

މި ދަތުރާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ވީއައިއެޗްއެސްގެ ޑެޕިޔުޓީ ޕްރިންސިޕަލް އިސްމާއިލް ނަޝީދު ވިދާޅުވީ، ދަރިވަރުންގެ ހިތްތަކުގައި ބަހާއި ދިވެހި ސަގާފަތަށް ލޯބިޖެއްސުމާއި، ރާއްޖޭގެ ޖިއޯގްރަފީ ތަފާތުތައް ދެނެގަތުމައި، ، ދަރިވަރުންގެ ހިތްތަކުގައި އެފަދަ ކަންކަމަށް ޝައުގު އުފެއްދުން ކަމަށެވެ.

އަދި މީގެ އިތުރުން ދިވެހިންގެ މަސައްކަތްތެރިކަމާއި އާދަކާދައާއި ސަގާފަތް ދިރާސާކުރުމަށް ދަރިވަރުންނަށް ފުރުސަތު ދިނުމާއި، ހައްދުންމަތީގެ ބަހުރުވައިން ހުރި ޅެންވެރިކަމުގެ ބާވަތްތައް ދިރާސާކުރުމަށް ފުރުސަތު ފަހިކޮށްދިނުންވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.

އިސްމާއިލް ނަޝީދު ވިދާޅުވިގޮތުގައި، ދަތުރުގެ މަގްސަދު ހާސިލްކުރުމުގެ ގޮތުން ލ. އަތޮޅު ރަށްތަކަށް ގޮސް މައުލޫމާތު ހޯދާނެއެވެ. އަދި އެ ރަށްރަށުގައި ހުރި ތިމާވެށީގެ މައްސަލަތައް ބަލާނެއެވެ. އަދި ސުކޫލްތަކަށާއި، ކައުންސިލްތަކަށް ވެސް ޒިޔާރަތް ކުރާނެއެވެ. އަދި ރަށްރަށާއި ގުޅޭ ފޯރކްލޯތައް އެއްކުރުމާއި، ދަރިވަރުންނަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

އެ ސްކޫލްގެ ސަގާފީ ދަތުރު ހިންގާތާ ފަސް އަހަރު ވެއްޖެއެވެ. ކުރިން އެ ސްކޫލުގެ ދަރިވަރުން ވަނީ އައްޑޫ، ފުވައްމުލަށް އަދި ހުވަދު އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖ މާން

    ސްކޫލް ތައް ހިންގަނީ ސަރުކާރުން ބާ އޭ ހިތައް އަރާ ، ބެލެނިވެެރިން އަތުން ލާރި ނުނަގާ ފަރަކު ނުޖެހޭ . ތައުލީމް ހިލޭ ދޯ . މާފުށި ސްކޫލް