އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޭދޫ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލާން ނިންމާފައިވާ، މިހާރުވެސް އެ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)ގެ ފުރަތަމަ ޑޯޓުޑޯ ހަރަކާތް މިއަދު ހަވީރު ކުރިއަށްގެންގޮސްފިއެވެ.

މިއަދު ހަވީރު 16:00 ގައި އައިބީއަށް ސަޕޯޓްކުރާ ގިނަ ބަޔަކާއެކު ފެށި މި ހަރަކާތަށް ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ދަނީ ލިބެމުންނެވެ.

އައިބީގެ ސޯޝަލް މީޑިއާ މެނޭޖަރ އިނާ ވިދާޅުވީ، އައިބީގެ ގިނަ ސަޕޯޓަރުންނާއެކު ކުރިއަށްގެންދާ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ރައްޔިތުންގެ ގެތަކަށް ޒިޔާރަތް ކުރަމުން ދަނީ ކެންޑިޑޭޓާއެކުގައި ކަމަށެވެ.

"ބްލޮކް ވައިސްކޮށް ކޮންމެ ގެއަކަށް ކެންޑިޑޭޓާއެކު ޒިޔާރަތް ކުރަމުން މި ދަނީ. މި ޒިޔާރާތުގައި ރައްޔިތުންނާއި ވާހަކަދައްކާލާ، ހިޔާލު ބަދަލު ކުރަމުން މި ދަނީ". އިނާ ވިދާޅުވިއެވެ.

އިނާ ވިދާޅުވިގޮތުގައި، މި ހަރަކާތަށް ރައްޔިތުންގެ ވަރަށް ބޮޑަށް ތަރުހީބެއް ދަނީ ލިބެމުންނެވެ.

"ރައްޔިޔުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދަނީ. ހުރިހާކޮޅަކުންވެސް ވަރަށް ސަޕޯޓިވް. ފޭދުގައި އައިބީގެ ސަޕޯޓަރުންނާއެކީގައި ކުރިއަށްމިދަނީ". އިނާ ވިދާޅުވިއެވެ.

މިއީ އައިބީގެ ފުރަތަމަ ކެމްޕޭން ހަރަކާތެވެ.

ރައީސް ޔާމީންގެ ދިފާޢުގައި އެންމެ ވަރުގަދައަށް މަސައްކަތް ކުރެއްވި އެއް މެންބަރެއްގެ ގޮތުގައި ފާހަަގަކޮށްލެވޭ އައިބީ، މިފަހަރު މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ މިނިވަން މެންބަރެއްގެ ގޮތުގައެވެ