ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ލިސްޓަށް ގެންނަން ޖެހޭ އިސްލާހެއް އޮތް ނަމަ، އެންމެ ފަހު ފަހަރަށް ޝަކުވާ ހުށަހެޅުމަށް މިއަދު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ރީ ރަޖިސްޓްރޭޝަނަށް ފުރުސަތު ހުޅުވާލާފައިވާ އިރު، އީސީން ބުނެފައި ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލީ ތަނުގައި ވޯޓުލާން އެދޭ ފަރާތްތަކުން މިފަހަރު ވަކިން ރީރަޖިސްޓާ ނުކޮށް އެތަނަށް ވޯޓުލެވޭނެ ކަމަށެވެ.

މިފަހަރުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އީސީން ދީފައިވާ ފަހު ތާރީހަކީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެޕްރީލް ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ވޯޓު ދިނުމުގެ ހައްގު 264،589 މީހުނަށް ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    އީސީގައި މިހާރުތިބި 5 މާމުލުންގެ 5 ވޯޓުވަގު ތިއްބާ ޝަކުވާ ހުށަހެޅުމެއްވެސް ވޯޓުލުމެއްވެސް މަގޭ ކިބަޔަކު ނެތް. ކީއްކުރަން ކުރާ ބޭކާރުކަމެއް؟