ސިނަމާލޭ ބްރިޖަށް ދަތުރު ކުރަން ހުޅުމާލެ އިން ހަދާފައި އޮންނަ ހައިވޭގައި ރޭ މެންދަމު، ހިނގި އެކްސިޑެންޓެއްގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފުނޑުފުނޑު ވެއްޖެ އެވެ.

އެކްސިޑެންޓް ހިނގި އިރު ކާރުގައި ދެމީހުން ތިއްބެވެ. ފުލުހުން ވިދާޅުވީ އެކްސިޑެންޓްގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުލިބޭ ކަމަށެވެ. ކާރު ދުއްވަން އިނީ 24 އަހަރުގެ ފިރިހެނެކެވެ. އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތެވެ. ދެން ކާރުގައި އިނީ 20 އަހަރުގެ ފިރިހެނެކެވެ.

ކާރު އެކްސިޑެންޓުވެފައި އޮތީ ހައިވޭގެ އިރުމަތީ ފަރާތުގަ އެވެ. ކާރު ކޮންޓްރޯލް ނުވެގެން ގޮސް ފުރަތަމަ ޖެހުނީ ހޮޅިދަނޑިއެއްގައި ކަމަށް ބެލެވެއެވެ. އެއަށް ފަހު ފަހު ހައިވޭގެ ދަގަނޑު ފެންސް ގައި ވެސް ކާރު ޖެހިފައި ވެއެވެ. ކާރު ފެންސްގައި ޖެހުމުން ފެންސަށް ވެސް ގެއްލުންތަކެއް ލިބިފައިވެއެވެ.

ފެންސްގައި ޖެހިގެން ވެސް ކާރު ކޮންޓްރޯލް ވެފައެއް ނުވެއެވެ. ކާރު އޮތީ ފެންސް މަތިން ގޮސް ޕޭމަންޓް މަތީގައެވެ. ކާރު މަޑުވީ ޕޭމަންޓްގެ އިރުމަތީ ފަރާތުގައި ހުރި ތޮށިގަނޑުގައި ޖެހިގެންނެވެ.

ސިނަމާލެ ބުރިޖާއި، ހައިވޭގައި އެކްސިޑެންޓް ހިނގުން ވަނީ އާއްމު ކަމަކަށް ވެފައެވެ. ގިނަ ފަހަރު އެކްސިޑެންޓް ހިނގަނީ ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުންނާއި ޤަވައިދާއި ހިލާފަސް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އައްޔަ

    ތިކާރު ގެންގޮސް ތިލަފުއްޓަށްލާ. އެއް ކާރު މަދުވީނުން އޭރުންވެސް.

    37
    2
  2. ރިޞާޞް

    ''ވަގުތު'' ތެދު ޚަބަރެއް ޝާއިޢު ކުރެއްވުމުން ޝުކުރު ދަންނަވަން، ތިޔަ ގޮތުގައި ދެމިހުރުމަށް

    23
    3
    • Anonymous

      އެއްކަލަ ލާދީނީ ބައިގަނޑަށް ވާގިދޭ މީހެއް މިއުޅެނީ. ތިކޮމެންޓް ރ ޓީވީ ނޫނީ މިހާރު ނޫހުގަ ޖަހާލަބަލަ ނިކަން.

      7
      3
  3. ބޯބުޅި

    މިހީވަނީ މިކުދިން ފާސްޓް އެންޑް ފިއުރިއަސް ކުޅެން ޔާމީނު އަޅައިދީފަ އޮތް ބުރިޖެއްހެން.

    23
    1
  4. ޏަމްޏަމް

    މީތި ސަޅި. އެހެންނު.

    20
  5. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ހޭބަލިވެގެންދުއްވާ އަދިވެސް.. މިމީހުނަށް ބޮޑެތި އަދަބުތައްދީގެންނޫނި މިކަންކަމެއް ނުހުއްޓުވޭނެ.. މިކަހަލަ މީހުނާހެދި ކަމާނުބެހޭމީހުން މިތިބެންޖެހެނީ ބިރުވެރިކަމެއްގަ.. ޓްރާންސްޕޯޓުން މިކަމުގެ ޒިންމާނަގަންޖެހޭ.. އެއީ ސްޕީޑްލިމިޓަށްވުރެ ބާރަށްދުއްވާ ތަންތަނަށްގެއްލުންދޭމީހުނަށް ބޮޑެތި އަދަބުދޭން މަސައްކަތްނުކުރާތީ..

    32
    2
  6. ހަސަނާ

    ކާރަށް ތިވަރަށް ގެއްލުން ވިއިރު ދެމީހުން ސަލާމަތްވީ ކިހިނެއް. ކުރިޔާލައި ރޭވިގެން ކޮށްފައޮތް ކަމެއްހެން ހީވަނީ....

    16
    2
  7. ޒާ

    ފުލުހުން ތިޔަވާހަކަ ބުނެލުމުން ފުދޭނެ. އެފަދަ މީހުންނަށް އެއްވެސް އަދަބެއް ނުލިބޭ.

    19
    1
  8. އަބުދުﷲ

    ގާނޫނުދަމަހަންޓަށް މަސައްކަތްނުކުރާކަމުގެނަތިްްޖާ
    ދުންވާވެހިކަލް ނަމްބަރުޕުލެޓުނަމްބަރު މަދަސްއޯކޭ
    ލައިޓުނުދިންލިޔަސްއޯކޭ ލައިޓު ލޯވު ހައި ބޭނުން
    ގޮތެއޯކޭ ސިގުނަލް ދެވުނުގޮތަކައްބަހައްޓާގެން
    ދުއްވާފަދާންވި އޯކޭ ބަލާބަޔަކުތިބެ ނުބާ ފިޔަވަޅު
    ނާޅާނަމަ ދުވަހަކައް ވުރެންދުވަހެއް ވާނީގޯސް
    ވަނީގޯސް

  9. ބޮޑުމީހާ

    ތީގާ ގޯހީ ކާރު ދެއްތޯ، ކުދިންކޮޅު ތީބީ ހަމަ ހޭގަނޫންތޯ! ޥީމާ ފެންސްގައި އެކުދިން ފިރުމާލީމަ ތިކަންތަށް ނިމުނީ

  10. އައްޑޫ މީހާ

    މީ އެއްކަލަ އައްޑޫ ހައިވޭގަ އެކްސިޑެންޓު ވާތީ ކޮމެންޓު ކޮށް އުޅުނު މަގުމަތީގެ ގަވާއިދުތަކާ ބެހޭ މާހިރުންނަށް މި ވާ ވަރަކީ.. 2 ިރު 2 ދަޅަޔަށް ޖިންނި ފެނި ކެއްސަ ކެއްސާފަ އެކްސިޑެންޓު ވަނީ.. ހަހަހަހަހަހަހާ

    9
    1
  11. ސަޓޯ

    މަށަށް ދެރައީ މިކަހަލަ އެކްސިޑެންޓުތަކުގެ ސަބަބުން ހައިވޭގައި ހުންނަ ދަގަޑު ހޮޅިތަކައްލިބޭ ގެއްލުން. އެދެން ހުންނާނީ އެހުރި ގޮތައްވިއްޔަ. އެހަދާނެ މީހަކުވެސް ނުވާނެ... ކިހާ ދެރަ... މިސަރުކާރަކުން އުމްރާނީ އެއްވެސް ތަރައްގީއެއް ނުކުރާނެ... ޖަޒީރާ ރާއްޖޭގަ އުޅޭނީ ރިޔާ ދޯނީގަ

    16
    2
  12. އަލިތަކުރު

    ދަންނަވާލަމެވެ. މާލެ އާއި ހުޅުމާލެ ގުޅާލުމުން ހުޅުމާލެއަށް މަސްތުވާތަކެތީގެ ވިޔަފާރި ވަނީ އާދަޔާ ޚިލާފަށް ކުރި އަރާފައެވެ. ރާބޯމީހުން ރާބޯން ދަނީ ހުޅުމާލެއަށް، ޕާރޓީ ކުރާ މީހުން ޕާރޓީ ޑްރަގްސް ނަގަން ދަނީ ހުޅުމާލެއަށް.. މައްޗާ ގުޅާލައިގެން އިނދެ ކާރު ނޫނީ ސައިކަލް މި ދުއްވަމުން މިއަންނަނީ ބްރިޖް މަތިން ހަބޭހަށް ހިފާފަ. މަރުނުވި ކަމަށްޓަކައި ޝުކުރުވެރިވަން.. ޤައުމެއް ނެތް.

    10
    1
  13. ހުސެންބޭ

    ބަޔެއްގެ އިހުމާލުން ދައުލަތުގެ ތަކެއްޗައް ގެއްލުން ލިބި އަލުން ޙަރަދުތަކެއް ކުރަންޖެހުމަކީ އެއްވެސް ބަދަލެއްނެތި ދޫކުރެވޭނެ ކަންކަމެއްނޫން. ތިޔަ ލިބިފައިވާ ގެއްލުން ކާރު ދުއްވިފަރާތުން ޒިންމާދާރު ކުރުވާ ހޯދަން ގޮވާލަން. އޭރުން ތިކަހަލަ ކުޅިގަނޑު މައިތިރި ވެދާނެ.

  14. ކިޔާ

    މިމީހުން ހެލްމެޓުއެޅިޔަސް އަދި ދަނގަޑުހެދުން އަޅުވިޔަސް އަމިއްލަމީހާ އިސްލާޙްނުވަނީސް މިފަދަކަންކަމެއް ހައްލެއް ނުކުރެވޭނެ..މިފަދަމީހުންނަށް ފުރާނައިގެ އަގު ވަޒަން ކުރެވޭނީ ދިރިހުރެ އެހެނަސް މަރުވެފައިވާ މީހެއްފަދައިން ހިރިނުލެވި ތަންމަތީގަ އޮންނަން ޖެހުމުން..

  15. މެސީ

    ނަސީބެއް، ދެންތި ކާރެއް ނުދުއްވޭނެތާ