ފިޝަރީޒް މިނިސްޓްރީން ވިލިމާލޭގައި ހިންގަމުން އަންނަ ޖަނަވާރަށް ފަރުވާދޭ ކްލިނިކް މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ އެމިނިސްޓްރީން ވިލިމާލޭގައި ދެމުން ގެންދާ ވެޓެރިނަރީ ސާވިސްގެ ދަށުން ފަރުވާދޭ ވެޓެރިނޭރިއަން އާއިލީ ޒިންމާ ޗުއްޓީއެއްގައި އޭނާގެ ގައުމަށް ފުރާތީ މިމަހުގެ 17 އިން 24 އަށް ވެޓެރިނަރީ ސާވިސް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

ދެން ވެޓެނެރީ ސާވިސްގެ މަސައްކަތް ފެށީނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވެފައި ވެއެވެ.

ވިލިމާލޭގައި ކްލިނިކުން ޖަނަވާރުންނަށް ބޭނުންވާ ފަރުވާ އާއި ވެކްސިންގެ އިތުރުން އޮޕަރޭޝަންތައް ވެސް ކުރެވެ އެވެ. ޖަނަވާރުންނަށް ފަރުވާދޭ ޑޮކްޓަރަށް ދައްކަން 50ރ. ނަގައެވެ. އެހެން ހުރިހާ ހިދުމަތެއް 100 ރުފިޔާ އަށް ލިބޭނެ އެވެ. އޭގެ ތެރޭގައި ބުޅާ ފަދަ ޖަނަވާރުންނަށް ދަރިން ނުލިބޭ އޮޕަރޭޝަން ކުރުން ވެސް ހިމެނެ އެވެ.

ޖަނަވާރަށް ފަރުވާދޭ ކްލިނިކް ހުޅުވީ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހު އެވެ. އެފަދަ ކްލިނިކެއް ހުޅުވައި ދިނުމަށް ޖަނަވާރު ގެންގުޅޭ މީހުން އެދެމުން އަންނަތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލިބެއްޔާ

    ބުޅަލުގެ ކޮންސެންޓް ނެތި ދަރިން ނުލިބޭގޮތް ހެދިދާނެތޯ؟

    13
    5
  2. ކަމަނަ

    ޢިންސާނުންނަށް ފަރުވާދޭ ރަގަޅު ކުލިނިކެއް މިރަށުގަ ހުޅުވައިދޭށޭ ކިޔާތާ އަދި މާގިނަދުވަސް ވެއްޖެ.

    25
    4
  3. އަހްމަދު

    އިންސާނެއްގެ ގައިގައި އަތްލާން ވެއްޖެއިޔާ ތިބޭނި އައްޗީޑި ވެފައި އެކަމަކު ބަލާބަލަ ފޮޓޯއިން ފެންނަ މަންޒަރަށް.

    5
    7
  4. އެމް ޑީޕީ

    އެކަމަކީ ރިޔާސީ 100ގެ ވައުދެއް އެކަންވެސް މަހުލޫފު ބުނާހެން އަމާބުނީތީ ފަރަށް.

    4
    2
  5. އަލި

    ބަލާނެ މީހަކު ނެތި ސަރުކާރުން ބަލަހައްޓާ ކުއްޖަ ބެލިއްޔާ ވާނީ ކީއް. ޔަތީމް ކުދިން މިގައުމުގައި ވެސް އެބަތި އެފަދަ ކުއްޖަކު ބެލީމާ ލިބޭ ސަވާބު ބޮޑުވާނެ . ޖަނަވާރުދެކެ ލޯބިވެގެން އެއާ އޮޅުލަނީ ސިކުޑީގެ މައްސަލަ ހުންނަ މީހުން ކަމަށް ބައެއް ދިިރާސާތައް ބުނޭ އެމީހުން އިންސާނުންނަށް ވުރެ ޖަނަވާރު ދެކެ ލޯބިވޭ ނިދަނީ ފެން ވަރަނީ ކުޅެ އުޅޭނީ ޖަނަވާރާ އެކު އަދި ކަނީ ވެސް ޖަނަވާރާ އެކު..އެންމެ މާތް ކުރެއްވީ އިންސާނުން އިންސާނުންނަށް އަޅާލާ ސަދަގާތް ކުރާނަމަ މާބޮޑަށް ވެސް ރަނގަޅުވާނެ. މިހާރު ބޭކާރު ފައިސާ ތި ޚަރަދު ކުރަނީ

    4
    3