"ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާ ބެހޭ ގަވާއިދު" އާ ގުޅޭ ގޮތުން ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކާ ފަރާތްތަކަށް މަޢުލޫމާތު ޙިއްޞާ ކުރުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާ ބެހޭ ގަވާއިދު" އާ ގުޅޭ ގޮތުން ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކާ ފަރާތްތަކަށް މަޢުލޫމާތު ޙިއްޞާ ކުރުމަށްޓަކައި ބާއްވާ ބައްދަލުވުމެއް 19 ފެބްރުވަރީ 2019 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ން 11:00 އަށް ރޯޝަނީ ބިލްޑިންގ، 07 ވަނަ ފަންގިފިލާގައި އޮންނާނެ ކަމަށެވެ.

މި މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބޭފުޅުވާނަމަ، ހެލްތު މިނިސްޓްރީގެ ނަންބަރު 3014411 ފޯނުން ގުޅުއްވާ ނަން ނޯޓު ކުރެއްވުމަށް ހެލްތު މިނިސްޓްރީން އެދެއެވެ.

އަންނަ މެއި 31 ވަނަ ދުވަހުން ފެށިގެން ވަކި ސިނގިރޭޓް ވިއްކުން މަނާ ކުރުމަށާއި ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ގަވައިދުގައިވާ ގޮތުން ސިނގިރޭޓު ފޮށި ބަންދުކޮށްފައި ހުންނަން ޖެހޭނީ ކޮންމެ ފޮށްޓެއްގައި 20 ސިނގިރޭޓަށް ވުރެ މަދު ނުވާނެ ގޮތަކަށެވެ. ބިޑި ޕެކް ކޮށްފައި ހުންނަން ވާނީ ކޮންމެ ޕެކެޓެއްގައި 50 ބިޑި އަށް ވުރެ މަދު ނުވާނެ ގޮތަކަށެވެ. އަދި ބިޑި އުފެއްދުމަށް ބޭނުންވާ ގޮށި ހަދަން ވާނީ އެއްވެސް އެއްޗެއް ޗާޕްކޮށްފައި ނުވާ ނުވަތަ ލިޔެފައި ނުވާ ކަރުދާހެއްގައި ކަމަށް ގަވައިދުގައިވެ އެވެ.

ގަވައިދުގައިވާ ގޮތުން ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުންތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަންގައި ދުންފަތުން ލިބޭ ގެއްލުންތަކުގެ ހަގީގަތް ހާމަވާ މަންޒަރު ނުވަތަ ފޮޓޯ ހިމެނޭ އިންޒާރުގެ ނޯޓިސް ޖެހުމުގައި އަމަލު ކުރާނެ ގޮތްތައް ކަނޑައަޅަން ޖެހެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުން އެކުލަވައިލި، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދުގައިވާ ގޮތުން ގަވައިދުގެ މަގްސަދަކީ ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންނާއި ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ފުރުސަތު ބޮޑު މީހުންނަށް ލިބޭނެ ގެއްލުން އަންގައިދީ ދުންފަތް ގަނެ ވިއްކުމުގައި އެމީހުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ލާޒިމްކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވެރިން

    ކިހާ ވަރުގަދަ ކަމެއްތަ،ކޮންހާ ހާސަރުތަކެއް ދަމާކަށް ފުތަމަކަމަކަށް އެތެރަކުރާވަރު އަހަރަކުން. އަހަރަކުން މަދުކޮށްބަލަ.ދެން އިތުރު ފިޔަވަޅެއް އަޅާބަލަ.ނޫނީ އެއްކޮށް އެތެރަ ކުރުން ހުއްޓާލަ ބަލަ.

    4
    2
  2. ދެރެފެލެ ބިޑިއެއް

    ތިތިބެނީ ފިނިކުރި ކޮޓަރީ ގައޭ! ކެފޭ ،ކަޑަ ،ހޮޓާ ތަކާއި މަގުމަތީގަ ހެސްކިޔާފާ ދަމާ ނަގަނީ! ޙުސް އަތްމުނިމުނި! ޢެ ނިމުނީ!