މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ އިސްވެރިޔާގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް ހަމަޖައްސާފައި އިބްރާހިމް އަހުމަދު ނާސިރު އެވެ.

ނާސިރުއަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ. އަދި އެ ދެ ކުންފުނީގެ ސީއީއޯކަން ވެސް ތިން އަހަރު ވަންދެން ކުރެއްވިއެވެ. އަދި އެމްއެމްއޭގެ ކްރެޑިޓް ގެރެންޓީ ޔުނިޓްގެ ހެޑްކަމާއި އެޗްއެސްބީސީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރުކަން ކުރެއްވުމުގެ އިތުރުން ފުލުހުންގެ ޚިދުމަތުގައި 11 އަހަރު އޭނާ ހޭދަ ކުރެއްވިއެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގެ އެތެރޭގައި އުފައްދާފައ އޮންނަ ޔުނިޓެކެވެ.

ކުރިން އެ މަގާމުގައި ހުންނެވީ އާތިފް ޝަކޫރެވެ. އޭނާ ވަނީ 2015 ގައި އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެލެކްސް

    ސޯލިހޫ މަނިކުފާނުމެން މާލޭކޮޅުގައި މީހުން ކޯޅެން ބައިތިއްބާފައި ރާއްޖޭގެ ދެ ބިތުގައި އިންޑިއާގެ މަރުކަޒު ތައްހަދާ ނިންމަނީ ތިޔަ. އައްޑު އަތޮޅުގެ ފަޅުރައްތަކުތެރޭގައި އިންޑިއާ ސިފައިންނަށް އާއިލާ ތަކާއި އެކު އުޅެވޭގޮތައް ހަދަމުންދާ ތަންތަން ހަލުވި ބާރު މިނެއްގައި އެބަދޭ ކުރިއަށް ހަނިމާދޫގަ ދެވަނަ މަރުކަޒު. މިގައުމަކީ ތިޔަ ބޭފުޅުންގެވެސް ޤައުމު މި ޤައުމަށް ހިޔާނާތްތެރި ވެ ވަޑައިގަންނަވާ.