ދެ ކުންފުންޏަކުން، މީރާއަށް ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

މީރާއަށް ފައިސާ ދައްކަން ހުކުމްކޮށްފައި ވަނީ، އޭ.އޭ.އޭ ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށެވެ.

އެގޮތުން މީރާއަށް ބީ.ޕީ.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށް އޭ.އޭ.އޭ ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ. އަދި މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑު އިން ޓީ.ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށް މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑު މައްޗަށް ވަނީ ހުކުމްކޮށްފިއެވެ.

އޭ.އޭ.އޭ ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ބީ.ޕީ.ޓީ އާއި އެއާގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓުގެ ފައިސާގެ ގޮތުގައި ޖުމްލަ 57287 ޑޮލަރު އާއި 61450 ރުފިޔާ އަރަމުންދާ ޖޫރިމަނާއާއެކު ތިން މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

އަދި މެފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ޓީ.ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 705680.43 ޑޮލަރު އަރަމުންދާ ޖޫރިމަނާއާއެކު 05 (ފަހެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޮރެންޖު

    ނޫނޭ ޔާމީން ސަރުކާރުގަ އެކަނި ހުކުމް ކުރާނީ. މިހާރުކުރާ ހުކުމް އޭ އަނިޔާވެރި ކަމެއް ނޫން.

    1
    1