މާލެ ސެނެހިޔާ ކައިރީ ކަފި ހުރަހުން މަގު ހުރަސްކުރަނިކޮށް، ބާރަށް ދުއްވާފައިވާ ދިޔަ ޓެކްސީއިން މީހެއްގެ ގައިގާ ޖެހި އަނިޔާވި މައްސަލާގައި ޑްރައިވަރުގެ މައްޗަށް ދައުވާ ކުރަން ފޮނުވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ސެނެހިޔާ ހޮސްޕިޓަލް ކުރިމަތީ އޮތް ކަފިހުރަސް މަތީ ހިނގި އެކްސިޑެންޓަކީ ފުލުހުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށެވެ އަދި މި މައްސަލާގައި ދައުވާ ކުރަން ފޮނުވާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެ މައްސަލާގައި އެ ޓެކްސީ ދުއްވަން އިން ޑްރައިވަރުގެ ލައިސަންސް ދެ އަހަރު ދުވަހަށް ހިފަހައްޓައި، އެ ފަރާތަށް ދޫކޮށްފައިވާ ޓެކްސީ ކުރުމުގެ ހުއްދަ ބާތިލްކޮށްފައެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ، ސެނެހިޔާ ކައިރީ ޒިބްރާ ކްރޮސްއިން ދެ މީހުން ހުރަސް ކުރި ވަގުތު، މަޑުނުކޮށް ދުއްވާފައި ކާރެއް ދިއުމުގެ ސަބަބުން ކާރުން އެތަނުގެ އެކަކުގެ ގައިގާ ޖެހި ވެއްޓެންދިޔަ ވަގުތު ދެން ހުރި މީހާގެ ގައިގާ ޖެހި ބިންމައްޗަށް ވެއްޓި ޒިބްރާ ކްރޮސް އަރިމަތީ ހުރި ރަބަރު ގަނޑެއްގައި ޖެހިގެންނެވެ.

އެ އެކްސިޑެންޓްގައި ދެ އަންހެނަކަށް އަނިޔާވިއެވެ. އެ ހާދިސާގައި ބޮޑަށް އަނިޔާވެފައި ވަނީ، 46 އަހަރުގެ އެ އަންހެނަކަށެވެ. އެ އަންހެން މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އޭނާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހެހެ

    ކޮންތާކުން ދައުވާ ކުރަނީ ކޮން އަދަބެއް ދެވޭނީ ..އަތައްގޮވާނީ ދެން ބުނާނީ ހިގާމީހުން ހެލްމެޓު އަޅާށޭ

  2. Anonymous

    އެއީނިކަމެތި ޑްރައިވަރަކަށްވާތީ އޭނާގެ މައްސަލަ ބަލަނީ.
    އޭނާވެސް ކުރީ ކުށެއް ނަމަވެސް މިގޮތަށް ކޮބާ އެހެން އެކްސި ޑެންޓް ތައް ފުލުހުން ނުބަލާ. ވަކިބަޔަކަށް ވީމާ ތިއީތަ އިންސާފަކީ މަގޭ ދަރި ގައިގާ ސައިކަލުން ޖައްސާ އެފަކީރު މިހާރު އެހުރީ ނުކުޅެދޭ މީހަކަށްވެފައި ކޮބާ މިދަރީ ގެ އިންސާފު. އިންސާފު ބޭނުން . ޑރ. ގެ އަނބި މީޙަާ އަށް ވީމާ އަވަހަށް މައްސަލަ ބަލާ އުސޫލު ދޫކޮށްލާ ! އެންމެންވެސް ހަމަހަމަ ވާން ޖެހޭ!

    2
    1
  3. ހުވަ

    އެއްވެސް ކަމެއް ނުކުރާނެ. ދައްކާލާ ގިރިޓީއެއް. ފުލުހުންގެ އަގެއްނެތް