ފުލުހުންގެ ހައްޔަރުގައި މިވަގުތު ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިރޭ ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ނިންމައިފިއެވެ.

މަހުލޫފްގެ ވަކީލް އާއި ހަވާލާ ދެއްވައި އޭނާގެ އަނބިކަނބަލުން ނަޒްރާ ނަސީމް ވިދާޅުވެފައިވަނީ މަހުލޫފް ކޯޓަށް ހާޒިރުކުރަނީ މިރޭ 20:00 ގައި ކަމަށެވެ.

މަހުލޫފް ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރަން ނުޖެހޭއިރު މަހުލޫފް މިރޭ ކޯޓަށް ހާޒިރުކުރާ ސަބަބެއް އެނގިފައެއް ނުވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މަހުލޫފްގެ އިތުރުން ވެސް ފުލުހުން ވަނީ މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރުކޮށްފައެވެ. މީގެއިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައެވެ.

އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ވެސް ފުލުހުން ވަނީ މީގެކުރިން ހައްޔަރުކޮށްފައެވެ،

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދޫނުކުރާތި

  2. reethi moosa

    މަހްލޫފަކީ އެކްޓްކުރާ މީހެއް ވަރަށްމޮޅު އެކްޓަރެއް އޭނަޔަކަށް ރަނގަޅު އެއްވެސް ކަމެއްނޯންނާނެ