ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވެއްޖެއެވެ.

މިރޭ ހިނގި މި ހާދިސާގައި މަރުވީ ބަންގްލަދޭޝަގެ ރައްޔިތެކެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޒަހަމްވެގެން އެ މީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ. މި ހާދިސާގަައި މަރުވީ 44 އަހަރުގެ ފިިރިހެނެކެވެ.

އެ މީހާގެ ބޮލަށް ވަރަށް ބޮޑެތި ޒަހަމްތަކެއްވެފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެ ކޮންސްޓްރަކްޝަން ސައިޓްއަކުން މަސައްކަތް ކުރަމުންދަނިކޮށް އެ އިމާރާތުގެ ފަސްވަނަ ފަންގިފިލާއިން ގަލެއް ވެއްޓި ޖެހުމުން މީހަކު މަރުވިކަމުގެ ރިޕޯޓް މިރޭ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގީ މިރޭ 19:50 ހާއިރުއެވެ.

ދާދިފަހުން މާލޭގެ އިމާރާތަކުން ވެެއްޓުނު ސިމެންތި ބަސްތާއެއް ޖެހިގެން އުމުރުން ހަ އަހަރުގެ ކުއްޖަކު ވަނީ މަރުވެފައެވެ. އެ ހާދިސާގައިވެސް މަރުވި ކުއްޖާއަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ ކުއްޖެކެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ނިޔަނެތި

    ހާދަ ދެރައޭ. ސޭފްޓީއަށް ނުބަލާ މަސައްކަތް ކުރުމުން ދިމާވާ ހިތާމަވެރިކަން. ދެން ބުނަންވީތަ ބަންގްލަދޭޝް މީހުން ރާއްޖެ އެތެރެވަން ޖެހޭނީ ހެލްމެޓާ އެކުއޭ. އެމީހުން އަބަދު ތިބެން ޖެހޭނީ ހެލްމެޓްގައޭ. ހުރިހާ ކަމެއް ހައްލުވާނެއޭ

    50
    2
  2. ކިނބޫ

    ސުންޕާ ވެރިކަމެއް އައި ފަހުން މުސީބާތްތައް ފުލުފުލުން މިހިރަ ދަނީ ދިމާވަމުން. ކަލޭނޭ ހޭއަރާކަށް ނުވޭތަ؟

    98
    43
    • ކިނބޫ

      ސުންޕާ ވެރިކަމެއް އައި ފަހުން މުސީބާތްތައް ފުލުފުލުން މިހިރަ ދަނީ ދިމާވަމުން. ކަލޭނޭ ހޭއަރާކަށް ނުވޭތަ؟ ހޫމްމްމްމްމްމްމްމްމްމްމް

      18
      6
  3. ޢަލީ

    ހުޅުމާލެއަކީ މާލޭ ސަރަހައްދުގައި އެއްވެސް ރައްކާތެރިކަމެއް ނެތި މަސަކކަތް ކުރާ ސައިޓްތައް އެންމެގިނައިން ހުރި ރަަށް. މާލޭގައި ސިމެންތި ބަސްތާއެއް ވެއްޓި ކުއްޖަކު މަރުވުމާގުޅިގެން އަޅުގަޑު އެޗްޑީސީ އަށް ގުޅައި ހުޅުމާލޭގައި އިމާރާތަކުން ފޭބި ސިމެންތިގާތަކުން ހަނިގޮތަކަށް އަޅުގަޑު ސަލާމަތްވި ވާހަކައާއި، ގްރައުންޑްފްލޯ ފިހާރައަކަށް ހެދޭވަރު ހަމަވުމާއެކު މަތި ނުނިމެނީސް އިމާރާތް ބޭނުންކުރުމުގެ ހުއްދަ ޢެޗްޑީސީން ދޭއިރު ފިހާރައަށް ވަންނަ މީހުންގެ ބޮލަށް އެއްޗެހި ނުފައިބާގޮތަށް ހަދާފައި ހުރިތޯވެސް ނުބަލާވާހަކަ ދެންނެވިން. ނުރައްކާތެރި އެތައް ހާދިސާއެއް ހިގާކަމުގައި އަޅުގަޑަށް ދިމާވި ހާދިސާ ގެ އަލީގައި ދެންނެވިން. ވިދާޅުވީ ކަމާބެހޭ ބޭފުޅުންނަށް ދަންނަވާނަމޭ. ވީކަމެއް ހަރާމް. 19 ފޫޓުގެ ދަގަނޑާއި ޕްލައިވުޑް ފިލައާއި، ތަނބުތަކުގެ ފްރޭމްގަނޑުގަނޑާއި، ސިމެންތި ބަސްތާތަކާއި، އެޅިގަލާއި މިފަދަ އެންމެހާއެއްޗެއް ވާޖަހާފައި އެހެރަ ނަގަނީ. ކުޑަމިނުން ސޭފްޓީ ދާކޮޅެއްވެސް ނުހުރޭ ޖަހާފަ.

    22
  4. Anonymous

    އެމީހާގެ އާއިލާއާ ދުރުގަ ހުއްތާ މަރުގެ ހަބަރު ލިބުނީމަ އެމީހުން ކުރާނެ ހިތާމަ.... ?

    23
  5. ޞލހ

    ކުރިން މިފަދަ ކަމެއް ހިނގައިފިނަމަ، ކަމާ ޖެހުނީއެވެ. ހަޅޭއްލަވާ މުޒާހަރާކޮށް މަގުތައް ހަލަބޮލި ކޮށް ވެރިންނަށް ނުކިޔާކަށް ހަޑިހުތުރު އެއްޗެއް ނޯވެއެވެ. އެކަމުގަ ކުރީ ސަފުތިބީ ކޮންބައެއްކަން ކިޔާދޭކަށް ނުޖެހޭނެއެވެ. މިއަދު އެ މީހުން ނޫޅެނީތޯ ސުވާލު ކުރާނެ މީހަކުވެސް ނެތް ކަހަލައެވެ.

    30
    1
  6. ރަންނަމާރި

    އެމްޑީޕީ ބައިގަނޑު މިހާރު ނުކިޔާނެ ނުބައި ވެރިޔަކު ހުރީމައޭ މަރު ގިނަ އީ. ޔާމީން ވެރިކަމުގަހުރި އިރަށްވުރެ މިހާރު ކުއްލިމަރުވެސް ގިނަ. ހައްހައްހައް. މިހާރު ވިސްނޭނެ ވެރިކަމުގެ ސަބަބުން ނޫންކަން މަރު ގިނައީ

    26
    4
  7. ސލ

    ވެރިކަމުގެ ތެރޭގައި ކިބުރުވެރިކަމާއި ބޮޑާކަމާއި
    ވާދަވެރިން ނައްތާލުމުގެ ރޭވުން ގެންގުޅުމަކީ ގައުމަށް މުސީބާތް ކުރިމަތިވާނެ ކަންކަމެވެ

    17
    1
  8. ނިމާލް

    ވޯޓުން ވައްކަންކޮށްގެން ވެރިކަމަށްއަރާހުރި ބީތާއަށް އެއްޗެއް ވިސްނޭކަށް އަދިވެސް ނުވޭހެއްޔެވެ؟ ޤަވްމު ނާމާންވެ ކުއްލިމަރުތައްގިނަވެ ވައްކަމާ ފޭރުމާ ޓެކުން ގިނަވެ ، ނުރައްކަތެރި ޙާދިސާތައް އިތުރުވެ ، މަސްތުވަތަކެއްޗާ އެކިކަހަލަ ޑްރަގު ޢާއްމުވެ މިހުރީކީ ދިވެހިން މިހާތަނަށް ދުށްކަންތައްތަކެއްނޫނެވެ. މި ހިނގަނީކީ ކުދިކުދި ކަންތައްތަކެއް ނޫނެވެ.

    22
    4
  9. ތެދު

    ޥެރިކަމުގެ މައްސަލަ ކަމުގައި ކޮންމެ ކަމެއް ވާނެ. ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ކިތަންމެ ވަރަކަށް ވެސް ބޭއްވޭނެ އެކަމު ހަމަ އަޅާ މީހުން އަޅާ.

    3
    6
  10. ޓިނު ބިންތި އަދުރޭ

    ޙީވާ ކަހަލަ މިއީ މިވެރިކަމުގެ ވައުދެކޭވެސް....ކޮންމެ ދުވަހަކު މީހަކު މަރުވުން

    18
    5
  11. ޒާ

    ކޮބާ މިފަހަރު އެލާޓަށް ނުގެނޭތޯ މުޅިސަރުކާރު؟ ސިޓީ ކައުންސިލާއި މިނިސްޓަރީތައް ގުޅިގެން ކުއްލި ބައްދަލުވުން ބާއްވައި އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓުވާލައި ލައިސަންސްތައް ކެންސަލް ނުކުރޭތަ؟ ކާކު ޒިންމާނަގަނީ؟ މީ ޔާމީނުގެ ވެރިކަމުގައި ހިނގާކަންކަންނަމް ހުރީސް ރީނދޫ ބައިގަނޑު ފޯރިއެއް ދައްކާފައި. އަދާލަތުގެ ދުނިޔޭގެ އެދުމާއިގެން ފޯވި ސޭކު މުރާނު ކޮބައިތަ؟

    21
    1
  12. އާދޭސް

    އެއީ ކޮން ސައިޓެއްކަން ސާފުކޮށް އެސައިޓްގެ ނަމާ އެކުގައި ޚަބަރުގައި ޖަހާލަބަލަ. ނޫނީ އެކަން އެނގޭ އެހެން މީހުން ކޮމެންޓްގައި ނަމަވެސް ޖަހާލަބަލަ

    14
    1
  13. ނަފާ

    ރައީސް ޔާމީނު ބޮލައްކަޑާލާ. ނިމުނީނުން.

    23
  14. Anonymous

    ކައުންސިލް އިދާރާގެ ޒިންމާ ކޮބާ ބޮޑުދިދަ ހިފައިގެން ހިނގީމާ ނިމުނީ ދެންދޭ ޖަޒީރާއޭ ކިޔައިފައި މަގުތައް ދުއްވާ އެއްޗިއްސަށް ބަންދު ކުރަން. ނިމުނީ

    18
    2
  15. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކޮބާހޭ ހެދި ގަވާއިދުތައް.. ގައިމު ބުނި މިހާރު ހުރިހާއެންމެންވެސް މަސައްކަތްކުރަނީ ގަވާއިދުންނޭ.. ކޯއްޗަކަށްމިވީ.. މިއޮތީވާ ވެރިކަމެއް.. ގައުމަށް ބަލާވެރިކަމެއް.. ރައްޔިތުން މުޅިން ބިރުވެރިކަމެއްގަ.. މިއޮތީ ޖަޒީރާވަންތަވެފަ.. ދެންތިބޭ އަތްޖަހަން.. މާދަމާ މިކަމާ މިނިސްޓްރީއާ ރައީސުމީހާ މޮޅުއަގައެއް ތަޅާނެ އަނެއްކާވެސް.. އަނެއްދުވަހު އަނެއްމަރު..

    26
    1
  16. އުމަރު

    ދަންވަރު 12 ޖެހީމަ މަސައްކަތް ކުރާގޮތައް ސަރުކާރުން ކަޑައެޅީމަ ހުރިހާކަމެއް ވެސް ހައްލުވާނެ.

    4
    1
  17. ސޫދު

    ބައްލަވާ މިއީ ވެސް ރ. ޔާމީން ގެ ކަމެއްތޯ؟ ވަރަށް ރަނގަޅަށް ކަންތައް ކޮށްދޭނަމޭ ކިޔައިގެން ދޮގު ވައުދު ކޮށްގެން ވެރިކަމަށް އައިސް ވެރިން ފިނި ކޮޓަރީގައި. ރައްޔިތުންނަށް ރައްކާތެރި ކަމެއް ނެތް. ރާއްޖެ އަންނަ މެހްމާނުންނަށް ވެސް ރައްކާ ތެރި ކަމެއް ނެތް. މިއީ ކިހާ ބޮޑު މުސީބާތެއް. ވެރިކަމަށް އެރި ދުވަހު އިސްލާމީ މަރުކަޒުގައި ނަމާދު ކޮށް ސަޖިދަ ކޮށްކޮށް ތިބި ތަން ސުންނާފަތި ކޮށްލީ އެއަށް ވުރެ ރަނގަޅު ގޮތެއް ހޯދަންތޯ. ވިސްނާ ބަޔަކަށް، އިބްރަތެއް ލިބޭނީ ވެސް. އިބޫ މިވަރަކުން ނުވާނެ ކެތެއް.

    8
    1
  18. އެންޒި

    ނެގެޓިވް ކޮމެންޓު ކޮއްފަ މިތިބެނީ ގަމާރުންތަ!! ބަލަ ކިތަންމެ ގަވާއިދު ތަކެއް ހަދާފަ ހުއްޓަސް އެޔަކައް ބަޔަކު އަމަލު ނުކުރަންޗާ ސަރުކާރު ނޫނީ ޕޮލިސް އާ ބެހޭކަމެއްތަ! ކޮންމެ ސައިޓެއްގަ ޕޮލިހުން ބޭތިއްބޭތަ!!

    3
    1