މާލޭގައި އަލިކޭގެފާނު މަގުގައި ހިނގި ގްރޫޕް މާރާމާރީއެއްގައި ޒުވާނަކު ޒަހަމްކޮށްލައިފިއެެވެ.

މި މާރާމާރީ ހިނގާފައި ވަނީ މިރޭ 12:45 ހާާއިރުއެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، މިރޭ ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި 22 އަހަރުގެ ޒުވާނަކު ޒަހަމްކޮށްލާފައިވާ ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވިގޮތުގައި، މި މާރާމާރީގައި އެ ޒުވާނާގެ ބޮލުގެ ދެ ތަނެއް ދެ އިންޗިއަށް ފަޅައިގެން ގޮސްފައި ވެއެވެ. އަދި އޭނާއަށް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ.

އަދި މި މާރާމާރީ އާއި ގުޅިގެން ތިން ހައްުޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މައްސަލާގައި ވަޅިއެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮަސްފައެވެ.

އަދި ތޫނު ހަތިޔާރު ހިފައިގެން ގްރޫޕް މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތު ކުރެވޭ މީހުން ބޭނުން ކުރި ދެ ސައިކަލް ހުއްޓުވާ ޓޯވކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޯކާބެ

    ހާދަ ފިނޑިނޫހެކޭތީ މިހާތަނަކަށް ނެތް ތިޔަގުރޫޕް މާރާމާރީން ބަޔަކު ހޯދާ އަދަބެއް ދީފައެއް ކޮބާ ރިލްވާން ކޮބާ އަފްރާޝީމްގެ މަސްއަލަ މީޑުޕްލިކޭޓް ކުރަނީކީނޫން ހަގީގައް ބުނެދެވޭތޯބަލަނީ ކިތަންމެ ވަރެއް ދަށްކާލިޔަސް މަރުނުވެ ސަލާމަތެއްނުވާނެ ގިޔާމަތްދުވަހަކުން ތީތިމަންނައެއްނޫނޭ ވަރށްވައްތަރޭ ކިޔާބަހަނާ އެއްނުދެއްކޭނެ

    3
    4
  2. ސިމް

    ޖަޒީރާ ވަންތަކަން އެބަފެނޭ

    12
    2
  3. ޒާ

    ހުރިހާ ގޭންގުތައް ހިންގަނީ ސިޔާސީ ވެރިން. އެކަމަށް ފަންޑުކުރަނީ ރާއްޖޭގައި ފައި ހަރުކޮށްގެން ތިބި ބަންގާޅު ޑީލަރުން.

    8
    1
  4. ފުއާދު

    ކޮބާ މަހުލޫފު މިގުރޫޕް ޢައި ބައްދަލް ކުރަން ފެނޭ..

    10