އަންނަ މާޗް މަހުގެ 01 ވަނަ ދުވަހުން ފެށިގެން ޔުނިފޯމް ގައި ދަތުރުކުރާ ކުދިންނަށް ދަތުރު ކުރެވޭނީ "ސްޓުޑެންޓް ދަތުރު ކާޑް" ބޭނުންކޮށްގެން ކަމުގައި އެމްޓީސީސީ އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީ އިން މިއަދު ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ 1 ފެބްރުއަރީ 2019 އިން ފެށިގެން އެމްޓީސީސީ އިން މާލެއާއި ވިލިމާލެ ދެމުންދާ ފެރީގެ ހިދުމަތަށް ދަތުރު ކާޑު ވަނީ ތައާރަފް ކުރެވިފައެވެ.

ވިލިމާލޭއިން މާލެއަށް ނުވަތަ މާލެއިން ވިލިމާލެ އަށް (ކިންޑަރގާޓެންއިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް) ކިޔަވަންދާ ސްކޫލް ކުދިނަށް ދަތުރު ކުރުމަށްޓަކައި ހާއްސަ "ސްޓުޑެންޓް ދަތުރު ކާޑު" ވަނީ ތައާރަފް ކޮށްފައި ކަމަށް ވެސް އެކުންފުނިން ވިދާޅުވިއެވެ.

މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން "ސްޓުޑެންޓް ދަތުރު ކާޑު" ހެއްދުމަށް އެމްޓީސީސީ އިން އެދެއެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 3001463، 3001462 ނުވަތަ 3001468 އަށް ގުޅުއްވުމަށް އެމްޓީސީސީ އިން އެދެއެވެ.

ވިލިމާލޭ ފެރީ ދަތުރުތައް ކުރަން އެމްޓީސީސީ އިން ކާޑު ތައާރަފް ކުރިއިރު ހުޅުމާލެ އާއި މާލެގެ ފެރީ ދަތުރުތަކުގައި ކާޑު ބޭނުން ކުރެވޭ ގޮތް އެމްޓީސީސީ އިން ހެދިތާ މިހާރު ފަސް އަހަރު ވެއްޖެއެވެ. މިހާރު މާލެ އާއި ހުޅުމާލޭގެ ބަސްތަކުގައި ވެސް ކާޑު ބޭނުން ކޮށްގެން ފައިސާ ދެއްކެއެވެ. ބަސް ދަތުރުތަކަށް ހާއްސަ ކާޑެއް އެމްޕީއެލް އިން ވަނީ ތައާރަފް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކަބީލާ

    މިހާރު އެ އުޅެނީ ކޮންމެ ދަތުރަކަށް ފައިސާ ކެނޑޭގޮތް ހަދައި، ސީޒަން ޓިކެޓް އުވައިލަން. ރައްޔިތުން އަތުން އިތުރު ފައިސާ ނަގަން. މާލެ، ހުޅުމާލެ އަދި ވިލިމާލެ އިން ބޮޑެތި ބިންތައް މޓސސ އަށް ހިލޭ ދީފައި ހުންނަތާ 17 އަހަރަށްވުރެ ގިނަދުވަސް ވެއްޖެ. އެއިން އެއްވެސް ތަނެއްގައި އާމްދަނީ ހޯދޭފަދަ ޢިމާރާތެއް ކަހަލަ ތަނެއް ނުހެދުނު ފެއިލްވެފައިވާ ކުންފުންޏެއްތީ. ދެން ހުޅުމާލެ ދަތުރުތައް ހުއްޓުނީމާ މަދުވާބައި ރައްޔިތުން އަތުން ދަމަން ފަށަނީ ކީއްވެ؟؟؟ އެހެންވީމާ ދައުލަތުން މޓސސ އަށް ހިލޭ ދީފައިވާ ބިންތަކުން ކުލި ނެގުމަށާއި، ވިލިމާލެއާ މާލެއާ ދެމެދު އަމިއްލަ ފަރާތްތަކުން ފެރީ އޮޕަރޭޓް ކުރުމުގެ ހުއްދަވެސް ދެއްވަންވީ. އަބަދު އަބަދު ހުޅުމާލެ ފެރީ ޓާރމިނަލް މަރާމާތު ކުރަނީ. ތަނުގެ މުއައްޒަފުން މި މަސައްކަތްކޮށް ލާރި ނަގާތޯ ސަރުކާރުން ބަލަންވީ. ކުންފުންޏަށް ފައިދާއެއް ނުވޭ. އެކަމު މުއައްޒަފުންގެ އަހަރީ ބޯނަސް އެތައް ހާހަކަށް އަރާ. ރައްޔިތުން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަން ފެނޭ.

    8
    1
  2. ސަމިލަ1245

    ފިތެންފެށީ ލާރި ހުސްވާންފެށީމަ ކުރާނެކަމެއް ނޭނގިގެން

    5
    1
  3. ދިވެހިމީހާ

    އެމްޓީސީސީން މިހާރު މަސައްކަތް ކުރަމުންދަނީ ވިލިމާލޭގައިދިރިއުޅޭ ނިކަމެތިރައްޔިތުން ފެލާ ހުސްކުރަން ރައްޔިތުންގެބިން ގަވާއިދާޙިލާފައް ކުލިނުދައްކާ ބޭނުނކުރަމުން އެގެންދަނީ ފެރީޓަާރމިނަލްގަ މީހުން އިށީދެތިބޭތަންވެސް އަބަދުމަރާމާތުކުރުން އޮންނަނީ މުޅިތަންއޮންނަނީ އެއްކޮށްބައްދާފަ ހޫނުގަދަކަމުން ކެއްނުކުރެވޭ އަދި ބައެއް މުވައްޒަފުންނަކީ ވަރައްބޮޑާކިބުރުވެރިބައެއް އަޅުގަނޑު ސަރުކާރައްގޮވާލަން ކުރީގަވެސްއިންގޮތަށް ލުއިފަސޭހަގޮތެއް ވިލިމާލޭގެރައްޔިތުންނައް ލިބޭނެގޮތެއް ހަމަޖައްސައިދިނުމައް

    9
    1
  4. ލަޓޯފަޓޯ

    ތިކަން ނުވަންޔާ ހުއްޓާލާ ވާވަރު މީހުން އެބައުޅެ މިގައުމުގަ

  5. ދަޔާ

    ޥިލިމާލޭގަ މީހުން ދިރިއުޅެން ފެށުމާގުޅިގެން ސްކޫލް ކުދިންނަށް ފެރީ ދަތުރު ކުރުމަށް ކާޑުހަދައި ދޭން ފެށި އެއިރު ކާޑު ހަދައިދެނީ އެޑިއުކޭޝަނުން ޑީޢެންއާރއާގުޅައި ގެން ތިޔައީ އަލަށް ތައާރަފްވި ކަމެއް ނޫން އަދި ހުޅުމާލެ ވިލި މާލޭގަ އުޅޭ ސަރުކާރުގެ މުވައް ޒަފުންނަށްވެސް ވަނީ އެއިރުވެސް ކާޑު ހަދައިދީފަ

  6. މުހައްމަދު

    ޢެމްޓީސީސީގެ ނިންމުމަށް މަރުހަބާ. ވާނުވާ ނޭންގޭމީހުން ފާޑުފާޑުގެ ވާހަކަ ލިޔާނެ، އަދިކިރިޔާ ދަތުރުތަކުގެ ހަމަ އަގު ނެގޭނެ ސިސްޓަމެއް ގާއިމް ތިކުރެވުނީ. މީގެ ކުރިން ތިބުނާ ސީސަން ޓިކެޓް ހައްދާގެން ދަތުރު ކުރެވުނީ ހިލޭކަންވެސް ނޭންގުނީތީވެސް ހިތާމަ ކުރަން

    1
    4
  7. ބަލާ

    މުހައްމަދު ކަލޭހާ އެންމެން ފޯރުންތެރި އެއްނޫން

  8. ކުކުޅު

    ވިލިމާލޭގަ އުޅޭ މީހުނަށް ދޯންޏެއް ކުއްޔަށް ހިފައިގެންވެސް ޖެހިގެން އޮންނަ ރަށަށް ދަތުރުކުރެވިދާނެއެއްނު، ކޮން ކާޑެއްތަ. މިއަތޮޅުގަ ވިހަން ކައިރިވެފަ ހުންނަ މާބަނޑުމީހުން ޑޮކްޓަރަށް ދައްކަން ދަނީވެސް އެގޮތަށް. ހަމަ އެއްގައުމެއް، ކޮންމެހެން ނުޖެހޭ ކ.ވިލިނގިލީ މީހުނަށް ދައުލަތުން ހިލޭ ދަތުރު ހަމަޖައްސަދޭކަށް.