މިއަހަރު ރަށްރަށުގައި ޖަމާއަތުގެ ފައިދާއަށް ޚާއްޞަކޮށްގެން ހިންގާ މަޝްރޫޢުތަކަށް މާލީ އެހީއަށް އެދި ޕްރޮޕޯޒަަލް ހުށައެޅުމުގެ ފުރުޞަތު ހޯމް މިނިސްޓްރީން ހުޅުވަލައިފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކައުންސިލްތަކަށް އެހީދެއްވާނީ ޖަމާއަތުގެ ފައިދާއަށްޓަކައި ރަށު ކައުންސިލް އިދާރާތަކުގެ ޙިއްޞާ އޮންނަ ގޮތަށް ހިންގާ ތަރައްޤީޤެ މަޝްރޫޢުތަކަށް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީން ވިދާޅުވީ މިމަޝްރޫޢުގެ ދަށުން ކޮންމެ ރަށު ކައުންސިލަކަށް ވެސް އެދޭވޭނީ އަހަރަކު އެއް މަޝްރޫޢުއަށް އެހީ ހޯދުމަށެވެ. އެގޮތުން ހުށައަޅުއްވާ މަޝްރޫޢުތަކަށް 300000 (ތިންލައްކަ ރުފިޔާ) އާ ހަމައަށް އެހީދެއްވަން ނިސްޓްރީން ވަނީ ނިންމަވާފައި ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

ކައުންސިލްތަކުން އެހީއަށް އެދި ޕްރޮޕޯޒަަލް ހުށައެޅޭނެ މަޝްރޫޢުތަކުގެ ތެރޭގައި ގަބުރުސްތާން ވަށައިފާރު ރޭނުން، މަގުބައްތި ޖެހުން، ނެރުބައްތި ޖެހުން، ހިނަވާގެ ބިނާކޮށްދިނުން އަދި ޕޭ ޓޮއިލެޓާއި ފެރީ ގިމަތަ ހެދުން ފަދަ ކަންކަން ހިމެނެއެވެ.

މަޝްރޫޢުތަކަށް އެދި ޕްރޮޖެކްޓް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު މިއަހަރުގެ އޭޕްރީލް 14 ވަނަ ދުވަހުގެ 12:00 އާ ހަމައަށް ވަނީ ހުޅުވާލައްވާފައެވެ.

ހުށައަޅުއްވާ ޕްރޕޯޯޒަލްތަކަށް މާކްސް ދެއްވުމުގައި އެންމެ ބޮޑަށް ބައްލަވާނީ މަޝްރޫޢުގެ ބޭނުމާއި، މަޤްޞަދު އަދި މަޝްރޫޢުން ހާޞިލް ކުރެވޭނެ ނަތީޖާއަށެވެ. އަދި މަޝްރޫޢު ނިމުމަށްފަހު ބަލަހައްޓާނެ ގޮތާއި، ރަށު ކައުންސިލް އިދާރާގެ ޙިއްޞާ އޮންނާނެ މިންވަރާއި، ރައްޔިތުންނަށާއި، ރަށުގެ ތަރައްޤީއަށް މަޝްރޫޢުގެ ބޭނުންތެރިކަން ހުރި މިންވަރަށްވެސް މާކްސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މަޝްރޫއުތަކަށް މާލީ އެހީތެރިކަން ދެއްވާނީ މިކަންކަމަށް ބެއްލެވުމަށްފަހު އެންމެ ރަނގަޅު މާރކްސް ހޯދާ ޕްރޮޕޯޒަލްތަކަށެވެ.

މަޝްރޫޢުތަކަށް ފައިސާ ދިނުމުގެ އުޞޫލާއި ޕްރޮޕޯޒަލް ތައްޔާރުކުރާނެ ގޮތުގެ ގައިޑްލައިން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން މިހާރު ވާނީ ރަށު ކައުންސިލްތަކަށް ފޮނުވާފައި ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖ މާން

    ތިން ލައްކަ ރުފިޔާ އިން ކޮންކަމެއް ކުރެވޭ ނީ ،
    ހުރިހާ ކައުން ސިލަރުން ދެން އަތް ޖަހާ.

  2. މުދިމްކަލޭގެ

    ކައުންސިލްމަނުންގެ ގޮތުގައި ހޮވިފައި އެތިބެނީ ގުންޑާއިން. ތިކަހަލަ ކަންކަމެއް އެމީހުންނަކަށް ނުކުރެވޭނެ. ތިޔައީ މަމެންގެ ފައިސާ. ތިޔައިގެތެރެއިން ގިނަމީހުން އުޅެނީ ރަސްމީގަޑިގަ އަމިއްލަ ކަންކަމުގަ. ނޫނީ އެވެރިންގެ ޕާޓީ ގެ ކަންކަމުގަ.ރައްޔިތުން ނަކީ ޕާޓީ މީހުން. ކަތީބު ސިސްޓަމް ތިޔައްވުރެ މާ ރަގަޅު.

  3. ހުސޭނުބޭ

    މަނިކުފާނަށްވެސް އެެމްޕީއާރުސީން ފަންނަމަސް ލެއްވީންތޯއެވެ! ބާކީ ތިބި މީހުންގެ ރިޕޯޓް ނުނެރި ލަސްވަނީ ކިހިނެއްވެގެންތޯއެވެ! ލަދުން އެ ރިޕޯޓްގަނޑުވެސް ނެރެން ނުކެރުނީތޯއެވެ!

  4. އަހުމަދު

    އިއްޒަތްތެރި ހޯމް މިނިސްޓަރ އަށް ދިވެހި ދިދަ ބޭނުންހާ ގޮތަކަށް ބޭނުން ކުރެވޭ ގޮތަށް ދިދަ އާއި ބެހޭ ގަވައިދު އުވާލިކަން އެއީ ދިވެހި ގައުމަށް ދެވެނު ވަރަށް ބޮޑު ގެއްލުމެއް ދިވެހި ދިދަޔަށް ވުރެ އުހަށް މޮޅަށް ޕާޓީ ތަކުގެ ދިދަ އުފުލަން ކުރި ކަމެއް އަދި ކޮން ގައުމެއްގައިތޯ އެގައުމެއްގެ ދިދަޔަށް ވުރެ ހުރުމަތް އެހެން ދިދަ ތަކަށް ދެވެނީ . ދާދި ފަހުން ޕާކިސްތާނުގެ ކޯޓަކުން އަމުރު ކުރި އެގައުމުގެ އެއްވެސް ސިޔާސީ ހަރަކާތެއްގައި ގައުމުގެ ދިދަ ބޭނުން ކޮށްގެން ނުވާނެކަން . ޕާޓީ ދިދަ ޕާޓީ ކަންކަމުގައި .. ބޭނުން ކުރެވޭނެ ކަމަށް .. ދިވެހި ދިޔަށް މިވަރު ގެ ގެއްލުމެއް މިދިނީ އެހެން ގަައުމެއްގެ ދިދަ އުފުލަންތޯ

  5. ޔޫސުފް

    ތިއީވެސް ރައީސް ޔާމީނު ދެއްވަން ފެއްޓެވި އެއްޗެއް

    2
    1
  6. ބޮލި މުލައް

    ސުރުހީގައިވަނީ ކަނޑައެޅިގެން ދޮގު މައުލޫމާތެއް، ކުރީ ސަރުކާރުގަވެސް އޮވޭ ކައުންސިލްތަކާ މަދަނީ ޖަމުޢިއްޔާތަކަށް ހޯމް މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހަޅައިގެން އިޖުތިމާޢީ ކަންކަމަށް ފައިސާ ހޯދޭގޮތް.
    މިސަރުކާރުން އޮތީ ފުރުސަތު ހަނިކޮށް ކޮންމެ ކައުންސިލަށް 1 ޕްރޮޕޯސަލް ހުށަހެޅޭގޮތަށް ފައިސާވެސް ދެނީ ވިން ވެއްޖެއްޔާ.