މާލެ ދަތުރުކުރަމުން ދަނިކޮށް ކަނޑުމަތިން މާބަނޑު އަންހެނެއްގެ ވޯޓާ ބޭގް ފަޅައިން ދިއުމުން، ފުލުހުންގެ އެހީތެރިކަމާއެކު މާލެ ގެނެސްފި އެވެ.

ށ.އަތޮޅުން މާލެ އައުމަށް ދަތުރު ކުރަމުން ދިޔަ ފުރާގު ނަމަކަށް ކިޔާ ބޯޓަކުން މި އަންހެން މީހާ ފުލުހުންގެ އެހީތެރިކަމުގައި މާލެ ގެނެސްފައިވަނީ ރޭ ތިނެއްޖަހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފެންދުލި ފަޅައިގެން ދިޔަ މާބަނޑު މީހާގެ ހާލު ރަނގަޅެވެ.

ފެންދުލި ފަޅައިގެން އަވަހަށް ސިއްހީ އެހީތެރިއެއްގެ ކައިރިއަށް ނުދެވިއްޖެނަމަ ނުރައްކާތެރި ހާލަތެއް ދިމާވުމުގެ ފުރުސަތު އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު