ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށްފި ނަމަ، އޭގެ ސަބަބުން ސަރުކާރަށް ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެ ކަމަށް ޕީޕީއެމްއާއި ޕީއެންސީ ނިސްބަތްވާ ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

މިއަދު ޕީޕީއެމް އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ޔާމީން ހައްޔަރު ކުރަން ކޯޓަށް ގެންދެވުނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމަނިކުފާނު ތާއީދު ކުރާ ކެންޑިޑޭޓުން ކައިރިއަށް ކެންޕެއިން ކުރައްވަން ގޮސްފާނެތީ ކުރަމުންދާ ކަމެއް ކަމަށެވެ.

"މި ސަރުކާރަށް ވަރަށް ރަގަޅަށް އެގޭނެ ރާއްޖޭގައި މިވަގުތު އެންމެ ތާއީދު ބޮޑު ބޭފުޅަކީ ރައީސް ޔާމީން ކަން , އެމަނިކުފާ އެމަނިކުފާނުގެ ކެންޑިޑޭޓުން ހޮއްވަވަން ރާއްޖެ ތެރެއަށް ދަތުރު ކުރައްވަން ފައްޓަވާފިޔާ ރައްޔިތުންގެ ސާފު މެޖޯރިޓީ މަޖިލިސް އިންތިގާބުގައި މި ކޯލިޝަން އަށް ލިބޭނެ ކަން ސަރުކާރަށް ވަރަށް ރަގަޅަށް އެނގޭ " އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ޕީޕީއެމް އާއި ޕީއެންސީ އަށް މެޖޯރިޓީ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތެއް ކުރަން ކަމަށެވެ. "ރައްޔިތުން ތިބީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ވަރަށް ބޮޑަށް ވިސްނައިގެން މި ސަރުކާރު ހުއްވާ ކުރި އިރުސުރެން ފަށައިގެން ކުރެވުނު އެއްވެސް ކަމެއް ނެތް , ރައީސް ޔާމީން ހައްޔަރު ކޮށްފިޔާ ސަރުކާރަށް ލިބޭ ފައިދާ އަށް ވުރެން ލިބޭ ގެއްލުން ބޮޑުވާނެ " އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޟިލް

    އަނގަ ބޮޑަށް ހުޅުވޭނީ.. ހެހެހެހެ.

    14
    11
  2. Anonymous

    ވައްކަންކުރާނެމީހަކުނެތުންތޯއެއީ ؟

    16
    10
  3. ޖާން

    ވަގުން ހައްޔަރުކުރީމާ ރައްޔިތުންނަށްވާނީ ފައިދާ. ކަލޭމެން ތިޔަތިބެނީ 4 ފަރާތަށް ސެކިއުރިޓީން ލައިގެން ބޮޑެތި ކެމެރާތައް ގޭގަބަހައްޓައިގެން .
    މިހިދުން މިހިދައް ރައްޔިތުންގެ ފައިސާ ވަގަށްނެގި ރާއްޖޭގެ ފުރަތަމަ ރައީސް ހައްޔަރުކޮށް ޖަލަށް ލާންވީ.

    14
    13
  4. އަލްޖިބްރާ

    އާނ! ދައުލަތަށް ވަރަށް ގެއްލުންވާނެ 1.ސިޔާސީ އިދިކޮޅު މީހުން ހައްޔަރު ކުރާނެ މީހަކު ނުހުންނާނެ ! 2.ދަންވަރު ކޯޓުތަށް ހުޅުވައިގެން ޝަރީއަތެއް ނުހިންގޭނެ ! 3.ގުންޑާއިން އާލާ ނުކުރެވޭނެ ! ޒުވާނުން މެދު އުޑުގައި ފިޔަޖެހުން ހުއްޓޭނެ ! 4. މާރާމާރީ ގިނަ ނުކުރެވޭނެ ! 4. މިލިއަނުން ފައިސާ ކަޅާނުކުރެވޭނެ ! 5. ރައްޔިތުން އަތުން ފެލާނެ ގޮތެއް ނޯންނާނެ ! 5. ރާއްޖޭގެ ފަޅުތަކާއި ރައްތަށް ބޭރުމީހުނަށް ނުވިއްކޭނެ ! 6. ތަރައްޤީގެނަމުގައި ތަންތަން ތަޅާފަ އަލުން ސިމެންތިޖެހުން ހުއްޓޭނެ ! ސްޕްރީމް ކޯޓުގެ ފުރާޅު ނަގާނެ މީހަކުވެސް ނުހުންނާނެ !ހިތައް އެރި ކޮންމެ ވަގުތެއްގައި ކުއްލި ހާލަތު ގެންނާނެ މީހަކު ނުހުންނާނެ ! މިއީ ދައުލަތަށް ގެއްލުން ވާނެ ބައެއް ކަންތަށް ! ތިމީހާ ޖެހޭނީ ހިފާހައްޔަރު ކުރުމަށް ފަހު ހުކުމް ތަންފީޒު ކުރަން އުމުރަށް ޖަލަށް ލާން !

    3
    2
  5. ޖަމަލުފޮޑި

    ޓިނު އަދުރޭ ކައިރީގައި މަ ބުނެލަން ބޭނުންވަނީ ޔާމީނު ކައިރީގައި ބުނެލާށޭ، އަންނި އަށް ވާން ނޫޅޭށޭ. އަންނި ކޮޕީ ނުކުރާށޭ. ހެސްކިޔާފައި ވައްކަންކޮށް ޖަލަށްލީމާ މި އުޅެނީ އަންނި ހެދެން. ޢަންނި ޖަލަށްގެންދަން އުޅުނީމާ ރައްޔިތުން ނުކުމެ މުޒާހަރާ ކުރިޔަސް ވަގަކު ޖަލަށްގެންދާއިރު އެކަކުވެސް ނުހުންނާނެ.

    9
    12
  6. ބުރޯ

    ޔާމީނޫ ކައޭ ދެން ލަލަލާ. ޓިނުއައްދުރޭ ކައޭ ހީނުކުރާއްޗޭ ބަގާވާތަކުން މިސަރުކާރު ވައްޓާލެވިދާނެކަމަށް. ދެން ލާހިކެއްނޫން އެކަންކުރާކަށް.

    3
    6