ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާނެ ކަމަށް ޕީއެންސީއާއި ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިއްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއް ރަހީމް ވިދާޅުވީ، ޕިޕީއެމް އާއި ކޮންގްރެސް ޕާޓީގެ ފަރާތުން މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ހަފްތާގައި މަޖިލީހަށް ވައްދާނެ ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ ދެން ކުރާނެ ކަމަކީ ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިސް ތަޅުމަށް ވައްދާނަން، ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް މި ފައްޓަނީ. ދެން ނުތިބޭނަން އެހާ ފަސޭހަކޮށް. " އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މާރިޔާ ގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް އިރާދަކުރެއްވިޔާ ކުރިއަށް އޮތް ހަފްތާ ތެރޭ މައްސަލަތައް މަޖިލީހުގެ ތަޅުމަށް ހުށައަޅާނެ ކަމަށެވެ.

އިިންޑިއާ އިން ބޭނުން ނަމަ، ރާއްޖެ ހިފިދާނެ ކަމަށް މިނިސްޓަރ ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަނާ އަށް ވަނީ އަމާޒުވެފައެވެ. އިންޑިއާ އިން ބޭނުންވެގެން ރާއްޖެ ހިފަން އުޅޭނަމަ، އެކަން ހުއްޓުވަން ކުރާނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރަށް ފާޑުކިޔުން އަމާޒުވުމުން މަޢާފަށް އެދުމުގެ ބަދަލުގައި ޑިފެންސް މިނިސްޓްރީން ވަނީ މިނިސްޓަރުގެ ދިފާޢުގައި ދޮގު ހަދާފައެވެ. ޑިފެންސް މިނިސްޓްރީން ވިދާޅުވީ މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުގައި ދެއްވެކި ވާހަކަ ފަތުރަމުންދަނީ ޤައުމުގެ ސުލްހަމަސަލަސްކަން ގެއްލުވާލައި ސިޔާސީ މަންފާ ހޯދުމަށްކަމަށެވެ.

މިނިސްޓްރީން އެހެން ވިދާޅުވި ނަމަވެސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުވެ ވީޑިއޯ ވެސް އިންޑިއާގެ މީޑިއާ އިން އާއްމު ކޮށްފައިވެއެވެ. މިނިސްޓަރު ނުދައްކަވާ ވާހަކަފުޅެއް މީޑިއާގައި ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ޑިފެންސް މިނިސްޓަރ މަޖިލީހަށް ހާޒިރުކުރުމަށް ތައްޔާރު ވަމުންދާއިރު ހައުސިންގ މިނިސްޓަރ އައިމިނަތު އާޠިފާވެސް މަޖިލީހަށް ޙާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

އިންޑިޔާއިން ބޭނުން ނަމަ، ރާއްޖެ ހިފިދާނެ ކަމަށް މިނިސްޓަރ ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަނާ އަށް ވަނީ އަމާޒުވެފައެވެ. އިންޑިއާ އިން ބޭނުންވެގެން ރާއްޖެ ހިފަން އުޅޭނަމަ، އެކަން ހުއްޓުވަން ކުރާނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރަށް ފާޑުކިޔުން އަމާޒުވުމުން މަޢާފަށް އެދުމުގެ ބަދަލުގައި ޑިފެންސް މިނިސްޓްރީން ވަނީ މިނިސްޓަރުގެ ދިފާޢުގައި ދޮގު ހަދާފައެވެ. ޑިފެންސް މިނިސްޓްރީން ވިދާޅުވީ މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުގައި ދެއްވެކި ވާހަކަ ފަތުރަމުންދަނީ ޤައުމުގެ ސުލްހަމަސަލަސްކަން ގެއްލުވާލައި ސިޔާސީ މަންފާ ހޯދުމަށްކަމަށެވެ.

އިިންޑިއާ އިން ބޭނުން ނަމަ، ރާއްޖެ ހިފިދާނެ ކަމަށް މިނިސްޓަރ ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަނާ އަށް ވަނީ އަމާޒުވެފައެވެ. އިންޑިއާ އިން ބޭނުންވެގެން ރާއްޖެ ހިފަން އުޅޭނަމަ، އެކަން ހުއްޓުވަން ކުރާނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރަށް ފާޑުކިޔުން އަމާޒުވުމުން މަޢާފަށް އެދުމުގެ ބަދަލުގައި ޑިފެންސް މިނިސްޓްރީން ވަނީ މިނިސްޓަރުގެ ދިފާޢުގައި ދޮގު ހަދާފައެވެ. ޑިފެންސް މިނިސްޓްރީން ވިދާޅުވީ މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުގައި ދެއްވެކި ވާހަކަ ފަތުރަމުންދަނީ ޤައުމުގެ ސުލްހަމަސަލަސްކަން ގެއްލުވާލައި ސިޔާސީ މަންފާ ހޯދުމަށްކަމަށެވެ. މިނިސްޓްރީން އެހެން ވިދާޅުވި ނަމަވެސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުވެ ވީޑިއޯ ވެސް އިންޑިއާގެ މީޑިއާ އިން އާއްމު ކޮށްފައިވެއެވެ. މިނިސްޓަރު ނުދައްކަވާ ވާހަކަފުޅެއް މީޑިއާގައި ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ޑިފެންސް މިނިސްޓަރ މަޖިލީހަށް ހާޒިރުކުރުމަށް ތައްޔާރު ވަމުންދާއިރު ހައުސިންގ މިނިސްޓަރ އައިމިނަތު އާޠިފާވެސް މަޖިލީހަށް ޙާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނަފާ

    ތިކަންކުރަންލަސްވެށްޖެ އަވަސްކުރުންއެދެން

    54
    9
  2. ތަރައްގުއި

    ތަރައްގީ ޖަލަކަށް ނުލެވޭނެ އެކަމަކު ވަގުން ޖަލަށް ލެވޭނެ

    11
    37
    • Anonymous

      ވޯޓް ވަގުންނާ ލާދީނީ ވަގުން އަވަހަށް ބަންދުކުރޭށް

      13
      1
  3. ރަސީދު

    ސާބަސް

    21
    6
  4. ބުޝްރީ

    ލަދުންވެސް ބޯ ހަލާކު. ޑިޕްލޮމެޓިކް ވާހަކައެއް ކީއްކުރަން ރަނގަޅު އިނގިރޭސިން ވެސް ވާހަކަ އެއް ދައްކާ ކަށް ނޭގުނު ތަން ފެނުނީ. އެކަމަކު ބެރިސްޓަރ އެކޯ.

    35
    1
  5. މާމަ

    މާބޮޑައްލަސްވެއްޖެ މުޅި ގައުމު އިންޑިޔާއައް ވިއްކާ ހުސްކޮއްފި

    47
    3
  6. ރާއްޖެ

    މާރިޔާގެ އިތުބާރުނެތްކަމަށް ފާސް ކުރަން ތާއީދުކުރަމެވެ އެކަމަނާ އަކީ ދައުލަތުގެ މިނިސްޓަރެއްގެ މަގާމަށް އަދި ޚާއްސަކޮށް
    ޑިފެންސް މިނިސްޓރީގެ ވަޒީއެއް ހަވާލްކުރެވޭފަދަ
    އިތުބާރާއި ޔަގީންކަން އޮތް ބޭފުޅެއްނޫނެވެ.
    އެންމެރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވުމެވެ.

    50
    2
  7. މޯދީ

    ވަގުން ޖަލަށް ލަންޏާ އެންމެ ފުރަތަމަ ލާން ޖެހެނީ އެމްޑީޕީ ވަގުން. 2008 ވަނަ އަހަރު ވެރިކަމަށް އަރަަ މުޅި ޤައުމު ދަވާލާ އެއާޕޯޓާއި ،ރަށްތައް ވިއްކާފަ ހުރިހާ އެއްޗެހިތައް ރާއްޖެ ދޫކޮށް ބެޗީ. ތިޔަ މާރިއާ ޖެހެނީ އިންޑިއާ ދިދައިން ހެދުމެއް ލައްވާފަ ތަޅާ ޤައުމަށް އެނބުރި ނާދެވެނެހެން ބޭރުކޮށްލަން.

    46
    2
  8. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    މިދެން ކާކުތަ މީހުންގެ އިހުތިރާމުދޭން.. މަޖިލީހުގަ ގާނޫނު ފައިދަށަށް ލައިގެން އުޅުނު އަގަލެއް ސަގަލެއް ނެތް އެއްޗެއްތީ..

    49
    2
  9. ހަނަފީ

    ތީ ރަނގަޅު ކަމެއް

    11
    1
  10. މުންމު

    الحمدلله ތީކުރަން މިހާރު މާބޮޑަށް ވެސް ލަސްވެފަ އޮތްކަމެއް. ﷲ ގެރަހުމަތުން އިތުބާރު ނެތް ކަމަށް ފާސްވާނެ. إن شاء الله

    18
    1