އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބެހެއްޓުމަށް މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ގާނޫނީ ޓީމުން ނިންމައިފިއެވެ.

"ވަގުތު"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުުރު އިސްތިއުނާފް ކުރުމުގެ ކަންކަން މިހާރުވެސް ދަނީ ކުރަމުންނެވެ. ގާނޫނީ ވަކީލުންގެ ފަރާތުން ވިދާޅުވެފައި ވަނީ އެމަނިކުފާނަކީ ރައީސް ކަމުގެ ދައުރު ފުރިހަމަ ކުރައްވާފައިވާ ފަރާތެއް ކަމަށާއި، ގަބޫލުކުރެވޭ ގޮތުގައި މިއަދު ހައްޔަރުކުރަން ހުކުމް ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

ވަކީލުންގެ ފަރާތުން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ފަރާތުން އެސްއޯއެފް އެކައުންޓުން ފައިސާ ޖަމާކޮށްފައި ވަނީ ހަމައެކަނި ރައީސް ޔާމީނަށް ނޫން ކަމަށާއި، ކުއްލިއަކަށް ރައީސް ޔާމީންގެ މައްސަލައިގައި އެގޮތަށް ހައްޔަރުކުރުމުން އެމަނިކުފާނަށް ލިބެން ޖެހޭ ހަމަހަމަކަން ގެއްލޭކަމަށް ގަބޫލުކުރާ ކަަމަށެވެ.

ދައުލަތުގެ ފަރާތުން ވަކާލާތު ކުރި އައިޝަތު މުހައްމަދު ވިދާޅުވީ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.

އެހެންވެ، ޔާމީން ހެއްކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ގަބޫލު ކުރެވޭތީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕީޖީގެ ވަކީލް ވަނީ އެދިވަޑައިގެންފަ އެވެ. އަދި އޭނާ އެދިވަޑައިގެންނެވި ގޮތަށް ގާޒީ އަހުމަދު ހައިލަމް ވަނީ ޔާމީން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރު ކުރައްވައިފަ އެވެ.

އެ އެދިލެއްވުމުގެ ދަށުން ފުލުހުންނާއި ކަރެކްޝަންސްއިން ވަނީ މިހާރު ޔާމީން ދޫނިދޫ ޖަލަށް ގެންދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލްޖިބްރާ

    ތިޔަޓީމުގެ ލަދުހަޔާތް ކުޑަކަމަށްޓަކާ އައްސަރިބަހާ ސާބަސް ! ޔާމީނު އެހެން މީހުން ހިފާ ހައްޔަރު ކުރީ އެމީހުންގެ ހުރިހާ ހައްޤަކަށް އަރައިގަނެފައެވެ. އެންމެ ތަންފުކެއްވެސް ދޫދީގެން ނުވާނެއެވެ. ހަމަ ހިފާ ހައްޔަރު ކޮށް ހުކުމް ކަޑަ އަޅާ ޖަލަށް ގަޅާލާށެވެ.

    6
    57
    • ގާޟީވަގު

      ގާޟީއަކު ވަގަށް ނަގައިގެން ދުނިޔޭގެ ހުރިހާ ގައުމަކުން ގާޟީ ދޫކުރަން ގޮވީމަވެސް އަޅާ ނުލާ ހުރި މީހާވެސް އެވަނީ ދޫކޮއްލާފަ

      43
      5
      • ާހަމަހަމަ

        ކެރަފާނަޝީދަށް އަޅުކަންކުރާމީހެއް މި އަލްޖިބްރާ ރުނޑި އަކީ. އެރުނޑިއަކަށް ނޭނގުނެއްނު ނަޝީދު ދައުލަތުން 4.7 ބިލިއަން ރުފިޔާ މަޅާލާ ދިރުވާލި ކަމެއް....؟

        15
        2
  2. ބަފާބެ

    އެކަކު ކަމެއްކުރީތީ އަނެކަކު ކުރަން ޖެހޭ ކަމަށްވަންޏާމު ދެން މިގައުމުގައި އިންނާނީ ބަގްލާދޭޝް ވައްތަރަށް އިންޑިޔާގެ ވެރިކަން!

  3. ޥ ސަލާމް

    މި ކިނބޫ ވައްޓާ ލާނަން. ބަލަންތިބޭ. މާދަމާ ބޮޑުހުޅު ވެސް ރޯކުރާނަން. ލައްކަ ވާހަކަމީ. ޢަދިބުނަން. ޙުކުމް އިއްވި ޤާޒީގެ ދުވަސް 7 ދު ވަސް ތެރޭ ނިމޭނެ. ޢިންޝާﷲ

    8
    1
  4. ހައިރާން

    ކީއްވެބާ ނުވިހާގޮތަށް ހެދުމަކީ ޒިނޭއަށް އޮތް ހައްލުކަމަށް ބުނެ ޒިނޭއަށް ހިތްވަރުދިން މީހާ ޖަލަށް ނުލާ އެހުންނަނީ!

    12
    1
  5. ދދދދދ

    ތި އައިޝަތު މުހައްމަދަކާ ހައިލަމަކާ ދެކެން ބޭނުން. ވަރަށް މަޝްހޫރު ވެލާހިތުން އުޅޭ ދެގޮލާހެން ހީވޭ.

    3
    1