ރ. އަތޮޅުގެ ފަޅުރަށެއް ކަމުގައިވާ ލުނބޯކަންދޫއަށް ދިޔަ ދޯންޏެއް ދިޔަވަރު ހިކުމުގެ ސަބަބުން ބީހިފައިވާތީ އެ ދޯނި ފުންކުރުމުގެ މަސައްކަތް ކުރުމަށް ފުލުހުން އެހީތެރިވެއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ، ދިޔަވަރު ހިކުމުގެ ސަބަބުން ބީހުނު އެ ދޯނީގައި ތިން ފިރިހެނުންނާއި ދެ އަންހެނަކު ތިބިކަމަށެވެ. އަދި ފުލުހުންގެ އެހީތެރިކަމާއެކު އެ ދެ އަންހެނުން އިނގުރައިދޫއަށް ލާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެ ދޯނި ފުން ކުރުމުގެ މަސައްކަތަށް އާއްމުންގެ 20 މީހަކު ފުލުހުންގެ ލޯންޗްގައި ފުލުހުންނާއެކު އެ ދޯނި ކައިރިއަށް މިހާރު ވަނީ ގޮސްފައެވެ.

އަދި ފުލުހުންނާއި އާއްމުންގެ އެހީގައި އެ ދޯނި ފުންކުރުމުގެ މަސައްކަތްދަނީ ކުރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒައިން

    ކީއްކުރަން އެރަށަޢް ދިޔަބައެއް ތަ

  2. Anonymous

    ކީއްކުރަން އެރަށަޢް ދިޔަބައެއް ތަ އެއީ އަނެކާ އެއީ …….