އެމަނިކުފާނަކީ ރިޝްވަތު ދީގެން ކަންކަން ކުރައްވާނެ ބޭފުޅެއް ނޫންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ކޯޓުގައި ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިގޮތަށް ވިދާޅުވީ އެމަނިކުފާނު މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލައާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވުމުގެ ގޮތުން ފައިސާގެ ބޮޑު އަދަދުތަކެއް ހުށަހަޅާފައިވާކަމަށް ބުނެ ޕީޖީގެ ފަރާތުން ހުށަހެޅި ލިޔުންތަކުގެ ދިފާއުގައި ވާހަކަދައްކަވަމުންނެވެ.

ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ، އެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ޔާމީން ވަނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ހެކިންނަށް ގިނަ އަދަދެއްގެ ފައިސާ ހުށަހަޅާފައިވާ ކަމަށެވެ.

ޕީޖީގެ ފަރާތުން އެކަން ފާހަނގަ ކުރުމުން ދިފާއުގައި ރައީސް ޔާމީން ވިދާޅުވީ، އެ މައްސަލައަކީ މަނީ ލޯންޑާކުރުމުގެ މައްސަލައަކަށްވާއިރު ހެކީގެ ގޮތުގައި ހުންނާނީ ބޭންކް ސްޓޭޓްމެންޓްތައް ކަމަށެވެ. އެ ސްޓޭޓްމެންޓްތަކަކީ ކޮމްޕިއުޓަރ ޖެނަރޭޓެޑް އެއްޗެއްސަށްވާއިރު އެ ބަދަލު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، މި މައްސަލަ ސާބިތު ކުރަން ހުށަހެޅީ ކޮން ހެކިންނެއްކަން އެނގިވަޑައިގެންފައި ނުވާއިރު، ރިޝްވަތު ދެއްވައިގެން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން އެއް މިލިއަން ޑޮލަރުގެ ޗެކެއް ޖަމާކުރި މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެކަން ކުރީ އެމަނިކުފާނަށް އެނގިގެން ނޫން ކަމަށެވެ. އެ ޗެކް ޖަމާވެފައިވާކަން އެނގުމުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ތަހުގީގަށް އެއްބާރުލުން ދެއްވި ކަމަށެވެ.

"އަޅުގަނޑުގެ އެކައުންޓުގައި ހުރީ އަޅުގަނޑަށް ނޭނގި މީހަކު ވެއްދި ފައިސާ. އެ ފައިސާއަކީ ހިޔާނާތުގެ ފައިސާތަކެއް ކަމެއް އެއްވެސް އިދާރާއަކުން ނުބުނޭ. އެސްއޯއެފްގެ ފައިސާތަކެއް އަޅުގަނޑުގެ އެކައުންޓަށް ވަނުމަކީ މައްސަލައެއް ނޫން." ރައީސް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް ޖަމާވި ފައިސާއަކީ ހިޔާނާތުގެ ފައިސާކަން ތަހުގީގީ އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައި ނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އެސްއޯއެފްގެ ފައިސާތަކެއް އެމަނިކުފާނުގެ އެކައުންޓަށް ވަނުމަކީ މައްސަލައެއް ނޫންކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އަދި އެ ފައިސާތައް އެކްސްރޯ އެކައުންޓެއްގައި ބެހެއްޓީ އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ކަނޑައެޅިއްޖެ ހާލަތެއްގައި ވެސް އަނބުރާ އެ ފައިސާ ނެގޭނެ ގޮތް ހެދުމަށް ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެކައުންޓަށް އެ ފައިސާ ވަނުމުގެ ކުރިން ވެސް ފައިސާ ހުންނާނެ އެކައުންޓުގައި. އެސްއޯއެފްގެ ފައިސާއަކީ ދައުލަތަށް ވަންނަންޖެހޭ ފައިސާއެއް ނޫން، ދައުލަތަށް ވަންނަން ޖެހެނީ އެމްއެމްޕީއާރްސީގެ ފައިސާ، އެހެންވެ އެސްއޯއެފްގެ ފައިސާތަކެއް އެކައުންޓަށް ވަނުމަކީ ކުށެއް ނޫން،" ޔާމީން ވިދާޅުވިއެވެ.

އިތުރަށް އެމަނިކުފާނު ވަނީ، އެމަނިކުފާނަކީ ރިޝްވަތު ދީގެން އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ އެ މައްސަލާގައި ތަހުގީގު ނިންމައި މިހާ ދުވަސް ވަންދެން ދައުވާނުކޮށް ބޭއްވި ސަބަބާމެދު ވެސް ސުވާލު އުފައްދަވާފަައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބަކުރުބެ

    ތެދުފުޅެއް، ރިސްވަތެއްނޫން، ފައިސާ ދޯ

    4
    15
  2. ކެޔޮޅު

    ލައްބަ، ރިޝްވަތު ދޭ ބޭފުޅެއްނޫން، ރިޝްވަތު ހިއްޕަވާ ބޭފުޅެއް.

    5
    24
  3. ާޔާމީން

    އަޅުގަނޑަކީ ވައްކަންކުރާ މީހެއް ރައްޔިތުންނައް ހަރާންކޯރުވާމީހެއް.

    4
    24
  4. ރައީސް އަލްފާޝިލް ފޮޓޯ ލޯގަނޑު

    ރިޕޯޓު ނެރުން "ލަސް ވިއޭ ކިޔާފަ" ކިނބޫ ލައްކަ ރުޅިގަދަ ވިއެއްނު. ފަރުދުންގެ މައްސަލަ ލަސްވިޔަސް ކިނބުލަށް ވަރިހަމަ.

    17
    4
  5. އަލްޖިބްރާ

    އަބިމީހާއެއީ އަބިމީހާކަން ދެނެހުރީމުތަ ؟ އަދިވެސް އަގަ ގަޅާތި !

  6. އަލްޖިބްރާ

    އަދުރޭ ، ނިހާނު ، މެން ކަހަލަ ކަލޭ ބޭނުންގޮތަށް ޤާނޫނު ބަދަލު ކުރި މީހުނަށް ދިނީ އަލިފާންތަ ؟ އާނ ! އެއީ އަލިފާން ! މިހާރު ރާކަނިމަސް ކެވިއްޖެ ނު ؟

  7. ސާގަރު

    155 މީހުން ޖަލަށްލާ ނޮޓްއޮންލީ ޔާމީން ކޮބާ މަހޭ.ގާސިމް އަދިވެސް......މީ ހަސަދަ

  8. ރިސްވަތު އައްޕަގަ

    ޝައްކު އުފެދޭ މުއާމަލާތް ތަކަކީ މައްސަލަ އެއް.