ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެކަމަށް ރިއާޔަތްކޮށް ހޯމް މިނިސްޓަރު ތަފާތު ޓްވީޓެއް ކުރައްވައިފިއެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވަނީ ހައްގު ގޮތުގައި ކުރަންޖެހޭ ކަމެއްކޮށް އަދި އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކީ އަނިޔާވެރި ވުމޭ ބުނެވޭނީ ކޮންފަދަ އަކުންތޯ ސުވާލު ކުރައްވާފައެވެ. އެފަދަ ގޮތަކަށް އިމްރާން ޓްވީޓް ކުރައްވާފައިވާ އިރު، އެ ކަމަކީ ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމާ ގުޅިގެން ކުރި ޓްވީޓެއް ކަމަށް ބެލެވެއެވެ. މީގެ ކުރިން އަނިޔާވެރިކަމުގެ ވާހަކަ އިންތިހާއަށް ދެއްކެވި އެއް ބޭފުޅަކީވެސް އިމްރާން ކަމަށްވާ އިރު، ރައީސް ޔާމީންގެ ހުކުމާ މެދު އަދި އެއްވެސް ބޭފުޅަކުން އެފަދަ މޭރުމަކުން ވާހަކަ ނުދައްކަވާކަންވެސް ފާހަގަކޮށްލެވެއެވެ.

ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ އިރު، ދައުލަތުގެ ވަކީލު އާއިޝަތު މުހައްމަދު ވިދާޅުވެފައި ވަނީ މަނީ ލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީން ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށާއި، ދައުލަތުން ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށް އެދުނީ އެހެންވެ ކަމަށެވެ.

ދައުލަތުގެ ފަރާތުން ވަކީލުން ވިދާޅުވެފައި ވަނީ ރައީސް ޔާމީން ހެކިންނަށް ފައިސާ ހުށަހަޅާފައިވާ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.

އެހެންވެ، ޔާމީން ހެއްކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ގަބޫލު ކުރެވޭތީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕީޖީގެ ވަކީލް ވަނީ އެދިވަޑައިގެންފަ އެވެ. އަދި އޭނާ އެދިވަޑައިގެންނެވި ގޮތަށް ގާޒީ އަހުމަދު ހައިލަމް ވަނީ ޔާމީން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރު ކުރައްވައިފައެވެ.

މި މައްސަލައިގައި ޕީޖީން ވަނީ ޔާމީން ބަންދު ކުރަން ޖެހޭ ސަބަބުތައް ހާމަކޮށް ލިޔުމެއް ވެސް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ޔާމީން ވަނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ހެކިންނަށް ގިނަ އަދަދެއްގެ ފައިސާ ހުށަހަޅާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ފަހަރި

    ފަހަރި ފިލުވާލީވެސް ހައްގު ގޮތުގައިތޯ.

    91
    8
  2. ހުސޭނުބޭ

    އިމްރާނާ! ކަލޭ ޙައްޤުގޮތުގައި ފިޔަވަޅު އަޅާނަމަ އަޅެ ކޮބައި އިސްލާމް ދީނާ ދެކޮޅަށް އުޅޭ މީހުންނާމެދު ފިޔަވަޅުއަޅާބަލަ! އެމްޕީއާރުސީގެ ލާރިތައް ކެއީ އިމްރާނުގެ ވަށައިގެން އެތިބަ މީހުން! އަޅެ ފިޔަވަޅުއަޅާބަލަ!އިމްރާނުގެ ބަހުން ސާބިތުވަނީ އިމްރާން ޖަލަށްލީ ހައްޤުގޮތުގައިކަން! ނިކުމެ ތިހުރީ ބާރާއި ނުފޫޒް ބޭނުންކޮށްގެންކަން!

    124
    3
  3. ނުރަބޯ

    ވެރިން ރައްޔިތުންނަށް އަނިޔާވެރިވާނަމަ އަޅުވެތިކަމަށް ގެނބިގެންދާނެ - ޢިމްރާނު ޢަބްދުﷲ.....؟؟؟؟ ރީނދޫ މީހުންކުރާ އެއްވެސް ކަމެއް އެއީ ކިތަންމެ ނުބައި ނުލަފާ ކަމަކަށްވިޔަސް ޢިމްރާނަށް އެއީ ހަމަ ރަނގަޅު ކަންކަން.

    58
    5
    • އަން

      ދެމީހަކު ދުޝްމަނުން ގޮތުގައި ހަނގުރާމަކޮށް އެކަކުގެ މައްޗައް ކުރި ހޯދާފިނަމަ މަރުވި މީހާއާ މަރާލެވުނު މީހާވެސް ދާނީ ނަރަކަޔަށް ކަން އެގެން އެބައޮތް

  4. މަސްވެރިޔާ

    އިމްރާނޫ ހަމަ ހައިލަމް އެއިރުވެސް މިހާރުވެސް. ވަޓް އިޒް ދިސް. އަންދާ ޤާނޫނު.. އެއިރުވެސް ބަންދުޖެހީ ހަމަ ކޯޓުން .. މިއަދުވެސް ހަމަ އެކޯޓުން. މިއީ އެންމެންބުނާ ވާހަކައަކީ... ކޯޓް މިނިވަންތޯއެވެ. ޕީޖީ މިނިވަންތޯއެވެ.

    66
    3
  5. ފާތުމަ.

    ކަލެއައްވެސް އެޅީ ހައްގުފިޔަވަޅު.އެކަމު އޭރުގަ އެއީ އަނިޔާ.

    80
    5
  6. ާަާަަައަސްލު

    ތިކަހަލަ މީހުންނައް ކިޔަނީ މުނާފިގުކަމޭ...ދީންކިޔަވާފަ ދީންއޮޅުވާލާ މީހާ ބުދައްއަޅުކަންކުރާމީހުންނައްތުރެކުރިން ނަރަކަޔައް އެއްލާލެވޭކަން އިނގޭތަ...ސުބުހަނަﷲ

    71
    3
  7. ކޮރަކަލި

    ފައިސާ ފެންނައިރު ހޭބަލިވަންޏާ ވާނީ ތިޔަހެން!

    49
    7
  8. ސިއްރު ހެއްކެއް

    ލާދީނަށް ތަބާވާ ޝޭޚުން ނަށް ވާގޮތް އަދި ފެންނާނެ

    50
    2
  9. ހިޔަނި

    ?

    9
    1
  10. ބެއްޔާ

    މިގައުމުގަ އަދުލު އިންސާފެއްނެތް. ރައްޔިތުންނަށް އަނިޔާވެރިވުން ހުއްޓާލާ. ވެރިން ރައްޔިތުންނަށް އަނިވެރިވުމަކީ ހެދޭނެ ގޯހެއް. އިމްރާން އަޑީގަހުރެގެން ހިންގާ ޖަރީމާއެއް. މިގައުމުގަ ރައީސް ޖަލަށްލާ އާދަ ހުއްޓާލަންވެއްޖެ. އިބޫވެސް ތައްޔާރުވޭ. މީ ހަމައެއް ލަމައެއް ނެތް ވެރިކަމެއް. އިބޫ އިސްތިއުފާ

    45
    1
  11. عبدالله

    ވެރިކަމުން ޖަލަށެވެ. ޖަލުން ވެރިކަމަށެވެ. ބުރައުފުލާނީ ރައްޔިތުންނެވެ. މިއީ ޓެކްސް ނަގަމުންދާ ގައުމެކެވެ. އަދި ނަގަމުންދާ ޓެކްސް އިތުރުކުރަމުންދާ ގައުމެކެވެ. 96000 މީހުންގެ ތާއީދު އޮންނަ ވެރިޔަކު ހައްޔަރުކޮށް ހައްޔަރުގައި ބެހެއްޓުމަކީ، ގިނަބަޔަކަށް ބޮޑުޚަރަދަކުން ނޫނީ ނުކުރެވޭނެ ކަމެކެވެ.

    24
    1
  12. ޓީ

    ތިޔައީ ބަދަލު ހިފުމުގެ ރޫހު އެކުލެވޭ ޓްވީޓެއް.

    25
    1
  13. މަރީ

    އިމްރާނުވެސް ބަންދު ކުރަން ޖެހުނީ ހައްޤު ގޮތުގަ. ހައްޤު ގޮތުގަ ބަންދު ކުރީމަވެސް އިމްރާނުގެ ބައިގަނޑު ހީވީ މިޤައުމު ހަލާކު ކޮށްފާނެހެން.

  14. Anonymous

    އިބޫ އިސްތިއުފާ އިމްރާނާ ކަލޭވެސް އިސްތިއުފާ ލަހެްނުވެ ވެރިކަން ވެއްޓިދާނެ އިރާދު ކުރެއްވިއްޔާ

  15. ކަމަކުނުދޭ

    މިކަލޭގެ އަކީ ދީނީ ތާކިހާ އަޅާގެން އުޅޭ ޝޭކެއް ... މިކަލޭގެ ދީިންވެސް ބަދަލު ކުރާކަށް ފަހަކަށް ނުޖެހޭނެ ...

    11
  16. ޒާ

    ހިޔަޅު ހީނުކުރާތި އަދި އުފަލުގައި ދުނިޔެހޭދަކުރެވޭނެއޭ.