ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅުން އޮތް 40 މީހަކު ހައްޔަރުކުރަން އުޅޭކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުގައި އެމީހުން ހައްޔަރުކުރުމުގެ އަމުރުތަކެއް ހޯދުމަށް ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ހައްޔަރުކުރަން ބޭނުންވާ މީހުންގެ ލިސްޓްގައި ތިބި ބައެއްގެ ނަންތަކެއް އަދި އެނގިފައެއް ނުވެއެވެ.

މިފަދަ ކަންތައްތަކެއް ހިނގާ ކަމުގެ ވާހަތައް ފެތުރިފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާ ގުޅިގެން ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުގައި ބަހައްޓަން މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ދައުވާގައު ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ، ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ޔާމީން ވަނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ހެކިންނަށް ގިނަ އަދަދެއްގެ ފައިސާ ހުށަހަޅާފައިވާ ކަމަށެވެ.

ޕީޖީގެ ފަރާތުން އެކަން ފާހަނގަ ކުރުމުން ދިފާއުގައި ރައީސް ޔާމީން ވިދާޅުވީ، އެ މައްސަލައަކީ މަނީ ލޯންޑާކުރުމުގެ މައްސަލައަކަށްވާއިރު ހެކީގެ ގޮތުގައި ހުންނާނީ ބޭންކް ސްޓޭޓްމެންޓްތައް ކަމަށެވެ. އެ ސްޓޭޓްމެންޓްތަކަކީ ކޮމްޕިއުޓަރ ޖެނަރޭޓެޑް އެއްޗެއްސަށްވާއިރު އެ ބަދަލު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، މި މައްސަލަ ސާބިތު ކުރަން ހުށަހެޅީ ކޮން ހެކިންނެއްކަން އެނގިވަޑައިގެންފައި ނުވާއިރު، ރިޝްވަތު ދެއްވައިގެން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން އެއް މިލިއަން ޑޮލަރުގެ ޗެކެއް ޖަމާކުރި މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެކަން ކުރީ އެމަނިކުފާނަށް އެނގިގެން ނޫން ކަމަށެވެ. އެ ޗެކް ޖަމާވެފައިވާކަން އެނގުމުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ތަހުގީގަށް އެއްބާރުލުން ދެއްވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހިޔަނި

    މިއަނިޔާވެރިކަމަށް ނިމުމެއް ނެތް، ޔާމީނުގެ ސަޕޯޓަރުން ތިބީ ސާބިތުކަންމަތީގަ، ކުރިންވެސް އެނގޭ ޕީޕީއެމް އަދި ކޮންގްރެސް އިން މަޖިލީހަށް ކުރިމަތިލާ ހުރިހާ މީހުން ހައްޔަރުކުރާނެކަން، ގަންޖާ ރައީސާއި ޅިޔަންސޮރަށް ހީވަނީ އޭރުން މަޖިލިހުގެ މެޖޯރިޓީ ލިބޭނޭ އޭރުން ޤައުމު ވިއްކާލަން ފަސޭހަވާނޭ، ފައްޅިތަކުން މުޅި ދިވެހިޤައުމު ތަޣައްޔަރުކުރަން ދިވެހިން ފުރުސަތު ދޭނޭ، ކަލޯ ހަނދާން ނައްތާލާ، ހަށިގަނޑުގައި އެންމެ ލޭތިކެއް ހުއްޓަވެސް އެކަންކުރާކަށް ދިވެހިން ފުރުސަތެއް ނުދޭނެ،

    39
    34
  2. މާމަ

    ޔާމީނުގެ ސަޕޯޓަރުން ތިބީ ސާބިތުކަނމަތީ ވައްކަން ކުރަން ފުރުސަތު ދޭން ދެއްތޮ! ލެއިން ގުރުބާންވާން ތިބީ ވައްކަން ކުރަން ގައުމު ދަވާލަން ތައްޔާރުވެ ދެއްތޮ؟

    28
    15
    • Anonymous

      ޔަމީންގެ ސަޕޯޓަރުން ތިބީ ލާދީނީ މީހުންގެ ފަހަތުގައެއް ނޫންތާ

      9
      8
  3. އަލިބިޔާއްކަލޯ

    96 ގެފަހަތަށް 000 އިތުރުކޮއްގެން ތިކަމާއުޅެގަ އެހެންނޫނިއްޔާ...........
    ނުހިފެހެއްޓޭނެ ވީކަމެއްކުރާނެ
    ޔަގީން ޔަގީން ކަޟަވަރު

    3
    4
  4. ށައިބާލް

    ކޮބާ އެއްކަލަ އަނީޔާ އޭ ކިޔައިގެން ބޮޑު ވަގުންނާ ޓެރަރިސްޓުން ދެކޮޅައް ނުކުތް މީހުން. މިއަދު އިބްރާހިމް މުހައްމަދު ސާލިހް ގެ ވެރިކަން ވެއްޓޭހެން ހީވެ ތާއީދު ދަށަށް ދިޔައިމަ ސީދާ މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވަން ހިތު ހުރި ގޮތަކަށް މީހުން ހައްޔަރު ކުރަނީ. ﷲ އިރާދަ ފުޅުން ދީނީ ތާކިހާ އަޅައިގެން މިއުޅޭ މީހުންނަށް މިދުނިޔެއިންވެސް އޭގެ ހިތި އަޒާބު ދައްކަވާށި. 40 މީހުންނެއް ނޫން. 960000 މީހުން ހައްޔަރު ކުރަންވީ

    12
    8
  5. ޙސހސހ

    ރީތި ގޮތަކަށް މިސަރުކާރު ވެއްޓެން ގާތްވަނީ

    16
    6
  6. އަލްޖިބްރާ

    މީ ވަރަށް ރަގަޅު ޚަބަރެއް ! މާލަސްވެއްޖެ ! ހުރިހާ ވަގުން ހިފާ ހައްޔަރު ކުރޭ !

    2
    3
  7. އަލްޖިބްރާ

    އެންމެ ފުރަތަމަ މުލުވަގު ވަނީ ހައްޔަރު ކޮށްފަ ! ދެން ޖެހިގެން އެންމެ ގާތުގައި ތިބީ އަދުރޭ އާއި ނިހާނު ! އަވަސް ! ހިފާ ހައްޔަރު ކުރޭ !

    6
    2
  8. އެދުރު

    ތި އުޅެނީ އަމިއްލަ އަށް ފެއިލްވާން ، އަނިޔާވެރިކަން މިއޮތީ ފެށިފަ، އިބޫ ސަރުކާރާ ދެކޮޅު އެންމެން ހައްޔަރުކޮށްގެންވެސް މަޖިލިސްގެ ކޮންޓްރޯލް ނަގައި މި ޤައުމު ގެރި މޯދީ އަށް ވިއްކާލަން ކެނެރީގެ އަންނި އާއި އޭނާގެ ޕަޕެޓް އިބޫ މި ހިންގާ ލާއިންސާނީ ޖަރީމާ ދިވެހި ރައްޔިތުން ބަލައެއްނުގަންނާނެ

    5
    1
  9. ޜާގުނޑާ

    މިހާރަކު ނެޭގޭނެ ޗެކް އެއީ ކޯންޗެއް ކަމެއް، ދޮގު ތިވަރަށް އެންމެން ކުރިމަތީ އަމިއްލަ އަށް ބުނެފަ ހަދަން އުޅުނަކަސް ބަލަ ތި އަނގައިން ވަނީ ކުރިން އިޤްރާރުވެފަ، ހެކި އޯޑިއޯ އާއި ވީޑިއޯއިން ހުރި އިރު ހަދާދޮގުތައް މިހިރީ! ހެއްދެވި ފަރާތް ނުދަންނަ މީހެއް ނޫނީ ތިވަރަކަށް ނުކެރެޭނެ ތިވަރަށް ދޮގުހަދާކަށެއް

  10. މުރީޑުބޭ

    ދެން ޔާމީިނަކަސް މާގިނައިން ވައްކަން ކުރަންޏާ ހިފާހައްޔަރު ކުރަން ޖެޙޭނެ ނޫންތޯ ސަޕޯރޓަރުން ސާަބިތުވެ ތިއްބަވާ ވައްކަމާ ކޮރަޕްޝަނާ އެއްކޮޅައް. އެޢި މޮޅުގޮތެއްވީޔަ