ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

އަލީ ހަމީދުގެ އަނބިކަނބަލުން، ފާތިމަތު ނާސިރާގެ ބަންދަށް 15 ދުވަސް ޖެހިއިރު އޭނާ މިހާރު ހުންނެވީ ގޭ ބަންދުގައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަލީ ހަމީދުގެ އަނބިކަނބަލުން މިދިޔަ މަހުގެ އަށްވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ރިޝްވަތުގެ މައްސަލައަކާއި ގުޅިގެންނެވެ.

ނާސިރާ ގޭބަންދަށް ބަދަލުރީ އޭނާގެ ސިއްހީ ހާލަތާއި މެދު އާއިލާއިން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، އަލީ ހަމީދު އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެ ބޭފުޅުން ވެސް ހައްޔަރުކުރީ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމާއި އެކަމަށް ރިޝްވަތު ހިފުމުގެ ތުހުމަތުގަ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަމީދު

    ގޭގަ ތިބޭ މީހުންނަށް ވެސް މުއްދަތު ޖަހާތަ.... މޮޔަ ގޮވާ ސަރުކާރު ....

  2. ބޭހޮއްކޮ

    އަލީ ހަމީދު އިނދެގެން އުޅެނީ ރަޝިޔާ މަންޖެއަކާ ނޫންތަ.

  3. ލޮލީ

    މީނައަށް އަޅެފަހެ ހަމީދުގެ ނައިޓް ފިލްމު ނުފެނޭތަށް ފިރިމީހާގެ ހަރާމް ފައިސާ ފެނިފަ މޮޔަވެފަ ދޯ ހުންނަނީ މާކުންބެދެކެ