މިއީ ސަފުތައް އިތުރަށް ބަދަހި ކުރަންވީ ވަގުތުކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެެވެ.

ރައީސް ޔާމީން މިގޮތަށް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ ރައީސް އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޝޯޝަލް އެފެއާރޒް ކަމުގެ މަގާމުން މުހައްމަދު ޣައްސާން މައުމޫން މެދުވެރިކޮށް ދެއްްވި މެސެޖެއްގައެވެ.

ޣައްސާން މައުމޫން ވިދާޅުވީ، ރައީސް ޔާމީން ހުންނެވީ ވަރަށް ސާބިތުކަމާއެކުކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ. އަދި މި ވަގުތަކީ ސަފުތައް އިތުރަށް ބަދަހި ކުރަންވީ ވަގުތުކަމަށް ރައީސް ޔާމީންގެ މެސެޖުގައި ވިދާޅުވިކަމަށް ގައްސާން މައުމޫން ވިދާޅުވިއެވެ.

"މި ވަގުތަކީ އަޅުގަނޑުމެންގެ ސަފުތައް އިތުރަށް ބަދަހިކޮށް މަސައްކަތް ކުރަންވީ ވަގުތުކަމުގައި ތި އެންމެހާ ބޭފުޅުންނަށް ދެންނެވުމަށް ރައީސް އަބްދުﷲ ޔާމީން ދެންނެވި". ޣައްސާން ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެެވެ. އަދި އެމަނިކުފާނު މިހާރު ހުންނެވީ މާފުށީ ޖަލުގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. عبدالله

    5 އަހަރުގެ ދައުރެއް ފުރިހަމަވެ ނިމުމާ ގުޅިގެން އާސަރުކާރުގެ ބޭނުމަކީ، ވެރިމީހާ ޖަލަށްލުން ކަމަށްވާނަމަ، ބުނެވޭނީ އިތުރު ވިސްނުންފުޅެއްހޯދާށެވެ.

    27
    1
  2. މަސްވެރިޔާ

    މިއީ ޢައްސާން ފާޅުގަ ނުކުންނަންޖެހޭ ވަގުތު. ޤައުމުގެ ކުރިމަގަށް ރައްޔިތުންކުރާ އުއްމީދުގެ އެއްތަރި ތިއީ. ރ. ޔާމިނާއި ޕާޓީގެ ހައްގުގައި ކުރީސަފަށް ނުކުމެ މިނުކުޅެދޭ ސަރުކާރު ހަމަމަގަށް އަޅުވާ. ކެރިހުރެ ޤައުމަށް އާއެކޭ ވިދާޅުވޭ ރ ޔާމިނަށް ދެވިފައިވަނޫ ނުހައްގު ބޮޑް އަނިޔާއެއް.

    34
    1
  3. ސުލައިލު

    ދިވެހި ރައްޔިތުންގެ ތަރައްޤީއަށް ޔާމީނުވަރެއްނެތް. އެއީ ލޯބިވާ ވެރިއެއް! ހުރިހާގޮތަކުން ޔާމީނަށް މާތް ﷲ ހެޔޮގޮތް މެދުވެރި ކުރައްވާށިއެވެ! އާމީން

    41
    2
  4. Anonymous

    ޝަރީޢަށް ނިމޭނީ ކިތައް އަހަރުން.

    14
  5. ބުރޯ

    ސަފުތައް ވަރުގަދަ ކުރަން ޖެހުނު ވަގުތު ޔާމީންވެސް ހެއްދެވީ ދުސްމަން ކަމުން ފުރިފަިވާ އަނބި މީހާ ވިދާޅުވިގޮތަށް އަންހެނެއްގެ ބަސް އަހައިގެން މުގާބޭ އާ ސައުތު ކޮރެއާ އާއި ރާއްޖޭގެ ވެރިކަން ދިޔައީ ވެސް ޔާމީން އަކީ 100 ގެ އިގްތިސާދީ ބޭފުޅަކށް ވީއިރު ސިޔާސަތު ހަމަ ސުމެއް .ގާސިމާ މައުމޫނު ބޭރުކުރުމަކީ ޔާމީންގެ އަނބިމީހާގެ ނާއިބުރައީސްކަސމަށް ފައިނަގަން ބޭނުން ވުމުގެ ނަތީޖާ . މިއަދު ދިވެހި ގައުމާ ދިވެހި ރައްޔިތުން އެކަމާ ދެރަވޭ. ޔާމީނުގެ ތަރައްގީ ވަޅުޖެހިދާނެތީ ހިތާމަކުރޭ 2008 އިއާދަ ވެގެންދިޔައީ ޔާމީނުގެ އނބިމީހާ ރުއްސުމުގެ ނަތީޖާ ނޫންނަމަ 20 އަހަރު ވިޔަސް ޔާމީން މިގައުމުގެ އިސްމަގާމުން ބާލާކަށް ބޭނުމެއްނުވާނެ.

    5
    21
  6. އަލްޖިބްރާ

    ސަފުތަށް ވަރުގަދަ ކުރަން ހަޅޭއްލެވި ވަރަކަށް ކަރުންހަންމެށިގެން ދާނެ ! ކަލޭގެ ވެރިކަމުގައި ވަރުގަދަ ކުރި ސަފުތަށް މިހާރުވަނީ ފޫވެއްޓިފަ ! ދެން ދާނީ ތިޔަސަފުން ފަހަރަކު މީހަކު ހައްޔަރު ކުރަމުން ! ތިޔަ ސަފެއް މިހާރަކު ނެތް ! އެކަން މިއަދުވެސް ފެނިގެން ހިގައްޖެ ނު ؟

    11
  7. އަލީ ޒާހިރު

    މިއީ ސަފުތައް އިތުރަށް ބަދަހި ކުރަންވީ ވަގުތެއްނުން.މީ އުފާކުރަންވީ ވަގުތު.ޚުދުމުޚުތާރު ވެރިކަމުގެ ފަސްއަހަރުނިންމާލި އެތައް ޖަރީމާއެއްހިންގި ވެރިޔަކަށް ވެރިކަމުގައި ހިންގި ކަންތައްތަކުގެ ޝަޒާ ލިބެންފެށިވަގުތު.އެންމެން އުފާކުރަންވީ.މިކަމުންވެސް އިބުރަތެއްހާސިލު ކުރަންވީ ވަގުތު.ވެރިކަމުގަހުންނަމީހަކަށް ރަނގަޅު ކަރަަޕްޝަނާއި އިންސާފާއި ހަމަހަމަކަމާއެކުވރިކަންކުރުމަށް ވިސްނަންވީ ވަގުތު.

  8. ކެޔޮޅު

    މިތިބީ ރައީސްޔާނާއެކުގައި އެއީ ހަމަ ބެސްޱް ސާބހޭ ޔާމީނު.