ބުރިޖާއި ހައިވޭގައި ޗެކް ޕޮއިންޓް ޖަހައިގެން ވެހިކަލްތައް ޗެކް ކުރަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ މާލެ އާއި ބުރިޖު އަދި ހައިވޭގައި ވެހިކަލް ޗެކް ޕޮއިންޓް ގާއިމްކޮށް، ވެހިކަލްތައް ބަލާފާސް ކުރުމުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

"މިމަސައްކަތަކީ އެކްސިޑެންޓްތައް މަދުކޮށް، ބާރު ސްޕީޑްގައި ދުއްވުމާއި ޓްރެފިކް ޤާނޫނާއި ޤަވައިދުތަކާއި ހިލާފު އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެއް." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމަސައްކަތުގެ ދަށުން މާލެ އާއި ބުރިޖު އަދި ހައިވޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.

ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ވަނީ ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ހިނގާފައެވެ. ނަމަވެސް މީހެއްގެ ފުރާނައަށް ގެއްލުން ނުވާނަމަ އެފަދަ އެއްވެސް މައްސަލައެއްގައި ދައުވާ ކުރަން ފުލުހުން މައްސަލަ ޕީޖީއަށް ފޮނުވާފައެއް ނުވެއެވެ.

މީހެއްގެ ފުރާނައަށް ގެއްލުން ނުލިބުނު ނަމަވެސް އެކްސިޑެންޓްތަކުގައި އިހުމާލުވާ މީހުންގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް ޤާނޫނީ ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ. ފުލުހުން ވެސް މިހާރު ވަނީ މިދިޔަ ހަފްތާގައި ކަފިހި ހުރަހުން މަގު ހުރަސްކުރަނިކޮށް ހިނގި އެކްސިޑެންޓްގެ މައްސަލަ ޕީޖީ އަށް ފޮނުުވާނެ ކަމަށް ވިދާޅުވެފައެވެ.

ބުރިޖާއި ހައިވޭގައި އާދަޔާއި ހިލާފަށް ގިނައިން އެކްސިޑެންޓްތައް ހިނގަމުން ދާކަން ވަނީ ފާހަގަ ކުރެވިފައެވެ. ގިނަ ފަހަރަށް އެކްސިޑެންޓް ހިނގަނީ މާބާރަށް ދުއްވުމުގެ ސަބަބުންނާއި ޤަވައިދާއި ހިލާފަށް އޯވަޓޭކް ކުރަން އުޅުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަންނަމީހާ

    ބޭރުގައުމުތަކުގެ ހައިވޭތަކުގަ ހަދާގޮތަށް ، އެކްސިޑެންޓް ތަކުގައި ހައިވޭއަށް ވާ ގެއްލުމަށް ލާރި ނަގާނަމަ ނުކެރޭނެ ތި ފާޑަށް ދުއްވަން. ހޭބަލިވެގެން ދުއްވާ މީހާ ތަންތަނަށް ދޭ ގެއްލުމަށް ރައްޔިތު މީހާ ދައްކާ ޓެކްސް ފައިސާ ޙަރަދު މިކުރަނީ!!!!

  2. އިބިލީސް

    މި ދޭތެރެއަކުންވެސް ތިކަން ކުރި. ވަރަށް އިފެކްޓިވް ކަމަށް ފާހަގަކުރެވޭ ކަމެއް. ތިގޮތަށް އެންމެ ފަހުން ކަންތައް ކުރި ދުވަސްވަރު ނޫހަކުން، މީހެއްގެ ފަރާތުންވެސް ބްރިޖް މަތީ އެކްސިޑެންޓް ވި ވާހަކައެއް ނީވޭ. ޕޮލިހުން ޗެކްޕޯސްޓް ޖަހައިގެން ތިބޭ ޕޮއިންޓްވެސް ވ ރަގަޅު ކަމަށް ފެނޭ.

    4
    3
  3. ނަސީރު

    ސަރުކާރުން ތިޔަފެއްޓެވީ ވަރަށް މުހިންމު ކަމެއް... ރަޢީސް ގެ އިސްނެންގެވުމަށް ޝުކުރިއްޔާ....

    3
    7
  4. ކާޅު

    ބުރިޖުގެ ކޮންމެވެސް ދިމާލެއްގަ މާލެއިން އައްނަ މީހުނާ ހުޅުމާލެއިންމާލެއައް ސައިކަލްގަދާ މީހުނައް މީޓީން ކުރެވޭނެ ތަނެއް ނޫނީ ނޫނީ ވަކިލޭނެއް ހަދަން ފެނޭ މާލެބޮޑު ކަމުން ރައްޓެހިންނާ ބައްދަލުނުވެ ދެތިންއަހަރުވާފަހުން ދިމާވަނީ ބުރިޖުމަތިން ގިނަފަހަރު އަދިބުރިޖައް ލާރިވެސް ލިބޭނެ ބޮޑެތި މީޓިންތަކައް ކުއްޔައް ބޭރުގައުމުތަކައް ދޫކުރީމަ

  5. ނުރަބޯ

    ބްރިޖާ ހައިވޭ އަކީ ޢާއްމުގޮތެއްގައި ބާރަށް ދުއްވަން ޖެހޭ ތަންތަނެވެ. އެދެތާގައި ބާރަށް ދުއްވިޔަސް ވިސްނައިގެން ދުއްވާނަމަ އެކްސިޑެންޓް ތަކެއް ނުހިނގާނެއެވެ. މިސާލަކަށް ދުއްވަމުންދާ ދެސައިކަލް އެއް ހަމައެއްގައި ދިޔުމާ އަދި މިދާއިރު ދެމީހުން ދެމީހުނަށް ވާހަކަ ދައްކަމުން ދިޔުން މިއީ ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ދުއްވަން އޮންނަ ރޯ ނުވަތަ ސަރަޙައްދަކީ މާ ފުޅައު ތަނަކަށް ނުވާތީ އެގޮތަށް ކަންކުރުމުން ފަހަތުން އަންނަ މީހާއަށް ކުރިޔަށް އަރަންޖެހެނީ 4 ފުރޮޅުލީ ވެހިކަލް ދުއްވަން އޮންނަ ސަރަޙައްދަށް ވަދެގެންނެވެ. ދާދި ފަހުން މިފަދައިން ދިމާވިވަގުތެއްގައި ބާރުސްޕީޑްގައި ދުއްވާ ފައި އައި ކާރެއް، ކުއްލިއަކަށް ކުރިމައްޗަށް އެރި ސައިކަލެއްގަައި ނުޖައްސާ ސަލާމަތްކުރެވުނީ ހަމަ ކިރިޔާ އެވެ. އެހެންވީމާ ބާރަށް ދުއްވިޔަސް ފަރުވާތެރި ކަމާއެކު ކަމަށް ކަމޭހީކޮށްގެން ތިމާ ނޫން އެހެންމީހުންވެސް އުޅޭނެ ކަން ދަނެގެން ދުއްވާނަމަ އެކްސިޑެންޓް ހިނގުމަކީ ނާދިރު ކަމެކެވެ. ދުއްވަމުން ދާއިރު ތިމާގެ ކުރިމަތީގައި އެއްވެސް ވެހިކަލެއް ނެތްއިރުވެސް އެއްވެސް ސަބަބެއްނެތި ދުވެލި މަޑުކުރާނަމަ ފަހަތުން އަންނަ ވެހިކަލް ތިމާގެ ކުރިއަރަން ހިފާނެކަން ދަންނަން ޖެހޭނެއެވެ. އަދި ބާރަށް ދުއްވާ އިރުވެސް ދެ ވެހިކަލް ދެމެދުގައި އެކަށީގެންވާވަރުގެ ދުރު މިނެއް ބަހައްޓަން ޖެހޭނެއެވެ.

  6. ހަކީމް

    ގަސްތަކުތެރޭ މަފިލާ މަ އޮތީމޭ، މަޅިފަތި ޖަހައިގެން ހިފޭތޯ ބެލީމޭ، މިއީ ޓްރެފިކް ބަލަހައްޓާ ބައެއް ޕޮލިހުންގެ މޮޓޯ
    މިއަށް ވުރެ ޕްރޮފިޝަނަލް ވާން އެބަޖެހޭ