އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހޮވޭ މެމްބަރުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ގދ. ގައްދޫ ދާއިރާއަށް ވާދަކުރައްވާ އަހްމަދު ޒާހިރުގެ ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ޕާޓީއެއްގެ ބޮޑު އާއިލާއެއްގައި ނުހިމެނޭ މެމްބަރުން ރައްޔިތުންނަށް ހިދުމަތްކޮށްދޭނެ ކަމަށް ވިދާޅުވެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކަމަށެވެ.

"ނަމަވެސް ބައްލަވާ ގައްދޫ ދާއިރާގެ ގޮނޑިއަށް އެކަނި ކުރިމަތިލައްވާ އިންނަވާ މިނިވަން ކެންޑިޑޭޓަކަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް, އިރާދަ ކުރެއްވިޔާ ގައްދޫދާއިރާގެ ގޮނޑި އަނެއްކާވެސް އެމްޑީޕީ އަށް ލިބޭނެ. ރާއްޖެ އަށް މިދިޔަ ހަތް އަހަރު ވެދިޔަ ހުރިހާ ކަމެއްދިވެހިންގެ ލޯމަތިން ފެންނަމުންދިޔަ ކިތައްމެ މަންޒަރެއް، ދިވެހިންގެ އުންމީދުތަށް ވެއްޔާއި މޮޑެވިގެން ދިޔަ ގޮތް ގައްދޫ ރައްޔިތުންނަށްވުރެން ވަކިން ބޮޑަށް ގާތުން ބަލަމުން ދިޔަ ބަޔަކު ނުތިބޭނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އަހުމަދު ޒާހިރު މިދިޔަ ހަތް އަހަރު މަސައްކަތް ކުރައްވަމުން ގެންދެއްވީ އަލުން އަނބުރާ ރައްޔިތުންގެ ހައްގުތަށް ހޯދައި ދިނުމަށް ކަމަށާއި ދިވެހިރާއްޖެ ދިވެހި ރައްޔިތުންނަށް ހޯދައި ދިނުމަށް ކަމަށެވެ.

"އަބަދުވެސް ސާބިތު ކަން މަތީ ދެގޮތެއް ނުވެ ފަހަތަށް ނުޖެހި ހުރި އެއް ބޭފުޅަކީ އަހުމަދު ޒާހިރު. އެމްޑީޕީގެ ޕްރައިމަރީގައި އަހުމަދު ޒާހިރަށް އެމްޑީޕީގެ މެންބަރުން ވޯޓް ދެއްވި ސަބަބު އެއީ މާ ސާފުކޮށް ކަޅާއި ހުދުން ލިޔެވިފައިވާ ކަމެއް" ނަޝީދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގައި ގައްދޫ އަށްވި ވައުދުތަކަށް އިޝާރަތް ކުރައްވާ ނަޝީދު ވިދާޅުވީ ގައްދޫގެ ހޮސްޕިޓަލް ތަރައްގީ ކޮށް ބޮޑު ހޮސްޕިޓަލެއް ހެދުމަށާއި ގައްދޫގެ މަގުތަކާއި ވާދޫގެ މަގުތަށް ރަގަޅު ފެންވަރަކަށް ހެދުމަށާއި އެދާއިރާއަށް އެއާޕޯޓް ހަދައި ނިންމުމަށް އަހުމަދު ޒާހިރު 19 ވަނަ ރައްޔިތުންގެ މަޖިލިސްގައި އިންނަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ފޯއްބެ

    އަދި ހަމައެފަދައިން، ކޮންމެރަށެއްގައި، އެރަށުގެ مجرم ންނަކީ، ބޮޑުން ކަމުގައި ލެއްވީމެވެ. (އެއީ) އެތާނގައި، އެއުރެން މަކަރުވެރި ރޭވުންތައް ރާވައި އުޅުމަށެވެ. އެއުރެންގެ އަމިއްލަ نفس ތަކަށް މެނުވީ، އެއުރެން މަކަރު ހަދާ ކަމުގައި ނުވެތެވެ. އަދި އެއުރެންނަކަށް އެކަމެއް ނުވިސްނެއެވެ.

    85
  2. ދދދދދދ

    އެއީ ކަލެއާ ބެހޭ ކަމެއް ނޫން. އެބަޔަކު ހޮވާނެ މީހަކު އެނގޭނީ އެ ބަޔަކަށް. ކަލޭ ގުއި އުނދުޅި ބާނަން ޖެހޭ ކަމެއް ނޫން އެއީކީ.

    92
  3. ހަަމަދު

    މޮޔަފުޅުވީތޯ . ބަލަ ހޮވެޭެއިރަށް އަމިއްލައެއް ނުވަަނެ. ޕާޓީއަކަށް ވަންނާނެ ދޯ. މިބޭފުޅާ ވިދާޅުވާއިރަށް ނޫސްތކުގައި ލިޔަންވޭ ދޯ. އަބދުވެސް ފަލސުރުޚީއަށް އަރަން ހަމަމުޖެހޭ ވާހަކަ ވިދާޅުވަނީ

    25
  4. ބޮއިކަޓް ޢަލީ

    އަމިއްލަ މެންބަރުންނަށް ކޮށްދެވޭނެކަމެއް ނެތީ، ބަލަ ރައްޔިތުންގެ މަޖުލީސް މެންބަރުން ކޮންކަމެއް ރައްޔިތުންނަށް ކޮށްދެނީ، ކަލޭމެން ކަލޭމެނަށް ޖެއްސުންކުރުން، ޤާނުނެއް ފާސްކުރަންޏާ ވިޔަފާރިވެރިން ބޭނުންވާގޮތް، ބައެއް އަޅާދޯ

    27
    1
  5. ހުސެން

    ކަލޯ ،ތީ ކޮންކަމެއް؟ކޮބާ ދެން ތިޔަ ބުނާ ޑިމޮކްރެސީ ،މައިނޯރިޓީ އަދި މިނިވަން ކެންޑިޑޭޓުންނަށް ވެސް ފރުރުސަތު އޮންނަންޖެހޭނެ.

    28
  6. އަތޮޅޭ

    އަޅުގަނޑަށް ހީވަނީ މިނިވަން ކެނޑިޑޭޓަކަށްހެން ތަރައްޤީކޮށްދެވޭނީ، ސަބަބަކީ ކޮންމެ ސަރުކާރަކުންވެސް ބޭނުންވާނީ މަޖިލިސް ސްޕަރ މެޖޯރިޓީ، އެހެންވީމާ މިނިވަން ކެނޑިޑޭޓު ސަރުކާރު ފަޅިއަށް އެރުވުމަށްޓަކައި މިނިވަން ކެނޑިޑޭޓްގެ ޑިމާންޑްތައް މާފަސޭހައިން ސަރުކާރުން ބަލައިގަންނާނެ، އެހެންނޫނަށް ސަރުކާރުން ބޭނުންވާނީ ވަކިޕާޓީއެއްގެ މީހެއްނޫން މަޖިލިސް ބަޓަނަށް ފިތޭނެ މީހެއް، ހުދު ރައީސް ނަޝީދުވެސް ބޭނުންވާނީ އެގޮތް މަޖިލީހަށް ނުހޮވިއްޖާ ދަންނަ މީހަކަށްވެސް ނުވާނެ..ހަޤީގަތަކީ މީ

    23
    1
  7. މނ

    7 އަހަރު ތެރޭކޮންކަމެއް ވެއްޔާމޮޑެވުނީ. ކަލޭ މިތާ މިދިވެހިންގެ ހިތުން ދީނީ ހިދާޔަތް ފޮހެލުންތަ. ވޭތުވެދިޔަ7 އަހަރަކުނޫން މިހާރު މިހިނގާ ބޮޑުބާޤީ ގެ ދަނބިދަރި ބާޤީގެ ވެރިކަމުގަ. އެއްޖިންސުން ކައިވެނިކޮއްފި. ދެފިރިން ހުއްދަ ކޮއްފި. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ މިއަނިޔާވެރި ބާޤީންގެ ވެރިކުން މިގައުމު ސަލާމަތްކުރައްވާފާންދޭވެ. އާމީން....

    70
  8. ސާބަސް

    ހޫނ!!! އިނގެޔޭ ތިގޮލާ ބަލާނެކަން އަމިއްލަ މެމްބަރުން އެމީހުން ހޮވައިފި ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަން ކުރިޔަކަ ނުދޭނެކަން. ތިޔައީ އެއްކަލަ ވާދަވެރި ސިޔާސީ ޕާޓީއެއްގެ މީހަކު ކަމަކަށް އެދިއްޖެ ނަމަ ނުލަފާކަން ދައްކާލާނަމޭ ބުނި މީހާ އެއްނު!!!!!

    26
  9. އައްޑޫސިޓީ

    ތިޔަ ޕާރޓީގެ ހިޔަލުގަ ވޭތުވެދިޔަ ދިހައަރު އައްޑޫސިޓީ ހިތަދޫ މަޖިލިސް މެމްބަރުނާ ސިޓީކައުންސިލް ވެސްއޮތީ ކޮނކަމެއްތަ ވީ؟

    20
    1
  10. މާމަ

    ގުންޑާ ޖަލަށް ގަޅާލީމަ ހަޖަޖަމު ނުވާ ކުދިން ތިބިނަމަ އަވަހަށް މަގުތަކަށް ނުކުމޭ އޭރުން
    ތާއީދު އޮތްކަން އެގޭނީ އެވަރު ކުރަން ނުކެރެންޏާ ދެދޮރު ދޭތެރޭގަ ތިބެގެން ހައިލަމޫ
    ހައިލަމޫ މިމޭރުމުން ގޮވާލަ ގޮވާލަ ތިބޭ

    1
    11
  11. އަޙްމަދު

    މުނާފިގު ކަލޭގެ. އިސްލާމް ދީނާދެކޮޅު ބައިގަޑު މަޖްލިހުގައި ގިނަކުރަން މިކަލޭގެއަށް ވެވުނުހާ މަސައްކަތެއް ކުރާނެ. ޒުވާނުންނޭ ނިކަން ހޭއަރާ.
    މިނިވަން މެންބަރުންގެ ގޮތުގައި ތިބެގެންނޫނީ އަމިއްލަ ވިސްނުމުގަ މަޖްލިހުގަ ވާހަކައެއް ދެއްކޭނެ ގޮތެއް ނޯންނާނެ. ޕާރޓީއަކުން މަޖްލިހަށް އައިނަމަ ވާންޖެހޭނީ އެޕާރޓީގެ ދުލަކަށް. ކިޔަންޖެހޭނީ ޕާރޓީއިން ކިޔަން ބުނާ އެއްޗެއް. ޢެއިރުން މެންބަރު އެ "ވެވަޑައިގަތީ"
    ޕަޕަޓަކަށް. ޒުވާނުންނޭ، އަމިއްލަ ނަފުސުގެ އަގު އަމިއްލައަށް އެހާ ދަށްކޮށް ނުލައްވާ. ދިވެހިންގެ
    ފައިސާތަށް ކާލައިގެން ރައްޔިތުންގެ ލޮލުގައި އަދުންއަޅުވައިގެން ތިބި " ލިޑަރުންނަށް" ވެގެންތިބި "މަކަރުވެރިންގެ" ކިބައިން ލޮބުވެތި ޒުވާނުން މިންޖުވޭ. ޤައުމު މިންޖުވާނީ ޒުވާނުން
    މިންޖުވެގެން. ހަށި ފޮޅާލާ އަމިއްލަ ފައިމައްޗަށް ތެދުވޭ. ކެރޭބައަކަށްވޭ. ޤައުމުގެ ކުރިމަގަކީ ތިޔަކުދިން ކަމުގަ އެމީހުން ނުބުނޭތަ؟ އެހެންވީއިރު އަދިވެސް މިވެރިންގެ މަގުގައި ތިޔަ ލޮބުވެތި ޒުވާނުން ހިފަހައްޓަން އެމަސައްކަތް ކުރާއިރު އެއިން އެކަކުވެސް އަމިއްލަ ޖީބު ފުރާލަފަ ނޫނީ ޤައުމަށް ކުޑަވެސް ކަމެއް ކޮށްދީފަ އޮތްތޯ ހޯދާބަލާ. އެއިރުން ހާމަވާނީ ތިޔަ ލޮބުވެތި ޒުވާނުންނަކީ އެ "ލީޑަރުންނަށް" ވެގެންތިބި ؛ޗޯރުންނަށް ވުރެ ރަގަޅު ބައެއްކަން. އާދޭސް ކޮށްފަ މިބުނަނީ އެމީހުންގެ އަޅުންނަން ނުވޭ. ޖެހޭނީ ކެރެން. އިޚްލާޞްތެރި ވާންވީ ﷲ އަށް.
    ހިތްވަރު ގަދަކުރޭ.

    10
  12. މޫސަ

    ޕާޓީއަކުން ހޮވުނަސް މެމްބަރަކަށް ކޮށްދެވޭނެކަމެއް ނޯންނާނެ މޮޔަ ވާހަކަ ނުދައްކާ ހުރޭ

  13. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އެހެންވެތާ އެމްޑީޕީ ނޫން ޕާޓީތަކާގުޅިގެން މަޖިލިސް ހޯދަން އެ ޓްރައިކުރަނީ.. ގަމާރެއްމީ ހަމަ ފައްކާ ގަމާރެއް..

  14. ލޯބި

    ބަލަގަ ތިޔޭ މަމެންގެ މައްސަލައަކީ ކާކަށް ، މީހަކަށް ނުވަތަ ބަޔަކަށް ކަމެއް ކޮއްދެވޭނީ ނުޖެހެޔޭ ކުރާކަށްވެސް. ކުރަން ނުޖެހޭކަމެއް. ކުރަން ޖެހޭ ކަމެއް ވިއްޔާ ކޮންމެ މީހަކަސް ޖެހޭނީ ހަމަކުރަން.
    ތަމެން ﷲ ދެކެ އެއްވެސް ވަރަކަށް ޖެހިލުން ވޭބާ ތިޔަކަހަލަ ބަސް ބުނާއިރު.

  15. ޙައްވަ

    އޭމިހިރަ ބުރާންޗާ ސަރުކާު ޖަވާބުދާރީ ކުރެވޭނީ އަމިއްލަ މެންބަރުންނައް ނުވަތަ އެހެންޕާޓީ އެއްގެ މެންބަރަކައް ކަލޭ ނުދެނެހުރިންތަ

  16. ރައްދު

    މޑޕ މެދުވެރިވެގެން މަޖިލިހަށް ވަދެވޭ މެންބަރުންނަށް މަޖުބޫރުވާނީ ނަޝީދު ޕްރަމޯޓް
    ކުރާށެވެ ރައްޔިތުންނަށް ފައިދާއެއް މަންފާއެއް
    ހުރި އެއްވެސްކަމެއް އެމެންބަރުނަށް ނުކުރެވޭނެއެވެ ދައުލަތުން ބޮޑުޚަރަދެއް ކޮށްގެން
    އެކުލަވާލި 18 ވަނަ މަޖީލީހިގައި މޑޕގެ މެންބަރުން މަޖިލީހިގައި ކުރިކަމަކީ ކުޅިބަލަން
    އެއްފަރާތުގައި ތިބުމެވެ އެހެންވީމާ ތާއަބަދު
    މިގޮތަށް ދައުލަތުން ބޮޑުޚަރަދެއްކޮށްގެން
    ނަޝީދު ޕްރަމޯޓްކުރަން ޖާގަދެވިގެން ނުވާނެއެވެ
    4 މެންބަރުންނަށްވުރެ ގިނައިން މޑޕ އަށް
    މެންބަރުން ލިބިއްޖެނަ ފޫނުބެއްދޭވަރުގެ ގެއްލުމަކާ
    ކުރިމަތިލާންޖެހޭނެއެވެ.

  17. ޝާމިން

    ކަލޭ ދައްކާވާހަކަ އެށް ސާފެއްނުވޭ ބޭނުން ހާގޮތަކަށް ތިދައްކަނީ ވާހަކަ ބޮނޑު މިސީބަތެއްނު ތީ

  18. ދޮނާ

    ކަމެއް ކޮށްދޭނެ ކަމެއްވެސް ނެތް. ޕާޓީ މެމްބަރުން ޗެމްބަރ ތެރޭގަ ގާނޫނު އަސާސީ މައްޗަށް ކޮޅަށް އަރާ ތިބެނީ. މޭޒުމަތީ ހަތަރެސްފައި ޖަހައިގެން ދުވަނީ. ރިޔާސަތުގެ މޭޒުމައްޗަށް އަރާ މަންކީ ޑާންސް ކުރަނީ. އެހެންވީމަ މިނިވަން މެމްބަރުން މާރަގަޅު.

  19. އެދުރުބެ

    މީނަގެ ދިއުޅި ބޮޑުކަމުންވެސް މަިރާއްޖޭގައި އުޅެވޭ ވަރެއްނޫން! ދޭބަލަ ގުއިނުދެކޭ ރާއްޖެއަށް

  20. އެދުރުބެ

    ކުކުޅަށްވުރެ ބިސްދޮށީވެގެން ނޫޅިބަލަ! ވެރިކަމާހެދި އެމެރިކާގައި ނުހުރެވިގެން މާލެ ފުންމާލިދޯ!
    ދޭބަލަ އެމެރިކާގެ ރައީސަކަށް ކުރިމަތިލާލން

  21. ކޮސް

    ކޮންމެ މެމްބަރަކީ ޕާޓީއަކުން އަންނަ މީހަކަށް ވެގެން ނުވާނެ. މިނިވަން ރައްޔިތުން ތިބި އިރު މިނިވަން މެންބަރުންވެސް ތިބެން ވާނެ. އެންޓި ކެމްޕެއިން ނުޖައްސާ.

  22. މުސްތަޤްބަލްގެ ރައީސް

    މަޖްލީހުގެ ރައީސްގެ މަޤާމް ނުލިބިދާނެތީ ތެޅެނީ

  23. 5ގހ

    ވިޕު ނެރިގެން އެއް ޕާޓީއެއްގަ ތިބޭ 23 މެމްބަރުންވެގެން އެއްގޮތަށް ވޯޓްލައިފިނަމަ 23 ވޯޓް އަސްލު އެވަނީ އެންމެ ވޯޓަކަށް. އެތަނުން މެމްބަރަކު ޚިޔާލު ތަފާތުވެ ބޭނުންވާ ގޮތަށް ވޯޓް ލުމުގެ މިނިވަންކަން ނެތުނީމަ އެތިބެވެނީ ބޮޑު އަޅުވެތިކަމެއްގައި. ގައުމަށް ގެއްލުންވާނެކަމަށް ފެންނައިރުވެސް ޕާޓީއަށްޓަކައި ވަކި ގޮތަކަށް ވޯޓްދޭންޖެހުމުން އެ ނައްތާލެވެނީ އެތައް ހާސް ރައްޔިތުންގެ ހައްގުތަކެއް އަދި އެ ގެއްލުންދެވެނީ ގައުމަށް.

  24. ކޭބީ

    މަޖްލީހައް އިންތިހާބުވާމީހާ ނުޖެހޭ ޕާޓީ ބުނާގޮތް ހަދާކަށް. ޢެދާއިރާއެއްގެ ރައްޔިތުން އެދޭގޮތަކަށް ނުފޫޒެއްނެތި ވޯތުލާން އޮންނަނީ. ޥިޕްލައިން އަޅައިގެން ވޯޓުދިނުމަކީ މެމްބަރު ގާނޫނާ ހިލާފަށް ކުރާއަމަލެއް. އެހެންވީރު ކޮބާ އަމިއްލަކެންޑިޑޭޓަކާއި ޕާޓީ ކެންޑިޑޭޓާ ހުރި ތަފާތެއް. ޢަންނީ އަކީ އައުޓްޑޭޓަޑް މީހެއް.

  25. ނަފާ

    ތެދުވެރި ވަފާތެރި މިނިވަން މެމްބަރުންނައްކަންތއްކުރެވެނެ ހަށިވިއްކާމެމްބަރުންނަކަށް ރަނގަޅު ކަމެއް ނުކުރެވޭނެ