ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން ހުރިހާ ދާއިރާއަކަށް ކުރިމަތިލާން އަދި ނިންމާފައި ނުވާކަމަށް އިތުބާރު ކުރެވޭ ފަރާތަކުން "ވަގުތު" އަށް ކަށަވަރު ކޮށްދީފިއެވެ.

ޕީއެންސީގެ ކައުންސިލް މެންބަރަކު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ވާދަކުރަން މިރޭ ޕްރޮގްރެސިވް ކޯލިޝަންގެ ކުއްލި ކައުންސިލް ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް އަދި އެކަމުގައި ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕްރޮގްރެސިވިލް ކޯލިޝަންގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ގިނަ މެންބަރުން މިރޭ ވިދާޅުވީ ރައީސް ޔާމީން ހައްޔަރު ކޮށްފައި ހުންނަވަނިކޮށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކާއި އެކު ސިޔާސީ މަސައްކަތެއް ކުރަން ނުފެންނަ ކަމަށެވެ.

ޕީޕީއެމްގެ ކައުންސިލް މެންބަރަކު ވެސް ވަނީ ހުރިހާ ދާއިރާއަކަށް ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރުމާއި މެދު މިރޭ ބައެއް މެންބަރުން ޚިޔާލުފާޅުކުރެއްވިކަން "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

އޭނާ ވިދާޅުވީ ގޮނޑިތައް ބެހުމާއި މެދު އެއްބަސްވުންތައް އެކުލަވާފައިވާ ޕާޓީތަކުން "ވައުދުތަކާއި އަހްދުތަކާއި" ހިލާފުވާނަމަ ހުރިހާ ދާއިރާއަކަށް ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރުމާއި މެދު މަޝްވަރާ ކުރެވުނު ކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ހުރިހާ ދާއިރާއަކަށް ވާދަކުރުމާއި މެދު މާދަމާ އޮންނަ ކައުންސިލް ބައްދަލުވުމުގައި ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލާނެ ކަމަށް ޕީޕީއެމްގެ ސީނިއާ މެންބަރެއް ކަމަށްވާ އަހްމަދު ސިއްދީގުމިރޭ ވަނީ ވިދާޅުވެފައެވެ.

ސިއްދީގު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީ އިން މަޖިލިސް 19 އަށް ހުރިހާ ދާއިރާއަކަށް ކުރިމަތިލާނެ ކަމަށެވެ. "ޓިކެޓް އަތުލި ދާއިރާތަކަށް ވެސް ކެންޑިޑޭޓުން ކުރިމަތިލާނެ." ސިއްދީގު ވިދާޅުވިއެވެ. ނަމަވެސް ސިއްދީގު މިހާރު ވަނީ ޓްވީޓް ޑިލީޓް ކުރައްވާފައެވެ.

ޕްރޮގްރެސިވް ކޯލިޝަނުން އިންތިޚާބުގައި ކެންޑިޑޭޓުން ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައި އޮތް ބައެއް ދާއިރާތައް މިހާރު ވަނީ ޖުމްހޫރީ ޕާޓީއަށް ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސާބެ

    ޜަނގަޅު ލާންވީ ތިޔަ ބިރުވެރި ލާދީނީ ބައިގަނޑު ކައރިން ލާމަތް ވޭތޯ ބަލަންވީ..ދުއާވެސް ކުރަންވީ ނޫނީ އިންޑިއާގެ އަޅުވެތިޖަމައް ދާންޖެހޭނެ..ކަށަވަރު

    11
    3
  2. އަލީ ނަސީރު

    ރިޔާޒުމެން އެތިބީ އެމްޑީޕީ އާ އެއްކޮޅަށް. އެހެންވީމާ ހުރިހާ ދާއިރާ އަކަށް ޕީޕީއެމުން ވާދަކުރުމަށް ގޮވާލަން. ޔާމީނު ޖަލަށް ގެންދިޔައީ ޤާސިމުމެން އަޑީގައި ތިބެގެން

    14
  3. މުހައްމަދު

    ޔާމީނުގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން މަބުނާނީ ތިޔަ ގާސިމުއަކީ ގުޅިގެންއުޅެން ހެޔޮވާވަރުގެ މީހެއްނޫނޭ. މިހާރުންމިހާރަށް ހުރިހާއެއްބަސްވުންތަށް އުވާލަން ގޮވާލަން...

    12
  4. އެމަންޖެ

    ލާދީނިންގެ ކިބައިން ސަލާމަތް ކުަރަން ކުރިމަތިލާ

  5. އާދަމްބެ

    ޙުރިހާދާއިރާއަށް ކުރިމަތި ލީމަ ޕީޕީއެންސީ
    ޚޯލިސަނަށްލިބޭ ގޮނޑި ގިނަވާނެ.
    ސަރުކާރުކޯލިސަނާއި ނުގުޅި ގިނަގޮނޑި ލިބޭނެކަމަށްބެލެވެނީ. މިދަނޑިވަޅުގަ ރޔ އަށް ވީހާވެސް ގިނަގޮނޑި ލިބިގެން ގައުމު
    ސަލާމަތްކުރެވޭނީ އިންޑިއާގެ އަޅުވެތިކަމުން.

    5
    1
  6. ކެރޭ އަބްދުﷲ

    ޕީ ޕީ އެމް އާ ޕީ އެން ސީ ކޯލިސަނުން 19 ވަނަ ރައިތުންގެ މަޖިލިސްއައް ހުރިހާ ދާއިރާއަކައް ކުރިމަތި ލުމައް ގޮވާލަން. ތިޖުމުހޫރީ ޕާޓީ އަކީ ހެވެއް އެދިގެން އުޅޭ ބައެއް ނޫ. ތި ޖުމްހޫރީ ޕާޓީ ފޭހައް ޖެހިލުމައް ގޮވާލަން. ޖުމްހޫރީ ޕާޓީ އުޅެނީ ރައީސް ޔާމީން އައް ބޮޑި ދޭން. ރައީސް ޔާމީން ޖަލައް ގެން ދުމުގެ އަޑީގަ ޖުމްހޫރީ ޕާޓީ ގެ އަތެއް ވާކަން ކަސަވަރު.