އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް ޔާމީންގެ ކެންޑިޑޭޓުންނަށް ތާއީދުނުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ޕީޕީއެމް ނުވަތަ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުނުކުރާނެ ކަމަށެވެ.

"ހަމަގައިމުވެސް އަޅުގަނޑުމެންނެއް ނުދާނަން ރައީސް ޔާމީންގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން އެކަމެއް ނުވާނެ. ޖޭޕީ އިން މަޖިލީހުގެ ޓިކެޓު ދިނުމުގެ ބާރު ޖޭޕީގެ ލީޑަރަށް ދީފައިވަނީ އެ ޕާޓީގެ ކައުންސިލްގެ އަޣުލަބިއްތުން އެ ކައުންސިލް ބައްދަލުވުމުގައި އަޅުގަނޑު އެކަމަށް ތާއީދެއް ނުކުރަން" އަލީ ވަހީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ޖޭޕީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުންނާއި ކައުންސިލް މެމްބަރުން ބޭނުން ނުވާނެ ކަން ފާހަގަ ކުރައްވައި ޖޭޕީގެ ރައީސް އަލީ ވަހީދު ވިދާޅުވީ ޓިކެޓު ދީފައި އަތުލީމާ ވެސް ބައެއްގެ ހައްގު ގެއްލޭ ކަމެއް ކަމަށެވެ.

"ސިޔާސީ ކަންކަމުގައި ސިޔާސީ ނިންމެވުންތައް ނިންމެވޭނެ ބޭބޭފުޅުން އެ ނިންމުންތައް ނިންމަވާނެ. ހަމަގައިމުވެސް ޖުމްހޫރީ ޕާޓީގެ ގިނަ އާންމު މެމްބަރުންނާއި އަދި ގިނަ ކައުންސިލް މެމްބަރުން ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދަމަހައްޓަން" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ މިގޮތަށް މި ވާހަކަ ދައްކަވަނީ ކޮންމެހެން ވަޒީރުކަމުގެ މަގާމު ބޭނުންވެގެންނެއް ނޫން ކަމަށާއި ވަޒީރުކަމުގެ މަގާމު އޮތުމާއި ނެތުން އެއީ ވަގުތީ ކަމެއް ކަމަށެވެ.

"އެއްވެސް މަގާމަކީ ދާއިމީ މަގާމެއް ނޫން, އެހެންނަމަވެސް ކޮންމެވެސް އުސޫލުތަކަކާއި ޕްރިންސިޕަލްސްތަކެއް އަޅުގަނޑުމެން ހިފަހައްޓަން އެބަޖެހޭ،" އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތުހާބުގައި އިދިކޮޅު ޕީޕީއެމް އިން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއިދު ކުރަން ނިންމާފައިވާއިރު، ޕީޕީއެމް އާއި ޖޭޕީން ވަނީ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާތަކެއްކޮށް ނިންމުންތަކެއް ނިންމާފައެވެ.

ޖޭޕީން ފުރަތަމަ މަސައްކަތް ކުރީ ކޯލިޝަން އެއްބަސްވުމާއި އެއްގޮތައް ސަރުކާރުގައި ބައިވެރިވާ ހުރިހާ ޕާޓީއެއް ގުޅިގެން މަޖިލިސް އިންތިޚާބުގައި ވާދަކުރާށެވެ. ނަމަވެސް ކޯލިޝަން އެއްބަސްވުމާއި ހިލާފަށް އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމުމުން މިހާރު ޖޭޕީން ވެސް ނިންމާފައި ވަނީ 45 ދާއިރާއަކަށް ވާދަކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. މިގޭ

    މީ ކޮން އަނަގަ ހައްޕަޅިއެއްތަ. މިކަލޭގެ ދައްކާވާހަކަ އަޑުއަހަނީ ކާކު. ކަރާފަޅި ވަގު ގޯތި އަނަގަ ނުތަޅާ މަޑުން ހުރެ.

    63
    8
  2. އަފީ

    ގާސިމްގެ ކެނޑިޑޭޓުންނަށް ޕޕމ އިން ތާއިދު ނުކުރާނެ!

    11
    7
  3. ނުރަބޯ

    އައްޔާ. ތިޔައީ ބުރުމާ ގާސިމުގެ ބަސް ކަމަށް ވާނަމަ، އެމްޑީޕީ އަށް ވެރިކަން ހޯދައިދިން ގޮތަށް މަޖްލިހުގެ މެޖޯރިޓީވެސް އެމްޑީޕީ އަށް ހޯދައިދޭން ގަސްދުކުރީތޯ؟ ގައިމު އިހައްދުވަހު ގާސިމުބުނި، އެމްޑީޕީ އަށް މެޖޯރިޓީ ދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫނޭ. މިހާރު އޯކޭ ވީތޯ؟

    21
    2
  4. ކަޅުހުއްތު

    ސޭޓޫ އަދިވެސް ކަށިޖަހަން ދީގެން ހުންނަނީތަ.؟
    މޮޔަފުޅު ވެވަޑައިނުގަންނަވާ. އާދޭސް ދަންނަވަން.

    21
    1
  5. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކަލޭތީ މުޅި ޖޭޕީތަ ހޭބައްޔާ.. ކަލެޔަށް އެއްކަމެއްވެސް ނުވާނެ.. ކަލޭތަ މުޅި ޖޭޕީ އާންމު މެންބަރުންގެ ވޯޓުލަނީ.. މޮޔަ ގޮލައެއްމީ.. މަގޭވޯޓު ކަލޭ އެމްޑީޕީއަށް ދީބަލަނިކަން.. ބޮޑު ގަޅި ކަރާބެ..

    20
    1
  6. ނަގޫފިތޭ

    ނުހައްގުން ގަނެފާވާ ގޯތި، ނާޖާއިޒް މަންފާތަކަކީވެސް ދާއިމީ ކަންކަމެއްނޫން ނަމަވެސް ކޮންމެވެސް ފްރިންސިޕަލް ތަކަކާ އުސޫލްތަކެއް ހިފެހެއްޓި ކަމުގާވިޔަސް މަހުޝަރު ދުވަހު މިދުނިޔޭގާއި ފޮރުވި ކަންކަން ވެސް ހާމަވާނެ

    22
    2
  7. ނުރަބޯ

    ޔާމީންގެ ކެނޑިޑޭޓުންނަށް ޖޭޕީ އިން ތާއީދެއް ނުކުރޭ، އެކަމަކު ޔާމީންގެ ފަޅިން ޖޭޕީއަށް ބައެއް ގޮނޑި ދޫކޮށް ޖޭޕީގެ ކެނޑިޑޭޓުންނަށް ތާއީދުކޮށް ގޮނޑިހޯދައިދޭންވެސް ޖެހޭ؟ މިއީ އަޅެ އަރަތެއްތަ؟

    15
    3
  8. ބެއްޔާ

    ބޮޑު ބިޔަ އެއްޗެހި ގިނައިން ކާނެ. ނުލިބިއްޖެއްޔާ ޖަހައިގަނެގެންވެސް ކާނެ.

    19
  9. Anonymous

    ކަރާ ބަނޑު، ކަލެއާއި ޖޭޕީ ދުވަހަކު ޔާމީނުގެ މެމްބަރުންނަށް ތާއީދު ނުކުރިޔަސް ގަޓު ރައީސު ޔާމީންއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ، މިގައުމުގެ އެއްލައްކައަށްވުރެ ގިނަރައްޔިތުންގެ ތާއީދު އެމަނިކުފާނަށް ދެމިއޮތްހާ ހިނދަކު، ކަލޭ އެމްޑީޕީގެ ރިޝްވަތު ޑޮލަރުބޮނޑިއަށް ދަމާއިގަތްގޮތަށް ރިޝްވަތުން ނިގުޅާއިގެންފައިވާ މިސަރުކާރު ﷲގެ އިރާދަފުޅުން ޠޫފާނެއްގެތެރެއިން ޖަހައްނަމައަށް ދަމައިގަންނައިރަކު ކަލޭ ސަލާމަތްވާނެކަމައްތަ؟؟

    13
    1
  10. ޕްރައިވެޓް

    ކަލޭ ބުނީމާ ތިކަން ޖޭޕީ ގެ އާއްމު މެމްބަރުން ގަބޫލު ކުރާނެ ކަމަށް ތަހީކުރީ. ތީ ކުށްހީއެއް.

    18
    1
  11. މުހައްމަދު

    މީކޮން ކޮރަޕްޓް ކަރާފަޅިޔެއްތަ؟ ގައުމުގާ ފިތުނަ ފަސާދައުފައްދާފާ މިގައުމުގެ ތަރައްގީގެ ބާނީ ޖަލަލާއިނެން ތިޔަކޮރައްޕްޓް ބާއިގަނޑަކަ މާގިނަދުވަހަކު މިގައުމުގާ އުފަލުގާ ތިބުނަކަ ނުދޭނަން.

    12
    1
  12. އިމްސާ އާދަމް

    ކަލެއަށް ތާއީދުކުރާ މީހަކު މި ދިވެހިފަސްގަނޑަކު މިހާރަކުނެތް! ނާޤާބިލް އެއްފަރާތްކޮށްފަ އަގަތަޅާދިންތަނަށް އިނާމެއްގެގޮތުން ނުއުފުލޭމަޤާމެއް ތިއޮތީ ލިބިފަ! ބޮޑުވަގު

    15
    1
  13. ހެހެ

    ތިއީ ޖުމްހޫރީ ޕާޓީ ގެ ވެރިމީހާތަ..ތިދެން ކާކު އިގޭ ތީ ކަރާ ފަޅާ މީހެއްކަން

    15
    1
  14. ފފފ

    މީނަހިތުން މިއީ މިގަމުގެ ރައީސް..ބޯހަލާކު

    15
    1
  15. އާންދު

    މިއީ ދެން ކާކުތަ.ކަލޭކައިރީގައި މީހަކު ބުނީތަ ތާޢީދުކުރާށޭ.

    16
    1
  16. އާނދު

    އޭބަލަ ޖޭޕީ އަކީ ކަލޭއެކަނިތަ

    21
    1
  17. މިއަދު

    އަލީވަހީދު އެބުނީ ތެދެއް ވަޒީރުކަމަކީ ވަގުތީކަމެއް އެކަމު ކަނަމަދު ވިއްކައިގެން ލިބުނު މުއްސަދިކަމަކީ ދާއިމީކަމެއް އެހެންވީއިރު މިނިސްޓަރުކަންކުރުމަށްވުރެ ފައިދާބޮޑުވާނެދެއްތޯ ގަސިމު އިބުރާހިމްގެ ރިސޯޓެއްގެ މެނޭޖަރެއްގެގޮތުގައިހުރެ އެރަށުގެ ހޭޅިފަށުން ކަނަމަދު ހޮވައިގެން އެއިންމަދުފަޅައިގެން ވިއްކުން ހެހެހޭ

  18. މިއަދު

    މިޢަލީވަހީދަކީ ކުރިންވެސް އެމްޑީޕީ މީހެކޭ ޑީއާރުޕީއަށް އައީ އެމްޑީޕީން ފޮނުވުމުން އެތަން ރޫޅާލުމަށް އެކަންކޮށްފި ދެން ޕީޕީއެމާއި ޖޭޕީ ގުޅިގެން މިގައުމު ހަމަމަގަށް އަޅުވާ އަޅުވެތިކަމާދިމާލަށް ގެންދާ ގެންދިއުމުގެ މިސްރާބު ބަދަލުކޮށްފާނެހެން ހީވުމުން މިހާރު އެއުޅެނީ އެކަންވެސް ހުއްޓުވަން މީނަގެ ވަޒީފާއަކީ އެމްޑީޕީއަށް ކުރިމަތިވެދާނެ ހުރިހާ ހުރަސްތަކެއްނެތިކޮށް އިދިކޮޅު ޕާޓީތައް ރޫޅުން އިންޝާﷲ މިފަހަރު އެކަމެއް ނުވާނެ ޕީޕީއެމާއި ޕީއެންސީގެ އަކީ ހަމައެކަނި ޔާމީނެއްނޫން ކެންޑިޑޭޓުންނަކީވެސް ޔާމީނެއްނޫން އެދެޕާޓީން ނުކުމެތިބީ އަލީވަހީދަށްވުރެ ފަސްބައިސާފު ބޭފުޅުން އެބޭފުޅުންނަކީ ގާސިމު އިބުރާހިމަށް ހެޔޮއެދި މިހިނގަރިޔާސީ ދައުރު އިބޫއިސްތިއުފާދިނުމާއެކު ގާސިމަށް ހޯދަދިނުމަށް އަޒުމު ކަޑައަޅައިގެން ތިބި ގާސިމަށް އިހުލާސްތެރިން އިންޝާﷲ އެކަން މިފަހަރު ކުރަނަން

  19. ލައިލާ

    އަލީ ވަހީދު އެބުނީ ރަނގަޅަށް.. އަލީ އެއީ އަހަރެމެންގެ މީހެއް..

    1
    1
  20. ލައިލާ އޮ ލައިލާ ލައިލާ

    އަލީ އެއީ އަހަރެންގެ މީހެއް

  21. މެޑަމް އައިޝާ

    އަލީ ދޫނީ.. މިގޭމް ނިމެންދެން މަޑުން ހުރެބަލަ.. ދެމީހުން ފަހުން ބޭރަށް ކަނޑާލާނީ..

  22. ބުރޯ

    އަލީވަހީ ވިސްނަނީ ހުރިހާ ސީޓް އެމްޑީޕީއަށް ދޭންބާ ؟

    1
    1
  23. ކެޔޮޅު

    ޖޭޕީން ދިޔަފެލާނިނުނީ ދެންފެންނާނީ އެމްޑީޕީން އަލީވަހީދު ތީހަމަ ފައްކާ ދެފުއް ކެހެރިއެއް!!

  24. ައަހަރެން

    ދުލި ބަދަލުކުރިޔަސް ނާރުތަކުގަ ތިހިރަގެން ދައުރުވަނީ ރީނދޫ ކުލަ....ގާސިމް މިކަމަށް ވިސްނައިގެން ހުރުން މުހިންމު....
    ދީނެއް އުސޫލެއް ހަމަ އެއް ލަމަ އެއް ނެތި ތެޅޭ "ހައިވާނުން" ގެ ހުންނާނީ ކޮން ތެދުވެރިކަމެއްތޯ....؟