ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރައްވާފައި ހުންނެވި މ.ހުއިވަނިި އިސްމާއިލް ޔާސިރު، އެސްޓީއޯގެ ބޯޑަށް އައްޔަން ކުރިތާ ދެ ހަފުތާ ނުވަނީސް ބޯޑުން ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން ބުނީ އިސްމާއިލް ޔާސިރު އެސްޓީއޯގެ ބޯޑުން ވަކިކުރެއްވީ އިއްޔެ ކަމަށެވެ. ކުންފުނިތަކުގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކޮށް ވަކިކުރުމުގެ މަސައްކަތް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިންނެވެ.

ޔާސިރު އެސްޓީއޯގެ ބޯޑަށް އައްޔަނު ކުރެއްވީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. ޔާސިރު އެސްޓީއޯގެ ބޯޑުން ވަކިކުރީ އޭނާ އެމަގާމު ގަބޫލުފުޅު ނުކުރެއްވުމުން ކަމަށް މައުލޫމާތު ލިބެއެވެ.

އެސްޓީއޯގެ ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވަނީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަމްރު އާއި އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު މިހާދުގެ އިތުރުން ޑިރެކްޓަރު އާމިރު މަންސޫރާއި މަރިޔަމް ޒާހިޔާ އާއި އާންމު ހިއްސާދާރުން ތަމްސީލު ކުރައްވާ ޑިރެކްޓަރު އައިޝަތު ފަޒީނާ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޯހަލާކު

    ޔާސިރައް އިގުނީ ތިތާގެ ހާލު

    6
    1