ހުޅުމާލޭގައި ކާރެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް މަގުގެ އެއްފަރާތުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކާރު އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިންނެވެ.

އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އެކްސިޑެންޓް ހިނގި އިރު ކާރުގައި އިނީ ޑްރައިވަރު އެކަނި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކާރު ހޮޅިދަނޑީގައި ޖެހުމުގެ ސަބަބުން ވަރަށް ބޮޑަށް ކާރަށް ވަނީ ގެއްލުން ވެފައެވެ.

މިއެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެއެވެ.

ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ފުލުހުން ރޭ ވަނީ އެކްސިޑެންޓްތައް މަދުކުރަން ހާއްސަ އޮޕަރޭޝަނެއް ވެސް ފަށާފައެވެ. ސިނަމާލެ ބުރިޖާއި ހައިވޭގައި ޗެކް ޕޮއިންޓްތައް ޖަހައިގެން ފުލުހުން ގެންދަނީ ވެހިކަލްތައް ޗެކް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޒާ

    ވިސްނަންވީ މަސްތުވާ ހާލަތްތައް ޢާޢްމުވެފައިވާކަން.

    3
    1
  2. އެންދެރި

    ޕްރައިވެޓް ކާރު ދުއްވަން ބޭރު ޑްރައިވަރުން ގެންނަން ހުއްދަ ދޭނެނ ކަމެއް ނެތެވެ.

  3. ޙަސަނު

    ފުލުހުން ތިބޭނީ އޭ ސީ ރޫމްގަ ފޮނި އަނގަ ތަޅަން

    7
    4
  4. އަލީ

    އަވަހަށް ޖިނާއީ ދަޢުވާ ކުރޭ؟
    ލައިސަންސް ބާޠިލުކުރޭ

    6
    1
  5. ރެޓޭ

    މިއަދުވެސް ބްރިޖް މަތިން ގިނަ ނުރައްކަލަކަށް މަގުފަހި ވެދާނެފަތަ މަންޒަރުތައް ފެނުނު. އެކަމަކު ހައިވޢ އާއި ބްރިޖްމަތިންވެސް ފުލުހަކު ނުދެކެން.

  6. މުކި

    ޕްރައިވެޓް ކާރެއްތަ؟ އަލްހަމްދުﷲ

    1
    3
  7. މަވަރެއް ނެތް

    ކާރަކަށް އެރެނިކޮށް ހިތް އާސްމާނަށް އެރީމާ، ދެން ކާރު އަރާނެ ތަނެއްވެސް ހޯދަންވާނެ ނުން. ފޮނިބޮޑުކަމުން ވާގޮތްގޮތް ތީ. ތިމާމެން އަތުގަ ނޫނީ ކާރެއް ނޯވެޔޯ!

  8. އަހުމަދު

    އޭ އަވަހަށް ލައިސަންސް އާކުރަންވީދޯ. ކަލޯގަޔާ.........

    2
    1