މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތައް ލިބެންޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ އިން މަނީ ލޯންޑަރިން ހިންގި ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތައް ހިންގި އިރު އެކަން ހުއްޓުވަން އެމްއެމްއޭ އިން އިހުމާލުވެފައިވާ މައްސަލައިގައި އެ ތަނުގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވަން އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ އިން ނިންމައިފި އެވެ.

ނަމަވެސް ދައުވާ ކުރަން ފޮނުވަން ނިންމާފައި ވަނީ ކޮން ވެރިންތަކަކަށް ކަމެއް އެމްއެމްއޭ އިން ވިދާޅެއް ނުވެއެވެ. އެމްއެމްޕީއާރްސީ ޚިޔާނާތް ހިނގި ދުވަސްވަރު އެމްއެމްއޭގެ ގަވަރުނަރަކަށް ހުންނެވި ޑރ.އަޒީމާ އާދަމާއި ޝައްކު އުފެދޭ މުއާމަލާތްތައް ތަޙްޤީޤު ކުރާ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ވެރިޔަކަށް އޭރު ހުންނެވި އާތިފް ޝުކޫރު މިހާރު ވަނީ މަގާމުން ވަކިވެ ވަޑައިގެންފައެވެ.

އޭސީސީން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ އެކައުންޓަކުން އެސްއޯއެފަށް 59 މިލިއަން ރުފިޔާގެ ޗެކެއް ޖަމާކުރުމުން އެފްއައިޔޫ އަށް އެމައްސަލަ ހުށަހެޅި ކަމަށެވެ. އެ މައްސަލަ އެފްއައިޔޫ އިން ބަލައި ތައްޔާރުކުރި ރިޕޯޓުގައި އެސްއޯއެފުން މަނީ ލޯންޑެރިން ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތަކެއް ހިންގި ކަން ސާފުވާން އޮތް ކަމަށް ވެސް އޭސީސީން ވިދާޅުވެއެވެ. ނަމަވެސް އެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ހުށަނޭޅީ ވަކި ފަރާތެއްގެ ނުފޫޒުން ކަމަށް އޭސީސީން ކުރި ތަހުގީގަށް ފަހު ވަނީ ތުހުމަތުކޮށްފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން އެމްއެމްއޭ އާއި އޭސީސީ އަށް ވެސް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ގިނަ ބަޔަކު ގެންދަނީ އެމްއެމްއޭ އާއި އޭސީސީގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކުރަމުންނެވެ. ނަމަވެސް އެދެއިދާރާ އިން ވެސް ތުހުމަތުތައް ދޮގުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޞަލާޙް

    ކޮބައިހޭ އެމްޑީޕީ ސަރުކާރުން ދަވައިލި 1.2 ބިލިޔަން ރުފިޔާ؟

    12
    2
  2. ޕާޓޭ ގެ ޑެޑީ

    Ibu be vaki meehehge kandhuraa akah moonakah balaame kameh neh nagaa golhi yah laa aharunge laari kaigen varah gina dhuvahu ulhefi nun mimeehun varah araamuga

    3
    3