ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ބަންދަށް 13 ދުވަސް ޖަހައިފިއެވެ.

މަހުލޫފްގެ ބަންދަށް ކްރިމިނަލް ކޯޓުން 13 ދުވަސް ޖެހީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިރޭ ކޯޓަށް ހާޒިރުކުރުމުންނެވެ.

މަހުލޫފް ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރަން ނުޖެހޭއިރު ކުއްލިއަކަަށް އެމީހުން ކޯޓަށް ހާޒިރުކުރަން ނިންމި ސަބަބެއް އެނގިފައެއް ނުވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މަހުލޫފްގެ އިތުރުން ވެސް ފުލުހުން ވަނީ މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރުކޮށްފައެވެ. މީގެއިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައެވެ.

އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ވެސް ފުލުހުން ވަނީ މީގެކުރިން ހައްޔަރުކޮށްފައެވެ،

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ސާބަަހޭ

  2. ނިޔާޒު

    ޙަމަ ރަގަޅު ގޮނޑިނުގެއްލޭތަ

  3. ޞ

    ޙަމަ ރަގަޅު ގޮނޑިނުގެއްލޭތަ

  4. އަޙްމަދު

    الحمدالله

  5. ބަލާބަލަ

    މަހްލޫފު މެންނަކީ ފިރިހެން ވަންތަ މަސައްކަތެއް ކުރަން ދަންނަ ބަޔެއް ވެސް ނޫން އެމެންނަށް ނޭގޭނެ ގައުމެއް ތަރައްގީ ކުރާއިރު ކުރަން ޖެހޭނެ ކަން އަދި ފުރިހަމަ ވާން ޖެހޭނެ ރުކުން ތައް. އެމެން އެމެންނަށް ކަޓް ލިބޭވަރު މަދުވެގެން ބްރޯ އާއި ޖޭވިގޮތަށް ޕީޕީއެމް އަށް އެމެން ހަރާމް ކޯރުވެގެން އެމެން އިދިކޮޅާއި ގުޅިގެން ފުއްޕާފައި އުޅުނަސް އެމެންގެ އާއިލާ ނޫން ބަޔަކު އެމެންނާއި ނުގުޅޭނެއެވެ. އެ ވައްތަރު އެއްޗިއްސަށް މަމެން ކިޔަނީ ދަ ބަތާހަރާމީން ނެވެ. މަހްލޫފު މެން ތިޔާއީ މިހާރު ސިޔާސީ ކޮލޭޓްރަލް ޑެމޭޖް އެވެ. ކޮންމެހެން ރައްޔިތުންނަށް ބޭނުންވާ ކޮމްޕޯނެންޓް އެއް ނޫނެވެ. މާލޭގެ ގަލޮޅު އުތުރު ދާއިރާގެ އީވާ އަދި ދެކުނު ދާއިރާގެ މަޚްލޫފުގެ ފަރާތުން ރައްޔިތުންނަށް ކުރަނީ ކޮން ފައިދާ އެއްތޯ ދެމީހުން ކުރެ އެކަކަށް ވެސް ނޭނގޭނެ އަމިއްލަ އަށް ބިލެއް ޑްރާފްޓް ކޮށްގެން މަޖްލީހަށް ވައްދަން. އީވާ ކަމަކީ ވެސް ދުންޔާ އަށް ބްލީ ކޮށް ވީޑިއޯ ކުޅުން ދޯ. މީ ދެން ވަރަށް ބޮޑަށް ސައުތު ސައުތު ކަންޓްރީ ސައިޑް ސްޓައިލް ކަނޑިކި ނަގާ މަގުމަތީގައި ދައްތަ އާއި ކޮއްކޮ އަލަމާރި އަކާއި ހެދި އަރައިރުން ވުން ފަދަ ކަންކަން ދޯ.