ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ރައީސް، ގާސިމް އިބްރާހީމް ރައީސް ކަމަށް ގެންނަން ޕްރޮގްރެސިވް ކޯލިޝަނުން ތާއީދުކޮށްފިއެވެ.

ޕްރޮގްރެސިވް ޕާޓީން މިހާރު ބާއްވަމުންދާ ނިއުސް ކޮންފަރެެންސްގައި އެ ކޯލިޝަނުން ވިދާޅުވެފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް އިސްތިއުފާދީ، އިންތިގާލީ ސަރުކާރެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

ސަރުކާރުގެ ކޯލިޝަންގައި ގާސިމްވެސް ހިމެނޭ އިރު، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ކޯލިޝަން ތެރެއިން ގޮނޑިތަކަށް ވާދަކުރުމާ މެދު ގޮތެއް ނުނިމި، ވަކިވަކި ޕާޓީތަކުން ވަނީ ގޮނޑިތަކަށް ވާދަކުރަން ނިންމާފައެވެ. އެ މައްސަލައިގައި ގޮތެއް ނުނިމި، ކޯލިޝަން ތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ އިރު، ކުރީގެ ރައީސް ޔާމީންގެ ޕީޕީއެމްއާއި އަބްދުރަހީމް އަބްދުﷲގެ ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ގާސިމްއާއެކު މަޖިލީސް އިންތިހާބަށް ނުކުންނަންވެސް ނިންމާފައެވެ.

ރައީސް ޔާމީން ހައްޔަރުކުރުމާއި ގުޅިގެން ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ގޮވާލާފައިވާ އިރު، އެ ސަރުކާރުގެ ރައީސްކަމުގެ މަޤާމަށް އައުމަށް ޤާޞިމް އިބްރާޙިމަށް ތާޢީދު ކުރައްވާކަންވެސް ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މުރޭ

    ހަމަ އެހާ ވަރައް ވެރިކަން ބޭނުންތޯ. އަނެއްކާ ކާސިމް ވެރިކަން ބޭނުންތޯ؟

    26
    18
  2. Anonymous

    މިއީ ކުރަންވީ ކަމަކީ. ގާސިމަކީ ދިވެހި ދަރިއެއް. ރައީސް ޔާމީން ފިޔަވައި ދެން މިގައުމަށް އެންމެ ރަނގަޅު ގޮތަކީ ގާސިމް ވެރިކަމަށް ގެނައުން.

    62
    47
  3. ދޔބު

    އަދި ކިރިޔާ މިދަނީ ރަނގަޅަށް. އިންޝާ ﷲ މިގައުމަށް ދެރަގޮތެއްނުވާނެ. އިސްލާމްދީނުގެ އަދުއްވުންނާއި، ގައުމުގެ ގައްދާރުން ބަލިކުރައްވާށި. އާމީން.

    68
    18
  4. Anonymous

    އެންމެ ރަނގަޅުވާނީ ގާސިމަށް މިގައުމުގެ ވެރިކަން ހަވާލުކުރުމުން. ވަރަށް ރަނގަޅު ނިންމުމެއް ތި ނިންމެވީ. ޝުކުރިއްޔާ ޕްރޮގްރެސިވް ކޯލިޝަން.

    60
    25
  5. Anonymous

    އަހަރެމެން އެންމެ ދެކެން ބޭނުންވާ ދުވަހަކީ، އޮނަރަބްލް ގާސިމް މިގައުމުގައި ވެރިކަންކުރާ ދުވަސް. ވަރަށް އަވަހަށް އެދުވަސް ފެންނާނެކަމަށް މިބަލަނީ.

    62
    31
  6. ހާލާ

    ގައުމަށްޓަކައި ކުރަންވީ އެންމެ މުހިންމު އެއްކަމަކީ، ގާސިމް އިބްރާހީމް ވެރިކަމަށް ގެނައުން.

    56
    30
  7. ދެރަކަލޯ

    މިހާރު ތިކަން ތިދަނީ ކުރިން ކީގޮތާ ހިލަފަށް ކުރީގެ ރައީސް މުހައްމަދު ނަސީދުއަ ހަވާލު ކުރާ
    ވާހަކަ މިހާރު ތިކިޔަނީ ކޮންލަވައެއް

    13
    25
  8. މާމަ

    ގައުމައްޓަކާ ކުރަންވީ ކަމަކީ އަދި އިތުރަށް 4 މީހުންނާ އިންނަންވީ

    19
    26
  9. އަލީ

    ޕްރޮގްރެސިވް ޕާޓީގަ މަޖިލީޙު ކިތައް ގޮނޑި އޮތީ.

    13
    31
  10. ސލ

    މިދަނޑިވަޅަކީ ދިވެހިގައުމުގެ ވެރިކަމާ ގާސިމް
    އިބުރާހިމް ހަވާލްވާން އެންމެރަނގަޅުވަގުތެވެ
    ހީލަތްތެރި މޑޕ އަތުގައި ވެރިކަމުގެ ލަގަން
    އޮތުމަކީ ބިރވެރިކަމާއި ނާމާންކަމުން ފުރިގެންވާ
    ކަމެކެވެ ރާއްޖޭގެ މިނިވަންކަމާއި ސިއާދަތު
    ގެއްލިގެން ހިގައިދާނެކަމެކެވެ
    ގާސިމް އިބްރާހިމް ވެރިކަމަށް ވަޑައިގަތުމަށް
    ކުރެވޭމަސައްކަތަށް ތާއީދުކުރަމެވެ.

    23
    9
  11. Anonymous

    މޮޔަސޭޓް ހައްދައިގެން ގެންގުޅެންވީ

    13
    21
  12. އަލްޖިބްރާ

    ކަލޭމެންގެ ކަމަކީ ބަޣާވާތް ކުރުން ! ކަލޭމެން އެކަން ކުރާނެ ! އެއީ މުޖައްރިބު ކަމެއް ! ޤާސިމަކީ ބޮޑު ބާޣީއެއް !

    12
    8
  13. މނ

    ބޮޑު ބާގީގެ ދަރީގެ ފިރިމީހާ އަކީވެސް ހަމަ ބާޤީއެއް. ބާޤީން ނައް ވެރިކަން ދީގެން ތިބެން ހެޔޮނުވާނެ. މި ލޮބުވެތި ވަތަން ބާޤީން ގެ ކިބައިން މިންޖުކުރައްވާށި. އާމީން...

    11
    1
  14. ރެކިފުތާ

    ރައްޔިތުން ވަނީ ކުރިއަށްއޮތް 5 އަހަރަށް ވެރިޔަކު ހޮވާފައި. ސޭޓު ކިތަންމެ ވެރިކަން ބޭނުންވިޔަސް ނާޖާއިޒް ގޮތުގައި ބަގާވާތްކޮށްގެން ވެރިކަމަށް އަންނަން ހިތައްވެސް އަރުވައިގެންނުވާނެ. ކުރިއަށްއޮތް ދުވަސްތަކުގައި ރަނގަޅަށް ވެރިކަމުގެ ރަހަ ސޭޓަށް ލައްވާލާނަން.

  15. ނޫން

    މިހާރު މިއޮތްވެރިކަމަކީ ނޮވެމްބަރ 3 ގައި މިގައުމުގައިއޮތް އިސްލާމްދީނާ މިނިވަންކަމާ އަދި ސިފައިންގެއެތައްބަޔަކާ އާނމުރައްޔިތުންގެ އެތައްބައެއް ޝަހީދުކުރި އަސްލު (ބާގީން)ގެވެރިކަމެއް.މިބައިމީހުންނަށްވުރެއް ވެރިކަމަށް ދަހިވެތިވާނެ އެހެންބަަކު ނޫޅޭނެކަން ކަށަވަރު.

  16. މޮޔަ

    މިސަރުކާރަކީ ވޯޓުން ވައްކަންކޮށްގެން ވެރިކަމަށްއައިސަރުކާރެއް މީ ރައްޔިތުން ހޮވި ސަރުކާެރެއްނޫން