ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ މާދަމާ ރޭ މުޒާހަރާއަށް ނުކުންނަން ޕްރޮގްރެސިވް ކޯލިޝަނުން ނިންމައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ނިންމާފައި ވަނީ ނުޒާހަރާ އޮންނާނީ މާދަމާރޭ 8:30ގައި ކާނިވާ ސަރަހައްދުގައި ކަމަށެވެ. އަދި އެ އެއްވުމަކީ އެއްވެ އުޅުމުގެ އުސޫލާ ގާނޫނާ އެއް ގޮތްވާ ގޮތުގެ މަތިން މާލޭގައި އެއްވެވެން އޮންނަ ސަރަހައްދަށް އެއްވާ އެއްވުމެއް ކަމަށްވެސް ޕްރޮގްރެސިވް ކޯލިޝަންއިން ބުނެފައިވެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާތު ފައިސާ ބަހާލި އެކައުންޓް، ސްކޯސް އޮފް ފްލެއާސް (އެސްއޯއެފް)ގެ އެކައުންޓުން ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވެފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުގައި ބެހެއްޓުމަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޕީ.ޕީ.އެމް ޕާރލިމެންޓް ގުރޫޕުގެ ލީޑަރ، އަދި ވިލިމާލެ ދާއިރާގެ މެމްބަރ އަޙުމަދު ނިހާނު ޙުސައިން މަނިކު ވިދާޅުވީ، ރައީސް ޔާމީން ހައްޔަރުކޮށްފައި އެވަނީ ރާއްޖޭގައި ހެދިފައިވާ ޤާނޫނު ތަކާއި ޤަވާއިދުތަކާއި ޚިލާފަށް ކަމަށާއި، ހެކިފޮރުވަން ބޭނުންވި ނަމަ އެކަން ކުރައްވާނެ ދުވަސް ރައީސް ޔާމީނަށް ލިބިވަޑައިގެން ކަމަށެވެ.

"ހެކިފޮރުވަފާނެކަމަށް ބަންދުގަ ބަހައްޓައިގެން ރައީސް ޔާމީންގެ ޝަރީޢަތް ކުރިއަށް ގެންދިއުމުގެ ޙުއްޖަތް ވަރަށް ވަރަށް ބޮޑަށް ހަނި. 2018 ސެޕްޓެމްބަރ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ސަރުކާރު ބަލިވުމާއި ގުޅިގެން މި ދޭތުވެ ދިޔަ ހުރިހާ ދުވަހަކު އެމަނިކުފާނު އެ ހުންނެވީ މާލޭގަ." ނިޙާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މުހައަމަދު

    އަހަރެމެން މުޅިއާއިލާ އެއްކޮށް ތިއެެއްވުމަށްދާނަން.

    56
    31
  2. ހަސަންންބެ

    އެސް.އޯ.އެފް މައްސަލަ އިބޫ ސޯލިހް އަތަށް ގޮވައި ހަދާނެ ގޮތް ނޭނގި މޮޔަވެގެން އިންތިޚާބުގައި މެޖޯރިޓީ ނުލިބޭނެ ކަން ޔަޤީންވާތީ ޔާމީނު ޖަލަށް ލާދީނީ ތިލަފަތް ޖަންގަލީގެ ޤާނޫނުނީ ހުކުމަކާ ނުލައި ވަކި މުއްދަތެއް ނެތި ޖަލަށް

    49
    16
  3. ޝާން

    100 މީހުން ހަމަވާނެ ބާ؟ އަދުރޭ އާއި ނިހާން ދާނެބާ؟

    25
    40
  4. މަކަރު ވެރިޔާ

    މިއޯތީ ސަދޫމަށްވެފަ އޭސީސީގެ ވެރިން އެވަނީ ސަދޫމްގެ ގާޒީންނަންވެފަ.ގައުމުގަ ގިނަމުއަންސަސާތަން އަދި ގިނަ ރަންއިތުންވެސް ވަނީ ހަރާން ފައިސާއަށް އާއެކޭބުނެފަ،ޔާމިނު ރައީސް ރަންއިތުންގެ ލޮލުގަ އަދުންއަލުވާފަ ގައުމު ތަރަންގީ ކޮންދެނީ ގައުމުގެ ހަޒާނާ މިރައިސްގެ އެކައުންޓަން ލަންވަވާފަ.ހަރަާން ފައިސާ އިން ގިނަވިޔަފާރަވެރިން ޑޮލަރުގަންނަނަމުގަ މަކަރާހީލަންހަންދަވާފަ.ސޭޓު ރީސޯޓުތަކަން ދަންކަން ޖެހޭފައިސާ ނުދެންކިއަސް .ރަންތަކަން ދަންކަންޖެހޭ ފއިސާނުދ

    16
    13
  5. އަފީ

    ސާބްސް! މުޒާހިރާގައި އަލުގަނޑު ހުންނާނެ! އިންޝާﷲ

    27
    9
  6. ކަލާމް

    ކާނިވާ އޮންނާނެ. އިތުރު ތަނަކަށް އެއްނުވެވޭ ގަވާއިދު ފާސްކުރީ އަމިއްލައަށް. ރައްޔިތުން މިތިބީ ބަލަން

    17
    13
  7. ޏ

    ހުރިހާ ރައްޔިތުން މުޒާހަރާ އަށް ވަޑައިގަތުމަކީ
    އެދެވިގެންވާކަމެކެވެ މިއަނިޔާވެރިކަމުން މިންޖުވާން
    އެބަޖެހެއެވެ.

    33
    19
  8. އަލްޖިބްރާ

    ކަލޭމެނަށް އެއްވެސް މުޒާހަރާ އެއކުރެވިގެން ނުވާނެ ! ކަލޭމެންގެ ބާރު އޮތްއިރު ފިތާލި ގޮތަށް ފިތާލަން ޖެހޭނެ ! އެހެންނޫނީ ތިކަހަލަ ބައިގަޑަކަށް ތަންދޮރު ނުފިލާނެ !

    11
    18
  9. ޚުއްގަބޫލް

    ވައްކަމާ މަކަރާ ފޭރުމާ ހިޔާނާތުން ދިރިއުޅޭ އެންމެހައި ކުއްވެރިންވެސް ސިޔާސީ ޕާޓީ އެއް ރަޖިސްޓުރީ ކުރުން މޮޅުކަމެއް ހަމަ ހައްޔަރު ވާއިރައް ކުދިންކޮޅެއް ލައްވާ މުޒާހިރާ ކުރުވާނީ އެހެން މީހުންނައް ބލ ޔަކައްވަންދެކަ.

    3
    3
  10. ދަތްދޫނި

    ތަމެންގެ ފައިސާ ގޯނި ތަކުގެ ތުންތައް މޮހެލާ! އޭރުން ދާނެ ވަރަށް ގިނަ މީހުން ވެދާނެތޯއްޗެއް!

    4
    4
  11. ޔާނު

    އަހަރެންނުދާނަން ޕީޕީއެމް އަހަރެން ބޭބެ އށް މަޖިލިސް ޓިކެޓްދީފަ ފޯމުވެސްލީފަހުން އަތުލާފި ޖޭޕީ އަށް ދޭން. ނުދާނަން ނުދާނަން.

    4
    5
  12. ސަޓޯ

    މުޒާހަރާއަށް ގޮވުން މާލަސްވެއްޖެ!

    11
    3
  13. ޓިނު އަލީ

    ކިހާވަރަކުން ދާނެބާ އަދިވެސް ގަދަ ބަސް ބުނަނީތާ ކާކުބާ އެގޮވާ ގޮވެލިފަތި އަޑު އަހާނީ

    3
    1