އެފްއޭއެމްއިން ހިންގާ ހުރިހާ މުބާރާތްތަކުން، ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބު ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރަން ނިންމި އަބުރާ ގެނެސް އިރުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ބަޔަކު އުޅޭނަމަ އެމަކާއި ފޭސް ކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެއްވި މިނިސްޓަރ އޮފް ޓޫރިޒަމް، އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ޔޫތް މިނިސްޓްރީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ މިއަދު އެފްއޭއެމް އާއި ރާއްޖޭގެ ހުރިހާ ކްލަބްތަކާއި އެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އެކްޓިން ޔޫތް މިނިސްޓަރެއްގެ ހައިސިޔަތުން އެފްއޭއެމް އިން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރި ކުރުން ބަލައެއް ނުގަންނަ ކަމަށެވެ.

"ރާއްޖޭގެ އެންމެ ދުވަސްވީ ކްލަބްތަށް ސަސްޕެންޑް ވެގެން ބޮޑު ތަޅާފޮޅުމަކަށް ރާއްޖޭގެ ފްޓްބޯޅަ ދިޔުމަކުން އެއްވެސް ބަޔަކަށް ލިބޭނެ ފައިދާއެއް ނޯންނާނެ , ވަކި ވަޔަކު ވަކި ކަމެއް ކުރަން ނިކުތުމުން ސަސްޕެންޑް ކުރަން ޖެހޭނެ ކަމަށް ގަބޫލެއް ނުކުރަަން " އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ ހުރިހާ ކްލަބު ތަކެއްގެ ކުރިމަތީގައި ރާއްޖޭގެ ފްޓްބޯޅަ އެސޯސިއޭޝަންތަކުގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމުގެ ޔަގީން ކަން އެ ކްލަބުތަކަށް އެރުވި ކަމަށާއި މަޝްވަރާ ކޮށްގެން ކަންކަން ހައްލުކުރުމަށް ވަނީ އެދިފައި ކަމަށެވެ.

"ބަޔަކު އިތުބާރު ނެތް ކަމުގެ މައްސަލަ އަކަށް ޗެލެންޖް ކުރައްވާނަމަ އެ ވޯޓް ނެގުމަށް އަޅުގަނޑުމެން ވާނީ އެދިފައި , އަޅުގަނޑު ގަބޫލު ކުރަނީ އެކަން ކުރެވެން ޖެހޭ އެކަން ކުރުމަށް ފަހު އަލުން އިތުބާރު ހޯދަން ޖެހޭ " އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ މަހުލޫފު އެފްއޭއެމްގެ އެއްވެސް ކަމަކަށް ނުފޫޒު ފޯރުވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ އަލީ ވަހީދު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން ކަމަށާއި ބޭ އިންސާފުން ކަމެއް ހިންގާނަމަ އެކަމެއް ހުއްޓުވާނެ ކަމަށެވެ.

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އެދި، މިދިޔަ ހަފްތާ ތެރޭގައި ވިކްޓަރީން އެފްއޭއެމްއަށް ސިޓީ ހުށަހަޅާފައިވާ އިރު، އެ ސިޓީގައި ގިނަ ކްލަބުތަކުން ސޮއިކޮށްފައިވާ ކަމަށް ކްލަބުން މައުލޫމާތު ދީފައިވެއެވެ. އެފްއޭއެމްއާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ އިރު، އެފްއޭއެމްއިން ތުހުމަތު ކޮށްފައި ވަނީ ކްލަބުތަކުން ސިޓީގައި ސޮއިކޮށްފައި ވަނީ ޔޫތު މިނިސްޓަރު މަހުލޫފުގެ ނުފޫޒުން ކަމަށެވެ.

އޭގެ އިތުރުން އެފްއޭއެމްއިން ބުނެފައި ވަނީ ކޮންގްރެސްއެއް ބޭއްވޭ ވަރަށް ސޮއި ލިބިފައިނުވާ ކަމަށެވެ. އަދި މަހުލޫފު، އެފްއޭއެމްގެ ކަންތައްތަކަށް ބާރު ފޯރުވާތީ ފީފާއިން ވަނީ ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

ޔޫތު މިނިސްޓަރު މަހުލޫފް ވިދާޅުވެފައި ވަނީ އެފްއޭއެމްގެ ތެރޭގައި ސިޔާސީ ކަންތައްތަކެއް ހިނގާ ކަމަށާއި، ފައިސާގެ މުއާމަލާތްތަކުގައިވެސް ސުވާލު އުފެދޭ ކަންކަން ހުރި ކަމަށެވެ. އެފަދަ ތުހުމަތުތަކެއް ކޮށް، ސަރުކާރަށް އެއްބާރުލުން ނުދޭނެ ނަމަ، ކްލަބުތަކަށް ދޭ ފައިސާގެ އެހީތެރިކަން ނުދޭނެ ކަމުގެ އިޝާރާތެއްވެސް މަހުލޫފު ވަނީ ދީފައެވެ.

އަލީ ވަހީދު އެފްއޭމްއަށް ބަހުގެ ހަމަލާތަކެއް ދީފައިވާ އިރު، އޭނާއަކީ ކުރިން ނިއުގެ ޗެއާމަނެވެ. އަދި އޭނާއަކީ ފުޓުބޯޅަ ކޯޗެއްވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ސުޢޫދު

  މިހާރުވެސް ތިގެއިން ކިއްލިތަޅާ ވިއްކާތަ؟

  23
 2. ކިއްލިމިލިއަނަރު

  ނިއުއިން ކިހާވަރެއް މީނަ ހޯދިބާ ތިޔަހެން ބުނެލަން؟ ފައިސާ އާއި ހެދި ބޫތު ކައިފަ ހުރި މަރުމޯލެއް މީ. ފެންނަ އިރު ވެސް ފެންނަނީ ތުން އައްސާފަ އޮތް ލާރި ގޯންޏެއްގެ ސިފައިގަ.

  15
 3. ޢަލީ އަހުމަދު

  ވަކި މީހަކަށް ނުބައްދަލް މާލީ މަންފާ ލިބުމަކީ. ޣަބީލު ކުރާކަމެއްނޫން

 4. ކަރާ

  މިހާތަނަށް އެފް.އޭ.އެމް.އާއި ދިމާކުރި މީހުން ވަނީ މަޤާމުން ވަކިވެފައި.

  12
 5. ދދދދދ

  ކިއްލި ތެޅުމަކީ ވަރަށް ފައިދާ ހުރި ކަމެއް. ކިއްލި ތަޅަން ޖެހިއްޖެއްޔާ އެކަމާ ފޭސް ކުރަން ވާނެ އެންމެންވެސް.

 6. ކަރާބޯޓް

  އެއްކަލަ ބޮޑު ކަރާ އެފްއޭއެމް ގަ ކަރާފަޅަންފެށީ ދެންނުހުއްނާނެ ހައްޓަކުހޭއް މުޅިތަން ސުންނާފަތި ކޮއްފަ ނޭވާއެއްލާނީ