އެވިޑް ކޮލެޖްގެ ޑެޕިޔުޓީ ވައިސް ރެކްޓަރ ކަމުގެ މަޤާމަށް އަލްފާޟިލް އަހްމަދު ފަޔާޒް ޙަސަން މިއަދު އައްޔަންކޮށްފިއެވެ.

އެވިޑް ކޮލެޖުން ބުނީ، މި މަޤާމަކީ އެވިޑް ކޮލެޖްގެ އޮނިގަނޑަށް މުޅި އަލަށް ތަޢާރަފްކުރެވުނު މަޤާމެއް ކަމަށެވެ.

އަހްމަދު ފަޔާޒް ހަސަން ވަނީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް ކަމުގެ އިތުރުން ތަޢުލީމީ ދާއިރާގައި ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ދާދި ފަހުން އެވިޑް ކޮލެޖްގެ އިސް މަގާމަތަކަށް ބޭފުޅުން ވަނީ ހަމަޖައްސާފައެވެ.

އެގޮތުން އެ ކޮލެޖުގެ ވައިސް ރެކްޓަރގެ މަޤާމަށް ޑރ. އިބްރާހީމް ލަޠީފް ވަނީ އައްޔަންކޮށްފައެވެ. މި ބޭފުޅާއަކީ ތަޢުލީމީ ދާއިރާއަށް ވަރަށް ގިނަ މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.