ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ އއ. ވެލިދޫ އައިލެންޑް ރިސޯޓުން މިއަދު ޑައިވިނަށް ދިޔަ އުމުރުން 69 އަހަރުގެ ފިރިހެން ފަތުރުވެރިޔަ ހާލު ދެރަވެގެން ބޮޑުފޮޅުދޫ ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އައީޖީއެމްއެޗް ހޮސްޕިޓަލަށް ގެނައި އިރު، މަރުވެފައިވާ ކަމަށެވެ.

ފެތުރުވެރިޔާ މަރުވިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ 10:38 ހާއިރުއެވެ. އިތުރު ފަރުވާއަށް މާލެ ގެންދިޔުމަށް ސީ އެމްބިއުލައިންސްގައި ފުރާފައި ވަނީ 12:46 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިއަދު މަރުވެފައި ވަނީ ނެދަލޭންޑްސްގެ ފަތުރުވެރިއެކެވެ.

ދާދި ފަހަކަށް އައިސް ރާއްޖޭގައި ކުއްލި މަރުގެ ގިނަ ހާދިސާތަކެއް ހިނގާފައިވާ އިރު، ރިސޯޓުތަކުގައި ފީނަން ގޮސް އުޅުނު ފަތުރުވެރިންވެސް ވަނީ ގިނަ އަދަދަކަށް މަރުވެފައެވެ. އެގޮތުން މިއަހަރު މިހާތަނަށްވެސް ފިލިޕީންސްގެ ދެމަފިރިންނެއްގެ އިތުރުން ރަޝިޔާ ފަތުރުވެރިޔަކުވެސް ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަޒީރާމަނިކު

    ނަޢޫޛުބިﷲ! މިސަރުކާރު އައިފަހުން މިޖެހިފައިވާ މުސީބާތެއްގެ ބޮޑުކަމާއެ!

    4
    1
  2. ޙ

    ރިސޯޓް ގެ ހުއްދަ ބާތިލް ކުރަން އައިޝާ އާއި ހަވާލު ކުރުމަށް ދަންނަވަން