ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ އުތުރުދާއިރާއަށް ވާދަކުރެއްވުމަށް އަލްއުސްތާޛު ޢަލީ އިބްރާހީމް ފޯމު ހުށަހަޅުއްވައިފިއެވެ.

ހިތަދޫ އުތުރު ދާއިރާގެ 19 ސަޕޯޓަރުންނާއެކު ފޯމު ހުށެހެއްޅުވުމަށްފަހު ޢަލީ ވިދާޅުވީ، ޤާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންގެ ބާރު މިފަހަރު ރައްޔިތުންނަށް އަނބުރާ ލިބޭނެކަމަށެވެ. އަދި އެކަމަށްޓަކައި ހިތަދޫ އުތުރު ދާއިރާގެ ހުރިހާ ރައްޔިތުން ތިބީ ތައްޔާރަށްކަމަށެވެ.

ހިތަދޫ އުތުރުގެ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީއަށް އެ ރައްޔިތުން މިފަހަރު އާނއެކޭ ބުނާނެ. ރައްޔިތުން މަޖިލީހުގައި އުތުރު ދާއިރާގެ ރައްޔިތުންގެ އަޑު ކެރިގެން އިއްވާނެކަން ޔަޤީންވާ މީހަކަށް ރައްޔިތުންގެ މައިކު އެ ރައްޔިތުން ހަވާލުކުރާނެ. މިފަހަރު މީ ރައްޔިތުންގެ ފަހަރު. އެބޭފުޅުން ތަމްސީލު ކުރަން ރައްޔިތުންގެ ކެންޑިޑޭޓަކު ހޮވާނެ.” ޢަލީ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ދާއިރާއަށް ޚިދުމަތް ކުރުމުގައި ވަކާލާތު ކުރާނީ މައިގަޑު 3އަސާސެއްގެ މައްޗަށެވެ. އެއީ ހިތަދޫ އުތުރު ދާއިރާއަކީ އުއްމީދުން ފުރިގެންވާ ސަރަހައްދަކަށްހެދުމާއި، ސަރުކާރާއި ޖުމްލަކޮށް މުޅި ދަޢުލަތް ދާއިރާގެ ރައްޔިތުންނަށް ޖަވާބުދާރީ ކުރުވުމާއިދަޢުލަތުގެ ފުދުންތެރިކަން ހުރި އެންމެ މަތީފެންވަރުގެ ތަރައްޤީ ދާއިރާއަށް ކަށަވަރުކޮށް ދިނުމެވެ. މިގޮތުން ޚިދުމަތްކުރުމަށް ރާވާގޮތުގެ ތަފުސީލު ދާއިރާގެ ރައްޔިތުންނާއި ހިއްސާކުރަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަލްއުސްތާޛު ޢަލީގެ ކެންޑިޑެސީ ފޯމާއި ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ މެންބަރު އިސްމާޢީލް ހަބީބެވެ.

ޢަލީ ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ. ނަމަވެސް ސަރުކާރުގެ ހިމެނޭ މައުމޫން ރީފޯމު މޫވްމަންޓުން ވަނީ ޢަލީއަށް ތާޢީދުކުރައްވާފައެވެ. އަދި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުންވެސް އޭނާއަށް ތާޢީދުކުރާނެކަމަށް ބެލެވެއެވެ.

ޢަލްއުސްތާޛު ޢަލީ އިބްރާހީމަކީ ހިތަދޫ އުތުރު ދާއިރާއަށް އުފަން އެދާއިރާގެ ބޭފުޅެކެވެ. އޭނާއަކީ ޤާނޫނީ ދާއިރާއާއި ވިޔަފާރިއާއި ލީޑަރޝިޕްގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރައްވާފައިވާ ޤާނޫނީ ވަކީލެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    މަރުހަބާ އަލީ. ތިޔައީ ޤާބިލް ކެނޑިޑޭޓެއް، ރައްޔަތުން މިފަހަރު ވިސްނާނެކަމަށް ހީކުރަން

    5
    1
  2. ޢިބްރާ

    1.6ބ ރުފިޔާގެ ދައުރުގެ އެއްވެސް މެމްބަރަކު ހޮވުމަށް ނުފެނޭ. މިފަދަ ގާބިލް އައު މީހުން ހޮވުމަށް ދަންނަވަން

    2
    1
  3. އުތުރު

    އަލީ ރައްޔިތުންނަށް ހިދުމަތް ކުރުކަށް ތިޔަކުރަށްވާ މަސައްކަތުގަ ބަރަކާއް ލައްވާށި. އާމީން.

    1
    1